ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބުކޮށްފި އެވެ.
މަޖިލީހުގެ ނައިބު އިންތިޚާބުކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ސަރުކާރު ހިންގާ ޕީއެންސީ ހުށަހެޅީ ސަލީމްގެ ނަމެވެ. މަޖިލީހުގައި 12 މެމްބަރުން ތަމްސީލްކުރާ އިދިކޮޅު އެމްޑީޕީން ވެސް ވަނީ ނައިބަކަށް ނަމެއް ހުށަހަޅާފައެވެ. އެއީ ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު (ފިއްޓޭ)ގެ ނަމެވެ.
ނައިބަކު ހޮވަން ނެގި ވޯޓުގައި 75 މެމްބަރުންނާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ކޮންޓްރޯލްކުރާ ޕީއެންސީގެ ސަލީމް މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިޚާބުވީ 62 ވޯޓުންނެވެ. ފިއްޓޭ އަށް ލިބުނީ 10 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް 31 މެއި 2026ގައި މަގާމުން އިސްތިއުފާދެއްވުމުންނެވެ.
މަޖިލީހުގެ އައު ނައިބުރައީސަކަށް ސަލީމް ހޮވާފައިވާއިރު، މަޖިލިސް ވަނީ މިދައުރު ނިންމައި ޗުއްޓީ އަށް ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!