Skip to main content
Topic Archive

#ޝިކާޔަތު

72 Stories filed
ސިލްސިލާ ވާހަކަ: ޝިކާޔަތު (ފަހުބައި)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (ފަހުބައި)

ކުރީގެ އަދަދާއިގުޅޭ، ޔަޝްމީ މަޑުމަޑުން ގޮސް ހާރޫންގާތު ހުއްޓުނެވެ. އަދި ހާރޫންގެ މޭގައި ބޯޖައްސާލީވެސް ރަހީލަށް ބަލަމުންނެވެ. އެއާއިއެކު ރުޅިގަދަވެފައި ހުރެ ރަހީލް ނިކުމެގެން ދިޔައެވެ. އެހިނދު ހާރޫން ޔަޝްމީގެ ގައިގައި ބައްދާލަމުން ނިތްކުރިއަށް ބޮސްދިނެވެ. *** ހަވީރުގެ ވަގުތެވެ. ޒޫނާ އިނީ ޖާވިދްގެ އިންތިޒާރުގައެވެ. އުނގުމަތީގައި ބާލީސް ބާއްވާލައިގެން އިނދެ އޭނާ ކެތްތެރިކަމެއް ނެތި ވަގުތު ގުނަމުން ދިޔައެވެ. ޒޫނާ އެހެން އިންނަތާ މާގިނައިރުތަކެއް ނުވެ ޖާވިދް އައިސް ދޮރު ހުޅުވާލިއެވެ. އަދި ވަރުބަލިކަ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (73)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (73)

ކުރީގެ އަދަދާއިގުޅޭ، އެ އުފާވެރިކަން އެއްފަރާތްކޮށްލާފައި އަނެއްކާވެސް އޭނާގެ މޫނުމަތީގައި ކުރަހާލީ ޔަޝްމީގެ ސޫރައެވެ. ޔަޝްމީގާތު ރަސްމީކޮށް ކައިވެންޏަށް އެދުމަށްޓަކައި އޭނާވަނީ ކެތްމަދުވެފައެވެ. އެހެންކަމުން ފޯނުން ގަޑި ބަލައިލެވުނީވެސް ޔަޝްމީ ދެކިލުމަށް އެދި ހިތް ތެޅޭވަރު ބާރުވަމުންދާތީއެވެ. ކާރުން ފައިބައިގެން އައިސް އެންމެ ފުރަތަމަވެސް ރަހީލް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ދިގު ދަތުރަކަށްފަހު ތާޒާ ވެލައިގެން ނޫނީ ޔަޝްމީގާތަށް ދާން އޭނާ ބޭނުމެއް ނޫނެވެ. އަތުގައި އޮތް މާބޮނޑި އެނދުމަތީގައި ބޭއްވު...

ސިލްސިލާ ވާހަކަ: ޝިކާޔަތު (72)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (72)

ކުރީގެ އަދަދާއިގުޅޭ،  ” ކޮންތާކަށް އަހަރެން ތިގެންދަނީ ؟” ޔަޝްމީގެ އަތުގެ ކުޑަހުޅުގައި ބާރުބާރަށް ހިފުމަށްފަހު އޭނާ ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުންނާށެވެ. ނަމަވެސް އަތަށް ބާރު ލުމަށްފަހު ޔަޝްމީ އަތް ފޮޅުވާލީ ނުހަނު ބާރަށެވެ. އޭރު އޭނާއަށް މާނޭވާ ލެވެމުންދެއެވެ. މޫނުމަތީގައިވަނީ ނުތަނަވަސްކަމާއި ހިތްދަތިކަމުގެ އަސަރު ތަކެވެ. ޔަޝްމީ އަތް ފޮޅުވާލުމާއިއެކު، ހާރޫން ފަސްއެނބުރި ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ” ކީއްކުރަން އަހަރެން ތި ގެންދަނީ؟ އަހަރެން ބޭނުމެއް ނޫނޭ ހާރޫންއާއެކު ދާކަށް! ” ޔަޝްމީއ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (71)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (71)

ކުރީގެ އަދަދާއިގުޅޭ، ހެނދުނުގެ ހިތްގައިމު ވަގުތެވެ. ހޮޓެލުން ނިކުމެގެން އައިސް ރަހީލް ކާރަށް އެރުމާއެކު ބާރު ދުވެލީގައި ހޮޓެލްގެ ގޭޓުން ކާރު ނިކުމެއްޖެއެވެ. އެމަންޒަރު ބަލަން ދުރުގައި އޮތް ކާރުގައި އިން ހާރޫން އަވަސް އަވަހަށް ކާރުގެ ތެރެއިން ނިކުމެގެން ގޮސް އެ ހޮޓެލަށް ވަނެވެ. އެއަށްފަހު ރިސެޕްޝަނާ ދިމާލަށް ހިނގައިގަތީ އަވަސް ހިތަކައިގެންނެވެ. ނަމަވެސް އޭނާގެ އަވަސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އެއްވެސް ގެސްޓަކު އުޅޭ ކޮޓަރިއެއްގެ ނަންބަރު ރިސެޕްޝަނުން ނުދޭނެކަން ހަނދާން ވުމުންނެވެ. އެއާއިއެކު...

ސިލްސިލާ ވާހަކަ: ޝިކާޔަތު (70)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (70)

ކުރީގެ އަދަދާއިގުޅޭ، ޔާނިޝްއަށް ދެމުންދާ ތަރުބިއްޔަތަކީ ހާރޫންގެ ކަށިން ހިތްވަރު ނެރެގެން ދޭ ތަރުބިއްޔަތެވެ. އެހެންކަމުން ޔާނީޝް ބޮޑުވަމުން އަންނަނީ ހާރޫން ބޭނުންވާފަދަ ބަސްއަހާ ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައެވެ. ހާރޫންއަށް މިހާރު ލިބެމުންދާ ހަމައެކަނި އުފަލަކީވެސް އެއީއެވެ. *** ފާއިޒާ އިނީ ގޭ ސިޓިންގރޫމްގައި ޓީވީ ބަލާށެވެ. މީގެ ދެއަހަރު ކުރިން ޝާކިރު މިދުނިޔެއިން ވަކިވެގެން ދިޔުމުން އޭނާވަނީ ނުހަނު އެކަނިވެރިވެފައެވެ. ކިތަންމެ ގިނަ ދުވަސްވީ ނަމަވެސް ޝާކިރުގެ ހަނދާންތަކަށް ފަނޑުވުމެއް ނާދެއެވެ....

ސިލްސިލާ ވާހަކަ: ޝިކާޔަތު (69)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (69)

ކުރީގެ އަދަދާއިގުޅޭ،  ” ދެން އަޅާނުލާ! ހިނގާބަލަ މިތަނުން ނިކުންނަން.. މިހާރު އަޑުގަދަ ކަމުން ބޮލުގައި އެބަ ރިއްސާ! ” ރަހީލް ހިނގުން ބާރުކޮށްލުމުން ޔަޝްމީއަށް އަނެއްކާވެސް ފަހަތް ބަލައިލެވުނެވެ. އޭރުވެސް އޭނާގެ ލޯމަތިން އެ މައުސޫމް މޫނު ފެންނަހެން ހީވެއެވެ. *** ދޮރާށި ހުޅުވާލުމަށްފަހު ޒޫނާ ބޭރަށް ނިކުމެ ހުރީ ޖާވިދްގެ އިންތިޒާރުގައެވެ. އޭރު މާދުރުން އަންނަ ޖާވިދްގެ ސައިކަލް ފެނި، ޒޫނާގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ. ” އަނހާ! މަންމަގެ ލޯބިލޯބި ކަމަނާ! […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (68)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (68)

ކުރީގެ އަދަދާއިގުޅޭ، ޖީބުގައި އޮތް ފޯނު ނެގިއިރު ބާރުބާރަށް ހިނގާފައި، ޔަޝްމީ މާދުރަށް ގޮއްސިއެވެ.  އޭރުވެސް ރަހީލަށް ހުރެވުނީ ހިނގައިގަންނަންވެސް ނޭނގިފައެވެ. *** ” ބޭބޭ! އަހަރެން މިކިޔައިދިނީ ޔަޝްމީ އަހަންނާ ހިއްސާކުރި ވާހަކަތައް… ދެން ބުނެބަލަ! ބޭބެ ހަމަ އަދިވެސް ޔަޝްމީއާ މެރީ ކުރަން ބޭނުންތަ؟ ” ކަނާތު ކަންފަތަށް ފޯނު ބަދަލު ކޮށްލަމުން ރަޝާ ސުވާލު ކުރިއެވެ. އޭރު ރަހީލަށް ހުރެވުނީ ވާހަކަ ދައްކަންވެސް އުނދަގޫ ވެފައެވެ. ޔަޝްމީއާމެދު މާބޮޑަށް އުއްމީދު ކުރެވުމުގެ ސަބަބުން […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (67)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (67)

ކުރީގެ އަދަދާއިގުޅޭ، މާގިނަ އިރުތަކެއްނުވެ ކައިރިކޮށްލި ކާރުގެ ތެރެއަށް އޭނާ އަވަސް އަވަހަށް ދެމިގަތެވެ. އަދި ގޭގެ ނަން ބުނެލުމަށްފަހު ސީޓުގައި ލެނގިލެވުނީ ވެފައިވާ ވަރުބަލިކަމުންނެވެ. ނަމަވެސް ކުރީ ސީޓާ ދިމާލު މަތީގައި ހަރުކޮށްފައިހުރި ލޯގަނޑުކޮޅުން ޑްރައިވަރުގެ މޫނު ފެނުމާއެކު ޔަޝްމީއަށް ތެޅިގަނެވުނެވެ. ” ޔަޝްމީ މޭމް! ” އިސާހިތަކު ޑްރައިވަރ އޭނާއަށް ގޮވާލިއެވެ. ” ޑްރައިވަރ ނައީމް! ” ޔަޝްމީއަށް ގޮވައިލެވުނީ ނުހަނު ކަންބޮޑުވެފައިވާ ރާގަކަށެވެ. ” ބޮސް ކޮބާ؟ ވީތަނެއް އެނގޭތަ؟ ” އެންމެ […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (66)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (66)

ކުރީގެ އަދަދާއިގުޅޭ، ” ތި ދުޢާ އިޖާބަ ކުރައްވާތޯ އަހަރެން ދުޢާ ކުރާނަން! ” ރަޝާއަށް ބަލައިލަމުން ޔަޝްމީއަށް އަނެއްކާވެސް ހިނިތުން ވެލެވުނެވެ. ” އަޅެ އަހަންނަށް ޔަޝްމީގެ މޫޑު ގޯސްކުރެވުނީދޯ! ސޮރީ އިނގޭ.. ” އިސްޖަހާލައިގެން އިން ޔަޝްމީ އިސްއުފުލާލީ ރަޝާގެ އަޑަށެވެ. ” ނޫނޭ.. އޯކޭ ހަމަ! ހިތުގައި ހުންނަ އުދާސްތައް މިގޮތަށް ބޭރު ނުކުރެވިގެން ކަންނޭނގެ މިކަމުން އަރައި ނުގަނެވިގެން މިއުޅެނީވެސް.. މިކަންތައްތައް ޝެއަރ ކުރާނެ ފްރެންޑެއް ލިބުނީމަވެސް އަހަރެން މިއަދު ވަރަށް […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (65)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (65)

ކުރީގެއަދަދާއިގުޅޭ، ” އަހަރެން ވަރުބަލިވެއްޖެ ހާރޫން! އަހަރެންގެ ސިކުނޑީގައި އިތުރަށް ވިސްނާނެ ބާރެއް ނެތް.. ވިންދު ޖަހާނެ ހިތްވަރެއް ހިތަކު ނެތް! އެތެރެއަށް ނޭވާ ދަމާލާނެ ވަރެއް ހަށިގަނޑަކުވެސް ނެތް.. ބުނެބަލަ! އަހަރެން ކިހިނެއްތަ ހަދަންވީ؟ ދުނިޔެ މަތިން ހަނދާންނައްތާލަން ވީތަ؟ ” ދެލޯ މަރާލަމުން ޔަޝްމީއަށް ބުނެވުނެވެ. *** ފްލައިޓްގައި އިން އިރުގައިވެސް ޔަޝްމީއަށް ފިކުރު ކުރެވެނީއެވެ. އޭނާގެ ދިރިއުޅުމާމެދު މާބޮޑަށް ވިސްނެނީއެވެ. ކުރު ގޮތަކަށް ބުނާނަމަ ދުނިޔެމަތިން ފޫހިވަނީއެވެ. ދުނިޔޭގެ އަލިކަން...

ސިލްސިލާ ވާހަކަ: ޝިކާޔަތު (64)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (64)

ކުރީގެ އަދަދާއިގުޅޭ، ހިތާހިތާ ޔަޝްމީ ކިޔަމުން ދިޔައެވެ. އަނެއްކާވެސް އޭނާގެ ދެލޮލުން ކަރުނަ ހިލެން ފެށިއެވެ. ނަމަވެސް ބޮލުގައި ރިއްސާވަރުން އިތުރަށް ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. ކެތްކުރެވޭތޯ އޭނާ ނުހަނު މަސައްކަތް ކުރިއެވެ. ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން ޔަޝްމީ މޫނު ފޮރުވާލީ ދެލޯ މަރާލަމުންނެވެ. ” އަހަރެން މި ދަތުރު ހުއްޓާނީ، ހާރޫން ހޯދާފައި” ޔަޝްމީއަށް ބުނެވުނެވެ. *** މެންދުރު ނަމާދުކޮށްގެން ޝާކިރު ގެއަށް އައި އިރު ފާއިޒާ އޮތީ އެނދުމަތީ އޮށޯވެލައިގެންނެވެ. ބޯމަތީގައި […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (63)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (63)

ކުރީގެ އަދަދާއިގުޅޭ، ލިފްޓް ދޮރު ހުޅުވުމާއެކު ޔަޝްމީއަށް ބުނެލެވުނެވެ. އޭރުވެސް އޭނާގެ ދެފައި ތުރުތުރުއަޅަން ފަށައިފިއެވެ. ހިތްވެސް މިހާރު އޮތީ ފާޑަކަށް ފިނިވެފައެވެ. ހިތްވަރުކޮށްފައި ދޮރުގައި ޓަކި ޖަހާލިއެވެ. ޚަބަރެއް ނުވުމުން ބެލްއަށް ފިތާލީ އަވަސް ވެފައިވާ ހިތަކައިގެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވައިފިއެވެ. އެއާއިއެކު ފުޅާ ހިނިތުންވުމެއްގައި ހުރި ޔަޝްމީގެ ދެތުންފަތް ލައްޕާލެވުނެވެ. އަދި ކުރިމަތީގައި ހުރި ނުދަންނަ އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުރެވުނީ ހައިރާންކަމާއެކުގައެވ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (62)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (62)

ކުރީގެ އަދަދާއިގުޅޭ،  އޭނާއަށް އެނގެއެވެ. ހާރޫން އަދިވެސް އޭނާއަށް އިންތިޒާރު ކުރާނެއެވެ. ޔަޝްމީ އަންނާނެކަމަށް އުއްމީދު ކުރާނެއެވެ. އަދި ޔަޝްމީއަށް މަޢާފްވެސް ކުރާނެއެވެ. ލޯބިވެތި ހިނިތުންވުމެއްގައި ހުރެ، ޔަޝްމީ ދެލޯ ހުޅުވާލީ އުއްމީދުން ފުރިގެންނެވެ. އޭރު އޭނާގެ ހިތްވަނީ ހާރޫންއާ ދިމާލަށް ދަތުރު ކުރަން ފަށާފައެވެ. އުފަލުން ފޮޅެމުންނެވެ. އެހިނދު ރަކި ގޮަތަކަށް ޔަޝްމީއަށް ހީލެވުނީ ހާރޫންގާތަށް ދާން ބޭނުންވި ވަރުންނެވެ. އެއާއިއެކު ކުރިމަތިން ފެންނަން ހުރި ބޮޑު އިރުވެސް ނިވާވަމުންގޮސް ގެއްލުނީ، ޔަޝ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (61)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (61)

ކުރީގެ އަދަދާއިގުޅޭ، ” އެކަމަކު ދަރިފުޅު އުޅެންވާނީ މިގޭގަ! މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިޔަކީ ތިއީކަން އެނގެއެއްނު.. އެހެންވީމަ ދަރިފުޅުމެން އުޅެންވާނީ މިގޭގައި! ބައްޕަވެސް ހިއެއްނުވެ އެހެންތަނަކަށް ފޮނުވާނެހެންނެއް!” ޒުނޭރާގެ ޖުމްލައިން ޒޫނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ޖާވިދް ދެކެމުންދާ ހުވަފެންތައް އެނގޭ ހިނދު، މަންމަމެންގެ ނިންމުމުން އޭނާގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. ނަމަވެސް ޖާވިދް ބޭނުންވާ ގޮތް މަންމަގާތު ބުނާކަށްވެސް ޒޫނާއަކަށް ނުކެރުނެވެ. ” ބައްޕަ ޤަބޫލުތ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (60)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (60)

ކުރީގެ އަދަދާއިގުޅޭ، ” ނާދެޔޭ! ސައި ހަދައިގެން އިނދެ އިނދެ މަންމަ ރުޅިގަދަވާތީ މިއައީ ބަލައި އެންމެ ފަހުން.. ކޮންތާކަށް އެ ދިޔައީ؟” ތައުފީޤް ވިސްނާލަމުން ބުންޏެވެ. އެއާއިއެކު ބާރުބާރަށް ވަދީފާ ގޮވާ އަޑު އިވި، ތައުފީޤާއި ޝަހާނާ ނިކުތެވެ. އޭރު ފުލުހުންގެ ޓީމެއް އެގޭދޮށުގައި ތިއްބެވެ. އެމީހުން ފެނި ތައުފީޤްގެ އިތުރުން ޝަހާނާގެ ހިތުގައިވެސް ހައިރާންކަން އުފެދިގެން ދިޔައެވެ. ” ޝަރީފް ކިޔާ މީހަކު މިގެއަށް އައި ޚަބަރު ލިބިގެން މިއައީ! ” ފުލުހަކު ކުރިއަށް […]