ރެސްޓޯރެންޓެއްގެ ގޭސްފުޅިއެއްގައި އަލިފާން ރޯވެ ނުރައްކާތެރި ހާދިސާއެއް
މަޖީދީމަގުގައި ހުންނަ “އަތަމާ ޕެލެސް” ގެ ތިރީގައި ހިންގަމުން އަންނަ ރެސްޓޯރެންޓެއްގެ ބަދިގޭގައި ހުރި ގޭސްފުޅިއެއްގައި މިއަދު ހަވީރު އަލިފާން ރޯވެ ހިނގި ނުރައްކާތެރި ހާދިސާ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލައިފިއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އެ ރެސްޓޯރެންޓުގެ ބަދިގޭގެ ތެރޭގައި ކައްކަން ބޭނުންކުރަމުން އައި ގޭސްފުޅިއެއްގައި އަލިފާން ހިފުމުގެ ސަބަބުންނެވެ. ބަދިގޭގައި ބޭނުންކުރަމުންދިޔަ މި ގޭސްފުޅީގައި އަލިފާން ރޯވި ނަމަވެސް، ހާދި...