ފެނަކަ ކޯޕަރޭޝަނުން ނ. މިލަދޫގެ ސިއްހީ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިލަދޫ ސިއްހީ މަރުކަޒަށް ހަދިޔާ ކުރީ ހަ އޭސީ އާއި ކޮމްޕިއުޓާ ސިސްޓަމެވެ.

Ad
rt

މިއަދު އެ ރަށު ސިއްހީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތަޖެއްޗާ ހަވާލުވީ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އިލްޔާސް އަބްދުއްސަމަދެވެ.

ފެނަކައިން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެލި ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.