Skip to main content
Topic Archive

#އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)

18 Stories filed
ސަލާމަތީ ސަބަބުތަކަށްޓަކައި މޯލްޑިވިއަންގެ އުމްރާ ދަތުރު ފަސްކޮށްފި
Business

ސަލާމަތީ ސަބަބުތަކަށްޓަކައި މޯލްޑިވިއަންގެ އުމްރާ ދަތުރު ފަސްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި، ގައުމީ އެއާލައިން މޯލްޑިވިއަނުން މާލެއިން ޖިއްދާއަށް ބުރާސްފަތި ދުވަހު ކުރުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރު ފަސްކޮށްފައިވާ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބުނެފިއެވެ. އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ދަތުރަކީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހު (29 އޮކްޓޯބަރު 2026 ގައި) ކުރުމަށް ތާވަލުކޮށްފައި

މޯލްޑިވިއަންގެ ފްލީޓަށް އެއާބަސްގެ އާ ދެ ބޯޓު އިތުރުކުރަނީ
Business

މޯލްޑިވިއަންގެ ފްލީޓަށް އެއާބަސްގެ އާ ދެ ބޯޓު އިތުރުކުރަނީ

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އެއާބަސް މަރުކާގެ ދެ ބޯޓު ގެނެސްދޭނެ ބަޔަކު ހޯދުމަށް، ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން އިއުލާންކޮށްފި އެވެ. އައިއޭއެސް އިން ބުނީ، އެ ކުންފުނިން ހޯދަން އިއުލާންކޮށްފައިވަނީ އެއާބަސް A220-300 މަރުކާރުގެ ދެ ބޯޓު ކަމަށެވެ. އެހެންކަމުން މި ބޯޓުތައް ގެނެސްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބޯޓުތައް ގެނައުމަށް ކަނޑައަޅާފައިވާ...

ޤައުމީ އެއާލައިނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަނީ
Business

ޤައުމީ އެއާލައިނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަނީ

ޤައުމީ އެއާލައިން މޯލްޑިވިއަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. ރައީސް އޮފީހުން ވަނީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ރޭ ވަނީ އާންމުކޮށްފައެވެ. އެއިގެ ތެރެއިން އެއްކަމަކީ މޯލްޑިވިއަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމެވެ. މިގޮތުން ދަތުރުފަތުރުގެ ދާއިރާއިން، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުނ...

ދެކުނުގެ ހަތަރު މަންޒިލެއް ވައިގެ ދަތުރުން ގުޅާލަނީ
Raajje

ދެކުނުގެ ހަތަރު މަންޒިލެއް ވައިގެ ދަތުރުން ގުޅާލަނީ

ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށް ނިންމައި، އެ ދަތުރުތަކުގެ އަގުތައް އިއްޔެ އާންމުކޮށްފިއެވެ. މި އާ ހިދުމަތުގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގއ. އަތޮޅު އަދި ގދ. އަތޮޅު ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ދަތުރުތައް […]

މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ބޭނުންކުރަންފަށައިފި
Raajje

މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ބޭނުންކުރަންފަށައިފި

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައި، ޓާމިނަލް އިމާރާތް ބޮޑުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މާފަރު އެއަރޕޯޓް ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން މިއަދު ބުނީ މިއަދު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައި އައު މަރުޙަލާއެއް ފެށިފައިވާ ކަމަށެވެ. ”މިއަދު ވަނީ އެއަރޕޯޓުގެ އޮޕަރޭޝަނަލް ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި، އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ރަސްމީކޮށް އި...

ޤައުމީ އެއާލައިނަށް އޭޓީއާރު މަރުކާގެ އިތުރު ބޯޓެއް ގެނެސްފި
Business

ޤައުމީ އެއާލައިނަށް އޭޓީއާރު މަރުކާގެ އިތުރު ބޯޓެއް ގެނެސްފި

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ އިތުރު ބޯޓެއް މިއަދު ރާއްޖެ ގެނެސްފިއެވެ. މޯލްޑިވިއަނުން މައުލޫމާތު ދިން ގޮތުގައި މި ބޯޓު ފްރާންސްގެ ޓޫލޫޒްއިން ރާއްޖެއަށް ދަތުރު ފެށީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އިތުރު ތިން މަންޒިލަކަށް ޖެއްސުމަށްފަހު މި ބޯޓު ރާއްޖެ އައުމުގެ ކުރިން އެންމެ ފަހު މަންޒިލެއް ގޮތުގައި ޖެއްސީ އޮމާންގެ މަސްކަޓުންނެވެ. މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް މިއަދު ފޯރީ ހަވީރު 16:00 ހާއިރުއެވެ. […]

ޖެނިފާއަށް އަލުން ވަޒީފާދިނުން މަޑުޖައްސާލަން އަންގައިފި
Raajje

ޖެނިފާއަށް އަލުން ވަޒީފާދިނުން މަޑުޖައްސާލަން އަންގައިފި

އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުއްޓާ އެ މަގާމުން ވަކިކުރި އައިޝަތު ޖެނިފާއަށް އަލުން އެ މަގާމު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަންކުރީ ޑިސެމްބަރު 2018 ގަ އެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު އެ މަގާމުން ވަކިކުރީ […]

ގައުމީ އެއާލައިނުން އަންނަ ޖެނުއަރީގައި ވައިޑް-ބޮޑީ މަތިންދާބޯޓު ދަތުރުތައް ފަށަނީ
Raajje

ގައުމީ އެއާލައިނުން އަންނަ ޖެނުއަރީގައި ވައިޑް-ބޮޑީ މަތިންދާބޯޓު ދަތުރުތައް ފަށަނީ

އަންނަ ޖެނުއަރީގައި މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފެށޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ގެނެސްދިން  “ހަފްތާ 52” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ދެއްކެވިވާހަކާގައި ވަޒީރު ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު އަންނަ ޖެނުއަރީމަހު ބޭނުންކުރަން ފަށާނެކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވިގޮތުގައި...

ސީޕްލޭން ޚިދުމަތް ދިނުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދަނީ
Raajje

ސީޕްލޭން ޚިދުމަތް ދިނުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދަނީ

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް) އިން ހިންގަމުން ގެންދާ “މޯލްޑިވިއަން ސީޕްލޭން” ވިޔަފާރި ފުޅާކުރުމަށް ސީޕްލޭން ޚިދުމަތް ދިނުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މި ނިންމެވުން ނިންމެވީ 30 ސެޕްޓެންބަރުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މި ނިންމެވުމަކީ، އައި.އޭ.އެސް.އެލް އިން ހިންގަމުނ...

އައިއޭއެސްގެ ޗެއާމަން މިހާދު މަގާމުން ވަކިކޮށްފި
Business

އައިއޭއެސްގެ ޗެއާމަން މިހާދު މަގާމުން ވަކިކޮށްފި

ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު މަގާމުން ވަކިކޮށްފިއެވެ. ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ވަނީ ސަރުކާރާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ގެނެސްފައިވާ ބަދަލުތައް އާންމުކޮށްފައެވެ. މި ބަދަލުގެ ތެރޭގައި އައިއޭއެސްގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު މަގާމުން ވަކިކޮށްފައިވ...

މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަން އެމްޓީސީސީއަށް
Business

މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަން އެމްޓީސީސީއަށް

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފިއެވެ. ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބުނީ، އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރުމުގެ މަސައްކަތް ބޮޑުކުރުމަށް އެމްޓީސީއާއި ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ އެ އެއާޕޯޓުގެ އިންފްރާސްޓަކްޗާ ތަރައްގީކޮށް، ކެޕޭސިޓީ އިތުރުކުރުމަށް އެޅުނު މުހިންމ...

މޯލްޑިވިއަންގެ 4 ވަނަ އޭޓީއާރު ގެނެސްފި
Business

މޯލްޑިވިއަންގެ 4 ވަނަ އޭޓީއާރު ގެނެސްފި

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ބަދަލުކޮށް ޒަމާނީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މުޅިން އާ އޭޓީއާރު 600 – 42 މަރުކާގެ މަތިންދާބޯޓެއް ގެނެސްފިއެވެ. މޯލްޑިވިއަންގެ އައު ބޯޓަށް މަރުހަބާ އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި މަތިންދާބޯޓުގެ ސަބަބުން އެ އެއާލައިންގެ ކެޕޭސިޓީ އިތުރުކުރެވި އަދި ރޫޓުތަކަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރެވި ދިވެހިންނަށާއި ފަތުރުވެރިންނަށް ކަނެކްޓިވިޓީ އިތުރުކުރެވި، ފަސޭހ...

އައިއޭއެސްގެ ކުރީގެ އެމްޑީ މިހާދު އެ ކުންފުނީގެ ޗެއާމަނަކަށް
Business

އައިއޭއެސްގެ ކުރީގެ އެމްޑީ މިހާދު އެ ކުންފުނީގެ ޗެއާމަނަކަށް

ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި މިހާދު އެ ކުންފުނީގެ ޗެއާމަނަކަށް އައްޔަންކޮށްފިއެވެ. އޭނާ އެ މަގާމަށް އައްޔަން ކުރުމުން އައިލެންޑް އޭވިއޭޝަނުން ވަނީ މަރުހަބާ ކިޔަވައިފައެވެ. މިހާދު އެ ކުންފުނީގެ ޗެއާމަނަކަށް އައްޔަންކޮށްފައިވަނީ މިއަދުއެވެ. މިހާދު ހުންނެވީ 2021 ވަނަ އަހަރުން ފެށިގެން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ސަރުކާރު ބަދަލުވުމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހ...

ރާއްޖޭ ޤައުމީ އެއާލައިނުން ''ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން'' ފެށުމަށް ރައީސް ނިންމަވައިފި
Raajje

ރާއްޖޭ ޤައުމީ އެއާލައިނުން ''ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން'' ފެށުމަށް ރައީސް ނިންމަވައިފި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި ”ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން” ފަށަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ވަޒީރުންގެ މަޖިލީހ...

މާފަރު އެއާޕޯޓުން ޖެޓް ފިއުލް ވިއްކަން ފަށައިފި
Raajje

މާފަރު އެއާޕޯޓުން ޖެޓް ފިއުލް ވިއްކަން ފަށައިފި

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުން ޖެޓް ފިއުލް ވިއްކަން ފަށައިފި އެވެ. އައިލެންޑް އޭވިއޭޝަން ސަރވިސް (އައިއޭއެސް) އިން ބުނީ އެ އެއަރޕޯޓަށް އަންނަ ޖެޓްތަކަށް ބޭނުންވާ ތެޔޮ ދާއިމީކޮށް ފޯރުކޮށްދިނުމަށް ހަދަން ޖެހޭ ސެޓަޕްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. އަދި މިވަގުތު އެކަން ފެށީ އެކަމަށް އޮތް ޑިމާންޑު ބޮޑުވަމުން އަންނާތީ ކަމަށެވެ. އެ އެއަރޕޯޓަށް ފައިބެއަހަރު 228 ޖެޓް ބަނދަރުކޮށްފައިވާއިރު، ބައިނަލްއަގުވާމީ ފްލައިޓުތަކުން އެ އެއަރޕޯޓަށް 1،571 ޓޫރިސްޓުން ވަނީ ދަތުރުކޮށްފައެވެ. […]