މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,422 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 542 ވަނަ ޞަފްޙާ

ފްރާންސުން ޔުކްރެއިނަށް 211 މިލިއަން ޑޮލަރުގެ އަސްކަރީ އެހީދެނީ

ފްރާންސުން ޔުކްރެއިނަށް 211 މިލިއަން ޑޮލަރުގެ އަސްކަރީ އެހީދެނީ

ފްރާންސުން ޔުކްރެއިނަށް 211 މިލިއަން ޑޮލަރުގެ އަސްކަރީ އެހީދޭން ނިންމައިފިއެވެ. ފްރާންސްގެ ދިފާއީ ވަޒީރު ސެބަސްޓިއަން ލެކޯނު ވިދާޅުވީ ފްރާންސްއިން ޔުކްރެއިނަށް 195 މިލިއަން ޔޫރޯ (211 މިލިއަން ޑޮލަރު) ގެ ސަލާމަތީ އަސްކަރީ އެހީ ފޯރުކޮށްދޭން ނިންމައިފައިވާއިރު، މި އެހީ ފޯރުކޮށްދެނީ ރަޝިޔާގެ ހިފެހެއްޓިފައިވާ އެސެޓްތަކުން ލިބޭ އިންޓަރެސްޓް ބޭނުންކޮށްގެން ކަމަށެވެ. ހޮނިހިރު ދުވަހު ފްރެންޗް ނޫސް “ލަ ޓްރިބިއުން” އަށް ދެއްވި އިންޓަވިއުއެއްގައި ލެކޯނު ވިދާޅުވީ، މި އެހީ ޕެކޭޖު މެދުވެރިކޮށް 155-އެމްއެމް އާޓ...

އަޙްމަދު ދާއޫދު
ހިޔާ އަލިނޫރު ޤުރުއާން މުބާރާތް ފަށައިފި

ހިޔާ އަލިނޫރު ޤުރުއާން މުބާރާތް ފަށައިފި

ހޯރަފުށި އިންޓެގްރޭޓެޑް ޔޫތު އެޑްވާންސްމެންޓް އެސޯސިއޭޝަން (ހިޔާ) ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ހިޔާ އަލިނޫރު ޤުރުއާން މުބާރާތް 1446” ފަށައިފިއެވެ. މި މުބާރާތުގައި ވާދަކުރަނީ ހޯރަފުށީ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ހޯރަފުށި، ތުރާކުނު އަދި އުލިގަމުގެ ދަރިވަރުންނަށެވެ. މުބާރާތުގައި ހޯރަފުށީހެ 40 ދަރިވަރުން ވާދަކުރާއިރު، ތުރާކުނުން 10 ބައިވެރިން އަދި އުލިގަމުން 10 ބައިވެރިން ވާދަކުރެއެވެ. މުބާރާތުގައި ހިމެނެނީ ހަތަރު އުމުރުފުރާއެކެވެ. އެއީ 4 އަހަރާއި 6 އަހަރާއި ދެމެދު، 7 އަހަރާއި...

އިބްރާހިމް ޚަލީލް
ފްލެޓް ލިސްޓާ ގުޅިގެން އެމްޑީޕީން ދެއްކީ އަސްލެއްނެތް ވާހަކަތަކެއް: ގެދޮރުވެރިކަމާބެހޭ ވުޒާރާ

ފްލެޓް ލިސްޓާ ގުޅިގެން އެމްޑީޕީން ދެއްކީ އަސްލެއްނެތް ވާހަކަތަކެއް: ގެދޮރުވެރިކަމާބެހޭ ވުޒާރާ

“ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4,000 ފްލެޓް ލިބޭ ފަރާތްތަކުގެ އަލަށް އާންމުކުރެވުނު ލިސްޓާ ގުޅިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދެއްކި ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް، ރައްޔިތުންނަށް އޮޅުވާލުމަށް ދެއްކި ވާހަކަތަކެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތައް ދޮގުކޮށްފައެވެ. މި ބަޔާނުގައި ވުޒާރާއިން ފާހަގަކޮށް...

ޔުމްނާ ޢަލީ
މިލަންދޫއަށް ޑްރަގް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު

މިލަންދޫއަށް ޑްރަގް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު

ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީން ފުރައިގެން ޑިންގީއެއްގައި ދަތުރުކުރަމުންދާ ބަޔަކު ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މާރިޗު 5 ވަނަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށްބެލޭ އެއްޗެހި އަޅާފައި ހުރި ރަބަރު ޕެކެޓްތަކަކާއެކު ދެ މީހަކު ހައ...

ޔުމްނާ ޢަލީ
ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ. އެހެން ބަޔަކާ ގުޅިގެން ސިނާން އިސްލާމިކް ބޭންކުން ނެންގެވި ލޯނަކަށް ހުކުމާ އެއްގޮތަށް ފައިސާ ނުދައްކަވާ ކަމަށް ބުނެ އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމެވެ. އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމީ މިއަދު އެވެ. ގާނޫނުއަސާސީ ބުނާގޮތުން ސާބިތު ދަރަންޏެއް […]

ހުސައިން ހަބީބް
ގެއެއްގެ ވެރިމީހާ އަށް އިންޒާރުދީ އެ ގެއަށް ގެއްލުންދިން ބަޔަކު ހައްޔަރުކޮށްފި

ގެއެއްގެ ވެރިމީހާ އަށް އިންޒާރުދީ އެ ގެއަށް ގެއްލުންދިން ބަޔަކު ހައްޔަރުކޮށްފި

މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު މީހުން ބިރުދައްކައި އިންޒާރުދީ އެ ގެއަށް ގެއްލުންދިން މައްސަލާގައި ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ،  މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު މީހުން ބިރުދައްކައި އިންޒާރުދީފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި އެ ގެއަށް ރޭ 12:45 އެހާކަންހާއިރު 4 މީހަކު ވަދެ އެ ގެއަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އެ 4 މީހުން ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ […]

ޔުމްނާ ޢަލީ
ލިވަޕޫލަށް އެއްވަނާގައި 16 ޕޮއިންޓްގެ ލީޑެއް

ލިވަޕޫލަށް އެއްވަނާގައި 16 ޕޮއިންޓްގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުންއަރާ ސައުތެމްޓަން ބަލިކޮށް ލިވަޕޫލުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި 16 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއިނެނެވެ. މި ސީޒަން ފެށުނީއްސުރެ ލީގުގައި އަދި ޗެމްޕިއަންސް ލީގުގައި ވެސް ވަރަށް ފޯމެއްގައި ކުޅެމުން އައި ލިވަޕޫލަށް، ފާއިތުވި ހަފްތާގައި  ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީއާއި ދެކޮޅަށް މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ. ނަމަވެސް ލީގުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން […]

އިބްރާހިމް ޚަލީލް
ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުކުރާ މައްސަލާގެ އަޑުއެހުންތައް ހުޅުވާލަން އެދެފި

ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުކުރާ މައްސަލާގެ އަޑުއެހުންތައް ހުޅުވާލަން އެދެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަަލާގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާގެ ފަރާތުން އެދިއްޖެ އެވެ. މިހާރު ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު އަޒްމިރަލްދާ މާދަމާ ޖޭއެސްސީއަށް ހާޒިރު ކުރަން ނިންމާފައިވާއިރު, އެ މައްސަލާގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އަޒްމިރަލްދާގެ ވަކީލްގެ ފަރާތުން ވަނީ އެދިފަ އެވެ. ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް މާދަމާ ހާޒިރުކުރަނީ...

ހުސައިން ހަބީބް
އައިފޯން 17 އެއަރގެ ސައިޒާއި އިތުރު މައުލޫމާތު ލީކްވެއްޖެ

އައިފޯން 17 އެއަރގެ ސައިޒާއި އިތުރު މައުލޫމާތު ލީކްވެއްޖެ

އެޕަލްގެ އެންމެ ތުނި ސްމާޓްފޯނަށް ވެދާނެކަމަށް ބެލެވޭ އައިފޯން 17 އެއަރގެ ވަރަށް މުހިންމު މައުލޫމާތުތަކެއް ލީކްވެއްޖެއެވެ. ލީކްސްތަކުން ދައްކާގޮތުގައި މި ފޯނުގެ ބޯމިން ވަނީ އެންމެ 5.5 މިލިމީޓަރަށް ކަމަށްވާއިރު، އޭގެ ދިގުމިނާއި ފުޅާމިން އައިފޯން 17 ޕްރޯ މެކްސްއާ އެއްވަރުވާނެ ކަމަށް ބެލެވެއެވެ. އެކްސް (ކުރީގެ ޓްވިޓަރ) ގައި ޔުނިވަރސްއައިސް ހާމަކުރިގޮތުގައި މި ފޯނުގައި 6.9 އިންޗީގެ ޑިސްޕްލޭއެއް ހުންނާނެއެވެ. އައިފޯން 16 ޕްރޯ މެކްސްގައި ހުންނަފަދަ ތުނި ބެޒަލްތަކެއް މި ފޯނުގައިވެސް ހުންނާނެއެވެ. […]

އަޙްމަދު ދާއޫދު
ފޮރެސްޓުން ފަހުވަގުތު ސިޓީއަށް ލަނޑުދީފި

ފޮރެސްޓުން ފަހުވަގުތު ސިޓީއަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް ފަހު ދިހަމިނެޓްތެރޭ ލަނޑު ޖަހައިގެން ފޮރެސްޓުން ސިޓީ ބަލިކޮށްފިއެވެ. ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ސިޓީގެ މައްޗަށް ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުން ބަލިވުމާއިއެކު ސިޓީއަށް ވަނީ ޕޮއިންޓް ތާވަލުގެ ގަދަ ހަތަރު ޓީމުގެ ތެރެއިން ވެއްޓުމުގެ ބިރާއި ކުރިމަތިވެފައެވެ. ސިޓީ މިވަގުތު ހަތަރުވަނާގައި އޮތީ ކުޅުނު 28 މެޗުން ލިބުނު […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (5)

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (5)

ކުރީގެ އަދަދާއި ގުޅޭ: އަނޫޝާގެ ބައްޕަ ވަފީ މިހާރު ކަންނެއްޔާ ދަނީ ރަށުން ބޭރު ދޯންޏަކުންނެވެ. އޭނާ ރަށަށް ގެނެސް ބައްޕަ ފުރައިގެން ދިޔަ ފަހުން  ބައްޕައާ އަދި އެއް ފަހަރު ވެސް ބައްދަލެއް ނުވެއެވެ. އެހެންވެ، ބައްޕަ އަންނާތީ ހުދު އަނޫޝާގެ ހިތަށް އުފާވެރިކަން ލިބުނެވެ. ” މި 100 ރުފިޔާ ހިފައިގެން ގޮސް ހެދިކާ ގަނެގެން އާދޭ. މަންމަ މި ދަނީ ސައި ކައްކަން. އެ ދޯނި އެންމެންނަށް ސައި ދޭން ޖެހޭނެއެއްނު.” ރާމިޒާ ބުންޏެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
ޓްރަމްޕް ހުށަހެޅި ނިއުކްލިއަރ މަޝްވަރާއަށް އީރާނުން ދެކޮޅު ހަދައިފި

ޓްރަމްޕް ހުށަހެޅި ނިއުކްލިއަރ މަޝްވަރާއަށް އީރާނުން ދެކޮޅު ހަދައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާއެކު ނިއުކްލިއަރ ޑީލެއް ހެދުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ ހޮނިހިރު ދުވަހު ކަނޑައެޅިގެން ދެކޮޅު ހައްދަވައިފިއެވެ. އެމެރިކާއިން މަޝްވަރާތަކަށް ގޮވާލަނީ އީރާނުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ނޫންކަމަށާއި، އަމިއްލަ ބޭނުންތައް ތަންފީޒުކުރުމަށްކަމަށް ޚާމަނާއީ ވިދާޅުވިއެވެ. މިއާއެކު، ރައީސް ޓްރަމްޕް ފޮނުއްވި ކަމަށް ބުނާ ސިޓީއެއް އަދި އީރާނަށް ލިބިފައިނުވާކަން ތެހެރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވަނީ ފާހަގަކ...

އަޙްމަދު ދާއޫދު
ދެކުނު ކޮރެއާގެ ރައީސް ބަންދުން މިނިވަންވެއްޖެ

ދެކުނު ކޮރެއާގެ ރައީސް ބަންދުން މިނިވަންވެއްޖެ

ދެކުނު ކޮރެއާގެ ޢަޒުލު ކުރެވުނު ރައީސް ޔޫން ސަކް ޔެއޯލް، ޕްރޮސެކިއުޓަރުންގެ އަމުރަކާއެކު ބަންދުން މިނިވަންކޮށްފިއެވެ. ޝަރުޢީ ކޯޓުގެ އަމުރަކާ ގުޅިގެން އޭނާ ދޫކޮށްލީ ހޮނިހިރު ދުވަހުއެވެ. ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ހުކުރު ދުވަހު ނިންމީ ޔޫންގެ ހައްޔަރުކުރުން ބާތިލްކޮށް، އޭނާ ދޫކޮށްލުމަށެވެ. މިނިވަންވުމަށްފަހު، “ޣައިރު ޤާނޫނީ ކަންތައްތައް އިސްލާހުކުރުމުގައި” ކޯޓުގެ ކެރުމާއި ނިންމުމަށް ޝުކުރު އަދާކުރެއްވިކަމަށް ޔޮންހަޕް ނިއުސް އޭޖެންސީއިން ބުނެފައިވެއެވެ. ފާއިތުވި މަހު، ޔޫން ވަނީ ސޯލް ސެންޓްރ...

އަޙްމަދު ދާއޫދު
އުރީދޫގެ ރޯދައިގެ ނޫރު: ކުޑަ އަންހެން ކުއްޖެއްގެ ރޯދަމަހުގެ ތަޖުރިބާ!

އުރީދޫގެ ރޯދައިގެ ނޫރު: ކުޑަ އަންހެން ކުއްޖެއްގެ ރޯދަމަހުގެ ތަޖުރިބާ!

މިއަހަރުގެ ރަމަޟާން މަހާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ވަނީ “ރޯދައިގެ ނޫރު” ނަމުގައި ޚާއްޞަ ކެމްޕޭނެއް ތަޢާރަފުކޮށްފައެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް ރަމަޟާން މަހުގެ މާތްކަމާއި އިސްލާމީ އަޚްލާޤުތައް އުނގަންނައިދިނުމެވެ. “ރޯދައިގެ ނޫރު” ކެމްޕޭނުގައި ފީޗަރކުރަނީ “ނޫރު” ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖެކެވެ. މި ކެމްޕޭނުގައި ދައްކުވައިދެނީ ނޫރު އޭނާގެ ފުރަތަމަ ފުރިހަމަ ރޯދަމަސް ތަޖުރިބާކުރާ ގޮތެވެ. ނޫރުގެ ބައްޕަ އޭނާއަށް ހަދިޔާކުރާ “ރޯދައިގެ ނޫރު” ފޮތުގެ ޒަރީޢާއިން، ނޫރަށް އ...

އިބްރާހިމް އަސްވާޤް
ކުރީގެ ރައީސުން ''ކެޔޮ ކޭވަރު އިނގޭނީ ބިތުފަންގި ނެގުމުން'': މުހައްމަދު

ކުރީގެ ރައީސުން ''ކެޔޮ ކޭވަރު އިނގޭނީ ބިތުފަންގި ނެގުމުން'': މުހައްމަދު

ކުރީގެ ރައީސުން ދަނީ ގުދޯގުދޯ ގޮވަމުން ކަމަށާއި، އެ ރައީސުން ”ކެޔޮ ކޭވަރު އިނގޭނީ ބިތުފަންގި ނެގުމުން” ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ވެސް ކުރަށްވާ މުހައްމަދު މިހެން ވިދާޅުވީ އެކްސްއަށް ދޫކޮށްލެއްވި ”ހޫނު” ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި މުހައްމަދު ވިދާޅުވީ، ދިވެހިރާއްޖެ 2008 ވަނަ އަހަރު ޑިމޮކްރަސީ ބަލައިންގަނެ ވެރިކަމުގެ 5 އަހަރު ދައުރު ފުރިހަމަކޮށްފައިވާ ބައެއް ކުރީގެ...

ޔުމްނާ ޢަލީ
ފްލެޓް ލިސްޓާ ގުޅިގެން އެމްޑީޕީން ސަރުކާރަށް ތުހުމަތު

ފްލެޓް ލިސްޓާ ގުޅިގެން އެމްޑީޕީން ސަރުކާރަށް ތުހުމަތު

“ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ އަލަށް އާންމުކުރެވުނު ލިސްޓާ ގުޅިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ މިއަދު ސަރުކާރަށް ތުހުމަތުތަކެއް ކޮށްފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 27 ފެބްރުއަރީ 2025 ގައި އާންމުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވަނީ 1،820 މީހުންނަށެވެ. މީގެ ތެރެއިން 1،423 މީހުންނަށް ތިން ކޮޓަރީގެ ފްލެޓް ލިބޭއިރު، 397 މީހުންނަށް ދެ ކޮޓަރީގެ ފްލެޓް ލިބޭނެ […]

ޔުމްނާ ޢަލީ
އަރަބިންގެ ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނަށް ރާއްޖެއިން ތާއީދު

އަރަބިންގެ ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނަށް ރާއްޖެއިން ތާއީދު

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުން ކުދިކުދިކޮށް ވީރާނާކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކުރުމަށް އަރަބި ޤައުމުތަކުން ހުށަހަޅާފައިވާ ޕްލޭނަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށް ރަސްމީކޮށް އިއުލާނުކޮށްފިއެވެ. ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުނުކޮށް ޣައްޒާ އަލުން ބިނާކޮށް އާރާސްތުކޮށް، ޣައްޒާގެ އިދާރީކަންކަން ބެލެހެއްޓުން ވަގުތީގޮތުން ފަލަސްތީނުގެ ވެރިކަމުގެ އިދާރާއާ ހަވާލުކުރުމުގެ މައްޗަށް މިސްރުން ހުށަހެޅި ޕްލޭނަށް، ގާހިރާގައި ބޭއްވި އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓުން ރުހުން ދީ...

ޔުމްނާ ޢަލީ
ބާރަށު ގޮނޑުދޮށަށް ލެއްގީ ފަތްތަކެއް، އެއީ މަސްތުވާ އެއްޗެއްކަމަށް ނުބެލެވޭ: ފުލުހުން

ބާރަށު ގޮނޑުދޮށަށް ލެއްގީ ފަތްތަކެއް، އެއީ މަސްތުވާ އެއްޗެއްކަމަށް ނުބެލެވޭ: ފުލުހުން

ހއ. ބާރަށު ގޮނޑުދޮށަށް ލައްގާފައިވާ ފަތްތަކަކީ މަސްތުވާ އެއްޗެއްކަމަށް ނުބެލެވޭކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މިއަދު ހަވީރު 4:15 ހާއިރު ބާރަށު ފުއްޓަރު ފަރާތު ގޮނޑުދޮށަށް ބޮންޑި ބޮންޑިއަށް ބަންދުކޮށްފައި ހުރި ފަތްތަކެއް ލައްގާފައި ހުރިކަމުގެ މަޢުލޫމާތު އެ އިދާރާއަށް ވަނީ ލިބިފައެވެ. މިހާތަނަށް ބެލިބެލުމުން، އެ ފަތްތަކަކީ މަސްތުވާ ޒާތުގެ އެއްޗެއްކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 2018 ވަނަ އަހަރު އެންމެ އުތުރުގެ...

ޔުމްނާ ޢަލީ