ސިލްސިލާ ވާހަކަ: ޝިކާޔަތު (12)
ކުރީގެ އަދާއިގުޅޭ، ” އަހަރެން މި އާއިލާއަށް އެހީވެދޭން ބުނީ މިކަމަކަށް އެދިއެއް ނޫނޭ! އެއީ އަހަރެން އިންސާނިއްޔަތަށް ކޮށްދޭ ކަމެއް! އަހަރެން ދެކެ ރުޅި ނާންނައްޗޭ ޔަޝްމީ! އަހަންނަށް އެނގެޔޭ ޔަޝްމީއާ އަހަރެންގެ އުމުރު ވަރަށް ވަރަށް ތަފާތުކަން! އެކަމަކުވެސް އަހަރެންގެ ހިތަކަށް ބާރެއް ނުފޯރުވުނު..” ހާރޫންގެ ވާހަކަ އެހިސާބަށް ދިޔުމާއިއެކު ޔަޝްމީ ފަހަތަށް ޖެހެމުން ގޮސް ބޭރަށް ދުއްވައިގަތެވެ. ހާރޫނަށް ހުރެވުނީ ކަންބޮޑުވެފައި އެދިމާލަށް ބަލާށެވެ. ލޯމަތިން ޔަޝްމީ ގެއްލުމާއިއެކު އޭނާވެސް އަވަސް އަވަހަށް [...