ސިލްސިލާ ވާހަކަ: ޝިކާޔަތު (44)
ކުރީގެ އަދަދާއިގުޅޭ، ” ދެން ހާރޫން.. އަހަންނަށް މަލާމަތްކުރަނީދޯ” މޫނު ހަދާލަމުން ޔަޝްމީ ބުންޏެވެ. އެއާއިއެކު ހާރޫން ޔަޝްމީގެ ގައިގައި ހިފައި އޭނާއާ ގާތްކޮށްލަމުން ބޯ ހޫރާލިއެވެ. އެވަގުތު ދާދި ގާތުން މީހަކު ކަރުކެހިލުމުން ހާރޫންގެ އިތުރުން ޔަޝްމީއަށްވެސް ބަލައިލެވުނީ އެކުއެކީގައެވެ. އެއާއިއެކު އަވަސް އަވަހަށް ހާރޫން ކޮޅަށް ތެދުވީ ހެވިފައި ހުރެއެވެ. ” ނައީމް؟” ހާރޫން އަވަސް އަވަހަށް ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. އެއާއިއެކު ނައީމްވެސް ހެވިފައި ހުރެ ހާރޫންއާ ސަލާމްކޮށްލިއެވެ. އެވަގުތު ހާރޫން...