ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި މިހާދު އެ ކުންފުނީގެ ޗެއާމަނަކަށް އައްޔަންކޮށްފިއެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރުމުން އައިލެންޑް އޭވިއޭޝަނުން ވަނީ މަރުހަބާ ކިޔަވައިފައެވެ. މިހާދު އެ ކުންފުނީގެ ޗެއާމަނަކަށް އައްޔަންކޮށްފައިވަނީ މިއަދުއެވެ.

Ad
rt

މިހާދު ހުންނެވީ 2021 ވަނަ އަހަރުން ފެށިގެން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ސަރުކާރު ބަދަލުވުމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

މިހާދު ވަކިކުރުމަށްފަހު އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކޮށްފައިވަނީ އިބްރާހިމް އިޔާސްއެވެ.

މިހާދު ވަނީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން 2008 ން 2012 އަށް އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުވެސް އަދާ ކުރައްވާފައެވެ.