Skip to main content
Topic Archive

#ތައިލެންޑް

14 Stories filed
ތައިލެންޑުގެ ރަސްގެފާނާއި ރާނީ ވަޑައިގެން ގައުމީ ގުރުއާން މުބާރާތުގެ ވަނަތަކަށް އިނާމު ދެއްވައިފި
International

ތައިލެންޑުގެ ރަސްގެފާނާއި ރާނީ ވަޑައިގެން ގައުމީ ގުރުއާން މުބާރާތުގެ ވަނަތަކަށް އިނާމު ދެއްވައިފި

ތައިލެންޑުގެ ދެކުނުގެ ޕަޓާނީ ޕްރޮވިންސްގައި ބޭއްވި 19 ވަނަ ގައުމީ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތުގެ ވަނަތަކަށް އެ ގައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން އަދި ރާނީ ސުތިދާ އިނާމު ދެއްވައިފިއެވެ. ތާރީޚީ އަދި ކުލަގަދަ މާހައުލެއްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތަށް ރަސްގެފާނާއި ރާނީ ވަޑައިގެންނެވުމަކީ، ތައިލެންޑުގެ ދެކުނުގައި ދިރިއުޅޭ މުސްލިމް މުޖުތަމައުއަށް ޝާހީ އާއިލާއިން ކުރާ އިހުތިރާމާއި، އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދިޔަ ކަމެކެވެ. މި...

ތައިލެންޑުގެ 1.7 މިލިއަން މީހުންނަށް އަސަރުކުރި ކާރިސާ: ރައީސް މުޢިއްޒުގެ މެސެޖެއް ތައިލެންޑުގެ ބޮޑުވަޒީރަށް
Parliament

ތައިލެންޑުގެ 1.7 މިލިއަން މީހުންނަށް އަސަރުކުރި ކާރިސާ: ރައީސް މުޢިއްޒުގެ މެސެޖެއް ތައިލެންޑުގެ ބޮޑުވަޒީރަށް

ތައިލެންޑަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ޙާދިސާގައި ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެޤައުމުގެ ބޮޑުވަޒީރު ހިޒްއެކްސަލަންސީ އަނުތިން ޗާންވިރަކުލްއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ތައިލެންޑުގެ މެދުތެރެއަށް ކުރަމުންދާ ބޯވިއްސާރައިގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާފައެވެ. ރައީސްގެ މެސެޖުގައި، ތައިލ...

ހުއްޓުމެއްނެތި ވާރޭވެހި ބެންކޮކް ފެނުއަޑިއަށް، މުޅި ސިޓީގައި ކާރިސާގެ ހާލަތު އިއުލާންކޮށްފި
International

ހުއްޓުމެއްނެތި ވާރޭވެހި ބެންކޮކް ފެނުއަޑިއަށް، މުޅި ސިޓީގައި ކާރިސާގެ ހާލަތު އިއުލާންކޮށްފި

ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ހުއްޓުމެއްނެތި ތިން ދުވަސް ވަންދެން ބޯކޮށް ވާރޭވެހި، ސިޓީގެ ބޮޑު ބައެއްގައި ފެންބޮޑުވުމާ ގުޅިގެން ބެންކޮކްގެ އެންމެހައި 50 ޑިސްޓްރިކްޓްގައި ކާރިސާގެ ހާލަތު އިއުލާންކޮށްފިއެވެ. ކަމާބެހޭ އިދާރާތަކަށް އިސްނަގައިގެން ކުއްލި ފިޔަވަޅުތައް އެޅުމުގެ ބާރުލިބޭ މި ހާލަތު އިއުލާންކުރެއްވީ، ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން ސިޓީއަށް 300 މިލިމީޓަރު (11.8 އިންޗި) ގެ ވާރޭވެހިފައިވާކަން ހާމަކުރައްވަމުން ބެންކޮކްގެ ގަވަރަނަރު ޗާޑްޗާޓް ސިއްތިޕަންޓް، ހޮނިހިރު ދުވަހުއެވެ. ބ...

އިންޑިއާގެ ތިން މީހަކު ރަހީނުކުރި އެގައުމުގެ ފަސް މީހަކު ބެންކޮކުން ހައްޔަރުކޮށްފި
International

އިންޑިއާގެ ތިން މީހަކު ރަހީނުކުރި އެގައުމުގެ ފަސް މީހަކު ބެންކޮކުން ހައްޔަރުކޮށްފި

ތައިލެންޑުގެ ޕަޓާޔާގައި އިންޑިއާގެ ތިން ރައްޔިތަކު ރަހީނުކޮށް، ފައިސާ ހޯދަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ ފަސް ފިރިހެނަކު ބެންކޮކުން ހައްޔަރުކޮށްފިއެވެ. ފުލުހުން މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ ބެންކޮކްގެ ކްލޯންގް ޓަން ސަރަހައްދުގެ ހޮޓަލެއްގައި ތިއްބާ، އެމީހުން ގައުމުން ބޭރަށް ފުރަން ތައްޔާރުވަމުން ދަނިކޮށް އަންގާރަ ދުވަހުއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ އަވްތާރު ސިންގް އާއި ޖަގްޖީތު ސިންގް، 24 އަހަރުގެ ރާމްބަލަކް ކުމާރު، 37 އަހަރުގެ ސުޚްބީރު ސ...

ތައިލެންޑުގެ ވިސާއަށް ބަދަލުތަކެއް: ދިވެހިންނަށް 30 ދުވަހުގެ ވިސާ-ފްރީ އެންޓްރީ ލިބޭނެ
Raajje

ތައިލެންޑުގެ ވިސާއަށް ބަދަލުތަކެއް: ދިވެހިންނަށް 30 ދުވަހުގެ ވިސާ-ފްރީ އެންޓްރީ ލިބޭނެ

ތައިލެންޑަށް ޒިޔާރަތްކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ދޫކުރާ ވިސާގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ގައުމުގެ ކެބިނެޓުން ނިންމައިފިއެވެ. ތައިލެންޑް ސަރުކާރުގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ޕްލޮއިތަލޭ ލަކްސަމީސަންޖަން އަންގާރަ ދުވަހު (14 ޖުލައި 2026) ވިދާޅުވީ، ވިސާގެ އިނާޔަތްތައް މުރާޖާކުރުމަށް ކެބިނެޓުން ފާސްކޮށްފައިވަނީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ފަތުރުވެރިންނަށް ފަސޭހަކޮށްދިނުމަށާއި، ސަލާމަތީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށް ކަމަށެވެ. މި ބަދަލުގެ މައިގަނޑު މަގްސަދަކީ އެކި ގައުމ...

ކޯމާއެއްގައި އޮންނެވި ތައިލެންޑުގެ ޕްރިންސެސް ބަޖްރަކިތިޔާބާ އަވަހާރަވެއްޖެ
International

ކޯމާއެއްގައި އޮންނެވި ތައިލެންޑުގެ ޕްރިންސެސް ބަޖްރަކިތިޔާބާ އަވަހާރަވެއްޖެ

ތިން އަހަރަށްވުރެ ގިނަ ދުވަހު ކޯމާއެއްގައި އޮންނެވުމަށްފަހު، ތައިލެންޑުގެ ޕްރިންސެސް ބަޖްރަކިތިޔާބާ އަވަހާރަވެފައިވާކަން އެ ގައުމުގެ ޝާހީ ގަނޑުވަރުން މިއަދު އިއުލާނުކޮށްފިއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 47 އަހަރެވެ. ޕްރިންސެސް ބަޖްރަކިތިޔާބާ ކޯމާއަކަށް ދިޔައީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުއްތާތަކާއެކު ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް ހޭފުޅުނެތިގެން ވެއްޓުމާ ގުޅިގެންނެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބަކީ ހިތުގެ އިންފެކްޝަނެއްގެ ސަބަބުން ހިތުގެ ވިންދު ވަރަށް ބޮޑަށް އާދަޔާ...

ތައިލެންޑުން ދެމުންދިޔަ 60 ދުވަހުގެ ވިސާ ފްރީ އުވާލަނީ، ރާއްޖެއަށް 15 ދުވަސް
International

ތައިލެންޑުން ދެމުންދިޔަ 60 ދުވަހުގެ ވިސާ ފްރީ އުވާލަނީ، ރާއްޖެއަށް 15 ދުވަސް

ތައިލެންޑުގެ ވިސާ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. 19 މެއި 2026 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ނިންމާފައިވާ މި ނިންމުމާއެކު، މިހާރު ގައުމުތަކަށް ދެމުންދާ 60 ދުވަހުގެ ވިސާ ފްރީ އުވާލައި، ގައުމުތައް ތަފާތު ކެޓަގަރީތަކަކަށް ބަހާލުމަށް ވަނީ ނިންމާފައެވެ. މި އިސްލާހުގެ ދަށުން އެންމެ ބޮޑު ބަދަލެއް އަންނާނީ މިހާރު 60 ދުވަހުގެ ވިސާ ފްރީ ލިބޭ 93 ގައުމަށެވެ. މީގެ ބަދަލުގައި 54 ގައުމަކަށް 30 ދުވަހުގެ […]

ތައިލެންޑަށް ދަތުރުކުރާ ނަމަ ''ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު'' ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފި
Raajje

ތައިލެންޑަށް ދަތުރުކުރާ ނަމަ ''ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު'' ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފި

ތައިލެންޑަށް ދަތުރުކުރާ ދިވެހިން ވެސް ”ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ. ޚާރިޖީ ވުޒާރާއިން މިއަދު ބުނީ، ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން 10 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް  އެތެރެވުމުގެ ކުރިން “ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ. މި އޮންލައިން ފޯމް ފުރުމަށް ޖެހޭނީ ދަތުރަށް ފެށުމުގެ ތިން ދުވަހ...

ތައިލެންޑުގެ އައު ބޮޑުވަޒީރަށް ރައީސް މުޢިއްޒުގެ ތަހުނިޔާ
International

ތައިލެންޑުގެ އައު ބޮޑުވަޒީރަށް ރައީސް މުޢިއްޒުގެ ތަހުނިޔާ

ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ޕެޓޮންގޓާން ސިނޮވަޓްރަ ޢައްޔަނު ކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަމަނާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ތައިލެންޑުގެ އައު ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ އެކަމަނާގެ ލީޑަރޝިޕްގެ ދަށުން ތައިލެންޑަށް އާރޯކަމާއި ފާގަތިކަން ގެނެސްދެއްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވަނީ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ދެޤައުމު ގުޅިގެން ކުރިޔަށްގެންދާ މަސައްކަތްތަކާ ދެޤައުމުގެ ދެމެދު އޮންނަ ގާތްގުޅުން އި...

ތައިލެންޑުގެ ޒުވާން ބޮޑުވަޒީރަށް ރަސްގެފާނު ރުހުން ދެއްވައިފި
International

ތައިލެންޑުގެ ޒުވާން ބޮޑުވަޒީރަށް ރަސްގެފާނު ރުހުން ދެއްވައިފި

ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން، އެ ޤައުމުގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޕެއެޓޯންގްޓާން ޝިނަވާޓްރާ އެންޑޯޒް ކުރަށްވައިފިއެވެ. ބިލިއަނަރު، ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވާޓްރާގެ ދަރިކަނބަލުން ޕެއެޓޯންގްޓާން ޝިނަވާޓްރާ ވަނީ ތައިލެންޑުގެ އެންމެ ޅަ އުމުރުގެ ބޮޑުވަޒީރަކަށް ވެފައިވާއިރު، އޭނާ މި މަޤާމާ ހަވާލުވެފައިވަނީ އޭނާގެ ބައްޕާފުޅު ކުރީގެ ބޮޑުވަޒީރު ކޯޓު ހުކުމަކުން މަޤާމުން ވަކިކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. ޕެއެޓޯން...

ތައިލެންޑަށް ދާ ދިވެހިންގެ ވިސާ އަށް ލުޔެއް
Raajje

ތައިލެންޑަށް ދާ ދިވެހިންގެ ވިސާ އަށް ލުޔެއް

ތައިލެންޑަށް ދަތުރުކުރާ ދިވެހިންގެ ވިސާއަށް އިތުރު ލުޔެއް ދިނުމަށް އެ ޤައުމުން ނިންމާފައިވާކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ދިވެހި ޚާރިޖިއްޔާއިން ބުނީ ތައިލެންޑުގެ އިމިގްރޭޝަން އުޞޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، 15 ޖުލައި 2024 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ތައިލެންޑް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން، ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ...

ތައިލެންޑްގައި އެއްޖިންސުން ކައިވެނި ކުރުން ހުއްދަކުރަން ބިލެއް ފާސްކޮށްފި
International

ތައިލެންޑްގައި އެއްޖިންސުން ކައިވެނި ކުރުން ހުއްދަކުރަން ބިލެއް ފާސްކޮށްފި

ތައިލެންޑްގައި އެއްޖިންސުން ކައިވެނި ކުރުން ހުއްދަކުރަން ބިލެއް ފާސްކޮށްފިއެވެ. ތައިލެންޑްގެ ސެނެޓުން 18 ޖޫން 2024 ވީ އަންގާރަ ދުވަހު ވަނީ، އެ ގައުމުގައި އެއްޖިންސުން ކައިވެނިކުރެވޭނެގޮތަށް ”ކައިވެނީގެ ހަމަހަމަކަމުގެ ބިލެއް ފާސްކޮށް” ފައެވެ. މި ބިލު ފާސްކުރީ ތައިލެންޑްގެ ސެނެޓުގެ 152 މެންބަރުންގެ ތެރެއިން 130 މެމްބަރުންގެ ވޯޓުންނެވެ. އެ ގާނޫނަށް ރުހުން ހޯދުމަށް މިހާރު ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން އަށް ފޮނުވާނެ ކަމަށް އެ ގައުމުގެ ގާނޫހަދާ މަޖިލީހުންވަނީ ބުނެފައެވެ. އެހެންކަމުން، ރަސްގެފާނުގެ...

ތައިލެންޑުގެ މޯލެއްގައި ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާވިތޯ ބަލަނީ
International

ތައިލެންޑުގެ މޯލެއްގައި ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާވިތޯ ބަލަނީ

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ދިވެހިން އާންމުކޮށް ގޮސް އުޅޭ މޯލްއެއްގައި ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާވިތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ. ބެންކޮކުގެ މެދުތެރޭގައި ހުންނަ ސިއާމް ޕެރަގަން މޯލަށް ދިން ހަމަލާގައި ތިން މީހަކު މަރާލައި، ފަސް މީހަކު ވަނީ ޒަހަމްވެފައެވެ. ހަމަލާ ދިން ކަމުގެ ތުހުމަތުގައި 14 އަހަރުގެ ކުއްޖަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ މޯލް ތެރެއިންނެވެ. ބެންކޮކުގެ މެދުތެރޭގައި ހުންނަ ސިއާމް ޕެރަގަން އަކީ މުޅި އޭޝިއާގައި އެންމެ […]