ފޮށިގަނޑެއްގައި ރައްކާކޮށްގެން ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
އއ. ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދައި، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ މި ތަކެތި ހޯދާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހިމަންދޫ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ހިމަންދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގައި މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ މައުލޫމާތާ ގުޅިގެން މި އޮކްޓޫބަރު މަހުގެ 4 ވަނަ ދުވ...