ކުޅުދުއްފުށީ އަމީރު އަމީން ސްކޫލް މަރާމާތުކުރުމަށާއި ފަރުނީޗަރ ފޯރުކޮށްދިނުމަށް ހަވާލުކޮށްފި
ބާވެ ވީރާނާ ވަމުންދާ އަމީރު އަމީން ސްކޫލުގެ މަރާމާތު މަސައްކަތްތަކާއި ފަރުނީޗަރ ފޯރުކޮށްދިނުމަށް ސިޓީ ގަރާޖާއި އެކު އެއްބަސް ވުމެއްގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ކުރަން ހަވާލުކުރި މަރާމާތުގެ މަސައްކަތްތަކު ތެރޭގައި ސްކޫލް ކްލާސްރޫމްތަކުގެ އެތެރެއާއި ވަށާފާރު އަދި ގޭޓުތައް މަރާމާތްކޮށް، އިމާރާތުގެ ފުރާޅާއި ކުޅޭ ސަރަހައްދުގެ ހިޔާގަނޑުތަކާއި ކުޅޭ ސާމާނު އައު ކުރުން ހިމެނެއެވެ. މީގެ އިތުރުން އަލަށް އިތުރު ފާހާނާތައް ހެދުމާއި މިހާރު ސްކޫލުގައި ހުރި ފާހާނ...