ޣައްޒާގެ ފޭލިގެއަކަށް އިސްރާއީލުން ހަމަލާދީ މައުސޫމު މަންމަ ޝަހީދުކޮށްލައި، އާއިލާ ޒަޚަމްކޮށްލައިފި
ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައި ޖަހާފައި ހުރި ފޭލިގެއަކަށް ބުރާސްފަތި ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ އަންހެނަކު ޝަހީދުވެ، އޭނާގެ ފިރިމީހާއާއި ދެ ދަރިން ޒަޚަމްވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ 10 އޮކްޓޫބަރު 2025 ގައި އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިއީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ގަތުލުއާންމަށް ތިން އަހަރު ފުރުނު ދުވަހުގެ އަނެއް ދުވަހެވެ. ތުރުކީވިލާތުގެ ބައ...