އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް) އިން ހިންގަމުން ގެންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ފުޅާކުރުމަށް ސީޕްލޭން ޚިދުމަތް ދިނުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މި ނިންމެވުން ނިންމެވީ 30 ސެޕްޓެންބަރުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

Ad
rt

މި ނިންމެވުމަކީ، އައި.އޭ.އެސް.އެލް އިން ހިންގަމުން ގެންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން ނިންމަވާފައިވާ ނިންމެވުމެކެވެ.

މިގޮތުން ނިންމަވާއި ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް އާއެކު) ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ޤާއިމްކޮށް، މި ޕާޓްނަރޝިޕްގެ ދަށުން ސީޕްލޭން ޚިދުމަތް ދިނުމަށްޓަކައި، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށެވެ.

މި ކުންފުނި އުފައްދަން ނިންމަވާފައި ވަނީ އައި.އޭ.އެސް.އެލް ގެ ފުރިހަމަ ކޮންޓްރޯލް އޮންނަގޮތަށް، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދައިގެންނެވެ.

މި ކުންފުނި އުފެއްދެވުމުގެ ކަންކަން ކުންފުނި އުފެއްދެވުމަށްޓަކައި ނިންމަވަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހައިޅައިގެން 30 އެޕްރީލް 2025 ގެ ކުރިން ނިންމުމަށް ވެސް ވަނީ ކަނޑައަޅުއްވާފައެވެ.

ރާއްޖޭގައި އަމިއްލަ ދެ ކުންފުންޏަކުން ވެސް އަންނަނީ ސީ ޕްލޭންގެ ޚިދުމަތް ދެމުންނެވެ.