ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން، އެ ޤައުމުގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޕެއެޓޯންގްޓާން ޝިނަވާޓްރާ އެންޑޯޒް ކުރަށްވައިފިއެވެ.

ބިލިއަނަރު، ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވާޓްރާގެ ދަރިކަނބަލުން ޕެއެޓޯންގްޓާން ޝިނަވާޓްރާ ވަނީ ތައިލެންޑުގެ އެންމެ ޅަ އުމުރުގެ ބޮޑުވަޒީރަކަށް ވެފައިވާއިރު، އޭނާ މި މަޤާމާ ހަވާލުވެފައިވަނީ އޭނާގެ ބައްޕާފުޅު ކުރީގެ ބޮޑުވަޒީރު ކޯޓު ހުކުމަކުން މަޤާމުން ވަކިކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

Ad
rt

ޕެއެޓޯންގްޓާން ބޮޑުވަޒީރުކަމަށް އައްޔަން ކުރަން ފާސްކުރެވުނީ ސްރެތާ ތަވިސިން ބޮޑުވަޒީރުކަމުން ވަކިކުރުމަށް ކޯޓުން ނިންމުމާ ގުޅިގެން 24 ގަޑިއިރުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކަކަށް ފަހު ބޭއްވުނު ޕާލިމަންޓްގެ ވޯޓަކުންނެވެ.

ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން، އައު ބޮޑުވަޒީރަށް ދެއްވި ރުހުން މިއަދު ވަނީ އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ސެކްރެޓަރީ އާޕަތު ސުކާނަންތެވެ.

37 އަހަރުގެ ޕެއެޓޯންގްޓާންއަކީ ތައިލެންޑުގެ އެންމެ ހަގު ބޮޑުވަޒީރަށްވާއިރު، އޭނާއަކީ އޭނާގެ ބޮޑުދައިތާ ޔިންގްލަކް ޝިނަވާޓްރާއަށް ފަހު ޤައުމުގެ ވެރިކަމާ ހަވާލުވާ ދެވަނަ އަންހެން ބޮޑުވަޒީރެވެ.

ސަރުކާރުގައި އެއްވެސް މަޤާމެއް އަދާކޮށްފައިނުވާ ޕެއެޓޯންގްޓާންއަކީ ތަކްސިންގެ ތިން ދަރިންގެ ތެރެއިން އެންމެ ހަގު ދަރިކަނބަލުންނެވެ. އަދި ޝިނަވާޓްރާ ޢާއިލާގެ ތެރެއިން ބޮޑުވަޒީރުކަމާ ހަވާލުވި ހަތަރުވަނަ މެންބަރެވެ.