މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތި ސަރަހައްދުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްޓަކައި މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެމީހާއަށް އެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށެވެ.
މިހާދިސާގެ އަޕްޑޭޓް ދެމުން އަންގާރަ ދުވަހު ހެނދުނު ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ ހޯމަ ދުވަހުގެ ރޭ 22:14 ގައިކަމަށެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާ އަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓްގައި ހިމެނޭ އަނެއް ސައިކަލް ދުއްވީ ލައިސަންސް ނޯންނަ ބަންގްލަދޭޝަށް ނިސްބަތްވާ މީހެކެވެ.
މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!