މަޖިލީހުގެ އައު ނައިބަކަށް ސަލީމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބުކޮށްފި އެވެ. މަޖިލީހުގެ ނައިބު އިންތިޚާބުކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ސަރުކާރު ހިންގާ ޕީއެންސީ ހުށަހެޅީ ސަލީމްގެ ނަމެވެ. މަޖިލީހުގައި 12 މެމްބަރުން ތަމްސީލްކުރާ އިދިކޮޅު އެމްޑީޕީން ވެސް ވަނީ ނައިބަކަށް ނަމެއް ހުށަހަޅާފައެވެ. އެއީ ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު (ފިއްޓޭ)ގެ ނަމެވެ. ނައިބަކު ހޮވަން ނެގި ވޯޓުގައި 75 މެމްބަރުންނާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ކޮނ...