ވިޔަފާރި މޯލްޑިވިއަނުން ހަނިމާދުއާއި ޓްރިވެންޑްރަމާ ދެމެދުގެ ދަތުރުތައް އަލުން ފަށައިފި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން، ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށައިފިއެވެ. މިދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށެވެ. އެ އެއާޕޯޓަށް އަލުން މި ދަތުރުތައް ފަށާފައިވަނީ މިއަދުއެވެ. ދަތުރުތައް ފެށުން ފާހަގަކުރުމަށް ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފްލާގައި ރީޖަނަލް އެއާޕޯޓްސްގެ އިސްވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވިއެވެ. މި ދަތުރުތައް ކުރިއަށްގެންދަ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިރިމަރަދޫ ރައްޔިތުން މިފަހަރު ފިތުރު އީދު ހާއްސަކުރީ ފަލަސްތީނަށް އެހީވުމަށް ހާލުގައި ޖެހިފައިވާ ފަލަސްތީނަށް އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ހިރިމަރަދޫގައި ކުރިއަށް ގެންދިޔަ “ހިރިމަރަދޫ ރައްޔިތުން ފަލަސްތީނާއިއެކު” ހަރަކާތުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. މި ހަރަކާތަކީ ހިރިމަރަދޫ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަކުގެ އިތުރުން ރައްޔިތުން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ރަމަޟާން މަހުގެ ފަހު ދިހަ ދުވަހުން ފެށިގެން ގޮސް އީދު ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތުގައި އެ ރަށުގެ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު އަމިއްލަ ދަނޑުގައި ލިވަޕޫލަށް އެތުލާންޓާ އަތުން ބޮޑު ބައްޔެއް ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ލިވަޕޫލަށް ބޮޑު ބައްޔަކާއި ކުރިމަތިވެއްޖެއެވެ. ރޭ ލިވަޕޫލްގެ އެންފީލްޑްގައި އިޓަލީގެ އެތުލާންޓާ އަތުން 3-0 ގެ ނަތީޖާއިން ލިވަޕޫލް ވަނީ ބަލިވެފައެވެ. މި މެޗަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ނެރުނު ފުރަތަމަ އެގާރާގައި، މުހައްމަދު ސަލާހްގެ އިތުރުން ޑިއާޒްއާއި ރޮބާޓްސަން އަދި ޒޮބޮސްލާއީ ވެސް ހިމެނާފައި ނުވެއެވެ. މި މެޗުގައި އެތުލާންޓާގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓުގައި ޒަޕަކޮސްޓާ ތަނަވަސް ކޮށްދިން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ހައްދުންމަތީގައި ތަރައްގީކުރާ މެރިޓައިމް ހަބް އިފްތިތާހުކޮށްފި ހައްދުންމަތީ ގާދޫގައި ތަރައްގީކުރާ “މެރިޓައިމް ހަބް” ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕްރޮޖެކްޓް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކާ ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޗައިނާގެ ކެމްސީ އިންޖިނިއަރިންގ ކޯ ލިމިޓަޑާއެކު އެމްޕީއެލުން ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އަދި ކެމްސީގެ ފަރާތުން ސޮއި... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު ފުރަތަމަ ލެގުގައި އެތުލެޓިކޯއިން ޑޯޓްމުންޑް ބަލިކޮށްފި ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑާއި ޑޯޓްމުންޑް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް އެތުލެޓިކޯއިން އެޑްވާންޓޭޖް ނަފައިފިއެވެ. އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމަށް ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ ޑި ޕައުލްއެވެ. މިއީ އޭނާ މި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު ޕީއެސްޖީ ބަލިކޮށް ބާސާއިން ސެމީގެ އުންމީދު ބޮޑުކޮށްފި ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީއާއި ބާސެލޯނާ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު ބާސާއިން ބޮޑުކޮށްފިއެވެ. މުބާރާތް ފަސްފަހަރު ކާމިޔާބު ކޮށްފައިވާ ބާސާއިން، އެންމެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. ފާއިތުވި ދެ ސީޒަންގައި ގްރޫޕް ސްޓޭޖުން ކެޓިނަމަވެސް މި ސީޒަންގައި ކުޅުން ރަނގަޅުކޮށް ބާސާ މިވަނީ ސެމީގެ އުންމީދު ބޮޑުކޮށްފައެވެ. ރޭ މެޗުގައި ފުރަތަމަ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މާލެއަށް އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 48 ޑިގްރީ ސެލްސިއަސްގައި މާލޭ ސަރަހައްދަށް އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 48 ޑިގްރީ ސެލްސިއަސްގައި ކަމަށް ދިވެހިރާއްޖޭގެ މޫސުމާއި ބޭހޭ އިދާރާއިން ބުނެފިއެވެ. މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ ރާއްޖޭ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން 45 ޑިގްރީ ސެލްސިއަސް އަށްވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އިދާރާއިން އިތުރަށް ބުނީ ގަދަ ހޫނުން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަކީ މުހިންމު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޢީދުގެ ސަލާން ކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުން ޢީދުގެ ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 09:30 އިން 10:30 އަށް މުލީއާގޭގައެވެ. ޢީދު ސަލާން ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު އަމިއްލަ ދަނޑުގައި އާސެނަލުން ބަޔާނާއި އެއްވަރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖައި ލީޑު ނެގީ އާސެނަލުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ޖަހައިދިނީ ބުކަޔޯ ސަކާ އެވެ. އޭނާ މި ލަނޑު ޖަހަން ފުރުސަތު ފަހިކޮށްދީފައި ވަނީ ބެން ވައިޓެވެ. ނަމަވެސް ބަޔާނުން ވަނީ ފުރަތަމަ ހާފު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި އީދަށް އުރީދޫގެ ހާއްސަ އޮފާތަކެއް ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފާތަކެއް އިއުލާންކޮށްފިއެވެ. އުރީދޫން ބުނީ، މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި އީދުގައި ރައްޓެހިންނާއި އާއިލާއާ ގުޅުންބަދަހިކުރުމުގައި ހާއްސަކޮށް ތައްޔާރުކޮށް ފޯރުކޮށްދޭ ހަދިޔާއެއް ކަމަށެވެ. މި ޕްރޮމޯޝަނުތަކުގެ ދަށުން ވީޑިއޯ ކޯލް ކުރުމާއި ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރިކޮށް މި އީދު ކުލަގަދަކޮށް ފާހަގަކުރެވޭނެއެވެ. އަދި މި އޮފާތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެ ކަމަށް... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު ކުއާޓާގެ ފުރަތަމަ ލެގުގައި ސިޓީއާއި ރެއާލް އެއްވަރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ރެއާލް މެޑްރިޑް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު އެއްވަރު ވެއްޖެއެވެ. ރެއާލްގެ ދަނޑުގައި ރޭ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު އެއްވަރުވެފައި ވަނީ 3-3 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ސިޓީން ވަނީ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. ޖެކް ގްރީލިޝްއަށް ޗުއަމެނީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމުން ބާނާޑޯ ސިލްވާ ވަނީ ލަނޑުޖަހައި ސިޓީއަށް މެޗުގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަޝްހޫރު ކުޅުންތެރިންނާއިއެކު މިލަންދޫ ކައުންސިލް ކަޕް އީދު ދުވަހު ފަށަނީ ށ.މިލަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “މިލަންދޫ ކައުންސިލް ކަޕް 2024” ފުޓްސަލް މުބާރާތް އީދު ދުވަހު (މާދަމާ) ފަށާނެއެވެ. މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ރޭ 08:30 ގައެވެ. ނަމަވެސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު 8 ޖަހާއިރު ފަށާނެއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި، ފުޓްބޯޅައިން ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން ކެޕްޓަން އައްސަދު އަބްދުލް ގަނީ ބައިވެރިވާނެއެވެ. ވާދަވެރިކަން ބޮޑު މި މުބާރާތުގައި މި އަހަރު ވަނީ އަށް ޓީމަކުން ބައިވެރިވެފައެވެ. […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ފުރަތަމަ ތިން މަހުން 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ. ކަސްޓަމުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗްގެ ނިޔަލަށް 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. 1 ޖަނަވަރީ 2024 އިން 31 މާރިޗް 2024 ގެ ނިޔަލަށް، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ މަސްތުވާތަކެތީގެ ތަފާސްހިސާބު. pic.twitter.com/lysd4LclBI — M... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޓެކްސީ ޑްރައިވަރުން ބޮޑު އަގު ނަގާ ނަމަ މިހާރު ރިޕޯޓު ކުރެވޭނެ މާލޭގައި ޓެކްސީ ޑްރައިވަރުން ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުކޮށް ދަތުރު ކުރާ ނަމަ، އެކަން ރިޕޯޓު ކުރެވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ދަތުރު ކުރަން ބޭނުންވާ މަންޒިލެއްގެ ސަބަބުން ދަތުރު ކުރަން އުޒުރުވެރިވުމާއި ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރުމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބެމުންދާ ކަމަށެވެ. ސަރުކާރުން ކަނޑަ އަޅާފައިވާ އަގު ތަކަށް ވުރެ ބޮޑު […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ކުރިނބީ ބޮޑު މިސްކިތް އޭސީކޮށް، އިއާދަކުރަނިވި ހަކަތަ އަށް ބަދަލުކޮށްލުމުގެ މަސައްކަތް ފަށައިފި ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މަސްޖިދުލް އީސާކަލޭފާނުގައި އެސީ ހަރުކޮށް، އިއާދަކުރަނިވި ހަކަތައިން ބޭނުންކުރާ މިސްކިތަކަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން އެ މިސްކިތުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަނީ، އެ ރަށު ކައުންސިލުން އިސްނަގައިގެންނެވެ. މިގޮތުން އެ މިސްކިތުގައި 24000 (ސައުވީސް ހާސް) ބީޓީޔޫގެ 12 އޭސީ ހަރުކުރުމަށް ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އިއުލާން ވެސް […... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން