އަބުރު ކަތިލުމުން ލިބޭ ގެއްލުން ޖިސްމާނީ އަނިޔާއަށް ވުރެ ވެސް ބޮޑު: ޚުޠުބާ
މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދިނުމަކީ ބޮޑު އަނިޔާއެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް ނަމަވެސް، މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާ ބޮޑު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައި ވަނީ “މުސްލިމުންގެ އަބުރާއި ޢިއްޒަތް” މި މައުޟޫޢުގެ މައްޗަށެވެ. މި މައުޟޫއަށް ގެންދިން ޚުޠުބާގައި ބުނީ އަބުރު ގެއްލުވައިލުމުން މީހަކު ދުނިޔޭގައި އުޅެން ޖެހެނީ އިންތިހާ ދަރަޖައިގެ […]