ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ޕެޓޮންގޓާން ސިނޮވަޓްރަ ޢައްޔަނު ކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަމަނާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ތައިލެންޑުގެ އައު ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ އެކަމަނާގެ ލީޑަރޝިޕްގެ ދަށުން ތައިލެންޑަށް އާރޯކަމާއި ފާގަތިކަން ގެނެސްދެއްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވަނީ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ދެޤައުމު ގުޅިގެން ކުރިޔަށްގެންދާ މަސައްކަތްތަކާ ދެޤައުމުގެ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ގުޅިގެން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ އިތުރުން ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވެސް ތައިލެންޑުގެ އައު ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރަށްވާފައެވެ.
ތައިލެންޑުގެ ޒުވާން ބޮޑުވަޒީރަށް ރަސްގެފާނު ރުހުން ދެއްވައިފި
ތައިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބު ކޮށްފައި ވަނީ, އެ މަޤާމުގައި ހުންނެވި ފިޔު ތައި ޕާޓީގެ ސެއްތާ ތަވީސިން ޤާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށް، ތައިލެންޑުގެ ދުސްތޫރީ ކޯޓުން ކަނޑައަޅައި، އޭނާ އެ މަޤާމުން ދުރު ކުރުމުންނެވެ.
ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން، އެ ޤައުމުގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޕެއެޓޯންގްޓާން ޝިނަވާޓްރާ މިއަދު ވަނީ އެންޑޯޒް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!