ކެލާ ދާއިރާގެ ކުރީގެ މެންބަރު، އަލީ އާރިފު ޕީޕީއެމް އިން އިސްތިއުފާދެއްވައިފި އެވެ.
އާރިފްގެ އިތުރުން ކުރީގެ ޕީޕީއެމް ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހު އަދިި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ހަލީލު ވަނީ ޕީޕީއެމް ވަކިވެފައެވެ.
އަލީ އާރިފް ޕީޕީއެމުން އިސްތިއުފާދެއްވިކަން، ޕީއެންސީގެ ކުރީގެ ނައިބު ރައީސް އަހުމަދު ނިހާން ވަނީ ޓްވީޓެއްގެ ޒަރިއްޔާއިން ހާމަކުރައްވާފައެވެ.
އާރިފް ދެން ގުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށެވެ. ނަމަވެސް މިކަމާ މެދު އެ ޕާޓީން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އަލީ އާރިފް ވަނީ މީގެ ކުރިން ހދ. ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރުކަންވެސް ކުރައްވާފައެވެ. އޭރު އޭނާ އެގޮނޑިއަށް އިންތިހާބުވީ ޑީއާރުޕީގެ ޓިކެޓުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޕީޕީއެމްއަށް ސޮއެކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!