މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެހީތެރިކަން އިތުރުކުރުމަށް މިއަދު ހުކުރު ދުވަހުގެ ޚުޠުބާގައި ގޮވާލައިފިއެވެ.

މި ޚުޠުބާގައި ވަނީ ޚާއްޞަކޮށް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ތެލެސީމިއާ ކުދިންނާއި، ޔަތީމުންނަށް އަޅާލުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

Ad
rt

ޚުޠުބާގައި ބުނެފައިވާ ގޮތުގައި، އިސްލާމީ މުޖުތަމަޢުގައި އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަކީ މުސްލިމުންގެ ޒިންމާއެކެވެ. "އެފަދަ މީހުންނަށް އަހަރެމެން އެހީތެރިވާން ޖެހެއެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި، ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލައިލާން ޖެހެއެވެ،" ޚުޠުބާގައި ބުނެފަވެެެއެވެ.

ޚުޠުބާގައި ތެލެސީމިއާ ކުދިންނާއި ގުޅުވައި ބުނެފައި ވަނީ،

"އެކުދިންނަކީ ވެސް އަހަރެމެންގެ މުޖުތަމަޢުގެ އެއްބައެވެ. އެ ކުދީން ވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވެއެވެ. އެ ކުދީން އާދޭސްކުރަމުން އެ ދަނީ އަހަރެމެން ހަދިޔާކުރާ ލޭތިއްކަކަށެވެ،" މިފަފައިންނެވެ.

ރަސޫލާގެ ޙަދީޘްފުޅެއް ނަންގަވައި، ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުޞީބާތެއް ދުރުކޮށްދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ﷲ ދުރުކޮށްދެއްވާނެކަން ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

އިސްލާމްދީނުގައި އުޚުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަމަށް ބާރުއަޅުއްވާފައިވާކަން ފާހަގަކުރައްވައި، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އަމާން މުޖުތަމަޢެއް ބިނާ ކުރެވޭނީ، އެމުޖުތަމަޢެއްގެ އަފުރާދުން، އެކަކު އަނެކަކާ އެކުވެރިވެ، އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެންކަން ވެސް ޚިޠުބާގައި ބަޔާންކޮށްފަވެއެވެ.

އިސްލާމީ މުޖުތަމަޢުގައި އެހީތެރިކަމާއި އަޅައިލުން ބޭނުންވާ މީހުންނަށް އެހީތެރިވުމުގެ މުހިންމުކަމާއި އޭގެ ފަޟީލަތްތައް ބަޔާންކޮށްދޭ މި ޚުޘުބާގެ މުހިންމު ބައެއް ނުކުތާތައް:

  • އިސްލާމީ މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ މީހުން ދިރިއުޅޭކަން ފާހަގަކޮށް، އެފަދަ މީހުންނަށް އެހީތެރިވުމަކީ މުސްލިމުންގެ ޒިންމާއެއްކަން.
  • ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ތެލެސީމިޔާ ކުދިންނާއި، ޔަތީމުންނަށް އޯގާތެރިވެ އެހީތެރިވުމުގެ މުހިންމުކަން.
  • ލޭ ހަދިޔާކުރުމަކީ الله ގެ މަގުގައި ކުރެވޭ ޞަދަޤާތެއްކަން.
  • މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަކަމާއި އެއްބަނޑުއެއްބަފާކަމުގެ މުހިންމުކަން.
  • އެހެން މީހުންނަށް އެހީތެރިވުމުގައި ޞަޙާބީންގެ ނަމޫނާ ހާމަކޮށްދިނުން.
  • އިސްލާމީ މުޖުތަމަޢުގެ އަފްރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބައެއްކަން.
  • އެކަކު އަނެކަކަށް އެހީތެރިވުމަކީ އީމާންކަމާ ގުޅިފައިވާ ކަމެއްކަން.
  • އުޚުއްވަތްތެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ މުހިންމުކަން ޤުރުއާނާއި ޙަދީޘުން ސާބިތުވާކަން.

މި ޚުޠުބާގައި މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެހީތެރިކަމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ބަޔާންކޮށްދީފައިވެއެވެ. އަދި އެހީތެރިވުމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ދަރުމައާއި ސަވާބު ވެސް ބަޔާންކޮށްދީފައިވެއެވެ. މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް މި ޚުޠުބާއިން ވަރަށް މުހިންމު ނަސޭހަތްތަކެއް ލިބިގެންދާނެއެވެ.