މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މުލިއާގޭގައި

ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މުލިއާގޭގައި

މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ އީދު ސަލާމް ކުރެއްވުމުން މުލިއާގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. ރައީސް އޮފީހުން ބުނީ، އީދު ސަލާމް ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް ކަމަށެވެ. އީދު ސަލާމް ކުރެއްވުމުގައި ބައިވެރިވުމަށް ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި ކުންފުނިތަކާއި އަމިއްލަ އެކި ޖަމިއްޔާތަކުގެ މަންދޫބުން...

މުޙައްމަދު
އަލް ނަސްރަށް އުނދަގޫ މޮޅެއް، އަލް ހިލާލުން ފަސްބެލުމެއްނެތި ކުރިއަށް

އަލް ނަސްރަށް އުނދަގޫ މޮޅެއް، އަލް ހިލާލުން ފަސްބެލުމެއްނެތި ކުރިއަށް

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި ދަމަކް ބައްދަލުކުރި މެޗުން އަލް ނަސްރަށް އުނދަގޫ މޮޅެއް ހޯދުނުއިރު، އަލް ހިލާލުން ފަސޭހަކަމާއިއެކު ޚަލީޖް ކުލަބް ބަލިކޮށްފިއެވެ. ރަށުން ބޭރުގައި ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ނަސްރުން މި މެޗު ފެށީ އެ ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ އެގާރާގައި ނުހިމަނައެވެ. ނަމަވެސް ދެވަނަ ހާފުގެ ވަކި ހިސާބަކުން އޭނާ ވަނީ ކުޅެން ނުކުމެފައެވެ. މި […]

އިބްރާހިމް ޚަލީލް
ކުއްޖާއަށް އަނިޔާކުރި މައްސަލަ ބަލަން ޚާއްސަ ޓީމެއް ރަސްދޫއަށް

ކުއްޖާއަށް އަނިޔާކުރި މައްސަލަ ބަލަން ޚާއްސަ ޓީމެއް ރަސްދޫއަށް

އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ރޭ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އެކުލެވޭ ޓީމެއް އެރަށަށް ހިނގައްޖެއެވެ. ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވެފައި ވަނީ އެ މައްސަލައާއި ގުޅިގެން ފުލުހުންނާއި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ ޓީމެއް އެ ރަށަށް ގޮސްފައި ވާކަމަށެވެ. ރަސްދޫގައި މިކަން ހިނގާފައި ވަނީ  ރޭ ތަރާވިސް ނަމާދު ގަޑީގަ އެވެ. […]

ޔުމްނާ ޢަލީ
ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި

ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހިލާލީގެއަށް ބަދަލުވެވަޑައިގެންފިއެވެ. މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ނައިބު ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ އެޕާޓްމަންޓެއްގައެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އިރުގައި ދިރިއުޅުއްވި އެޕާ...

މުޙައްމަދު
ލިވަޕޫލް އެއްވަނައަށް

ލިވަޕޫލް އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 3-1 ގެ ނަތީޖާއިން ޝެފީލްޑް ބަލިކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި ޖަހައިދިނީ ޑާވިން ނުނޭޒްއެވެ. މެޗުގެ 58 ވަނަ މިނެޓުގައި ލިވަޕޫލްގެ ކޯނޯ ބްރެޑްލީ އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު ނަތީޖާ ހަމަހަމަވިއެވެ. މެޗުގައި ލިވަޕޫލަށް […]

އިބްރާހިމް ޚަލީލް
ޝަހީމް އަލުން އިމާމްވެ ނަމާދު ކުރައްވަން ފައްޓަވަނީ

ޝަހީމް އަލުން އިމާމްވެ ނަމާދު ކުރައްވަން ފައްޓަވަނީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަލުން އިމާމްވެ ނަމާދު ކުރައްވަން ފައްޓަވަން ނިންމަވައިފިއެވެ. ޝަހީމް މިދިޔަ މަހުގެ ތެރޭގައި އިމާމްވެ ނަމާދު ކުރެއްވުން މެދުކަނޑާލެއްވީ ގިނައިރު ކޮޅަށް ނުހުރެވޭތީ އަވަސް އޮޕަރޭޝަނެއް ކުރަން ޖެހިގެންނެވެ. އިސްލާމިކް މިނިސްޓްރީން “އެކްސް” ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޝަހީމް މިރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރައްވާނެ ކަމަށެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިރޭ […]

މުޙައްމަދު
ފަހުވަގުތު ދެ ލަނޑުޖަހައި ޗެލްސީން ޔުނައިޓެޑް ބަލިކޮށްފި

ފަހުވަގުތު ދެ ލަނޑުޖަހައި ޗެލްސީން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުން، ޔުނައިޓެޑް މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ތެރޭ ދެ ލަނޑުޖަހައި ޗެލްސީން ޔުނައިޓެޑް ބަލިކޮށްފިއެވެ. ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 4-3 ގެ ނަތީޖާއިންނެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
މާލޭގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލައިފި

މާލޭގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލައިފި

މާލޭގެ މަގުމަތީގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހުގައި ރޭ ފިލައިފިއެވެ. ފުލުހުން މިއަދު ބުނީ ޒަހަމްވެފައި ވަނީ 48 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި އެމީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެކަން ހިނގާފައި ވަނީ އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި އަންހެނަކަށެވެ. ސައިކަލުގައި ތިބި މީހުން މަޑުނުކޮށް ފިލާފައިވާތީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މާލޭގެ މަގުތަކުގައި […]

މުޙައްމަދު
މޯލްޑިވިއަނުން ކޫއްޑުއާއި އައްޑުއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

މޯލްޑިވިއަނުން ކޫއްޑުއާއި އައްޑުއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ގދ. ކޫއްޑޫ އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ފަށަން ޤައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފިއެވެ. މޯލްޑިވިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދެ ސަރަހައްދުގައި އެ ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ އިތުރަށް ވިޔަފާރީގެ ގުޅުންތައް އިތުރުވާނެ ކަމަށެވެެ. އަދި ދެކުނު ސަރަހައްދުގެ ތަރައްގީއަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި...

އަޙްމަދު ވަހީދު
ބީއެމްއެލުން ހިއްސާއަަކަށް 50 ރުފިޔާ ބަހަން ހުށަހަޅައިފި

ބީއެމްއެލުން ހިއްސާއަަކަށް 50 ރުފިޔާ ބަހަން ހުށަހަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 50 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ. ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރަކީ އެ ބޭންކަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދުނު އަހަރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ބީއެމްއެލްގެ ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބުންޏެވެ. […]

އަޙްމަދު ވަހީދު
އާސެނަލް އެއްވަނައަށް، ފޮޑެންގެ ހެޓްރިކުން ސިޓީއަށް ފުރިހަމަ މޮޅެއް

އާސެނަލް އެއްވަނައަށް، ފޮޑެންގެ ހެޓްރިކުން ސިޓީއަށް ފުރިހަމަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެލަންއާއި ލޫޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލިއިރު، ފޮޑެންގެ ހެޓްރިކުން އެސްޓަންވިލާ އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. އާސެނަލްގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ހަވާޓްޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ކެޕްޓަން އޮޑެގާޑެވެ. އާސެނަލްގެ ދެވަނަ ލަނޑަކީ 44 ވަނަ މިނެޓުގައި ލޫޓަންގެ ޑައިކީގެ އަތުން […]

އިބްރާހިމް ޚަލީލް
119 ކިލޯ ޑްރަގް މައްސަލާގައި އެންމެންނަށް ކުށް ސާބިތުވާނެ ހެކި ހޯދިން: ޕޮލިސް

119 ކިލޯ ޑްރަގް މައްސަލާގައި އެންމެންނަށް ކުށް ސާބިތުވާނެ ހެކި ހޯދިން: ޕޮލިސް

ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލާގައި ތުހުމަތު ކުރެވުނު ގިނަ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމިޔަސް, އެ މައްސަލާގައި އެންމެންގެ މައްޗަށް ކުށް ސާބިތުވާނެ ހެކި ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ޑިސެމްބަރު, 2021 ގައި ރާއްޖެ އަށް 119 ކިލޯ ޑްރަގް އެތެރެ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރީ ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރާއި ގދ. ހޯނޑެއްދޫ އިރުމަތީގެ އަހުމަދު ސުނައިނު އަދި އެ […]

ހުސައިން ހަބީބް
އެމްބާޕޭގެ ގޯލުން މޮޅުވެ ޕީއެސްޖީ ފައިނަލަށް

އެމްބާޕޭގެ ގޯލުން މޮޅުވެ ޕީއެސްޖީ ފައިނަލަށް

ފްރެންޗް ކަޕް ފައިނަލުން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ޖާގަ ހޯދައިފިއެވެ. ފްރެންޗް ކަޕް ސެމީ ފައިނަލުގައި ރޭ ޕީއެސްޖީއާއި ރެނެސް ބައްދަލުކުރި މެޗު، ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ފައިނަލުގައި ޕީއެސްޖީ ބައްދަލު ކުރަން ޖެހޭނީ ލިޔޯންއާއެވެ. ލިޔޯން ވަނީ ސެމީ ފައިނަލުގައި 3-0 ގެ ނަތީޖާއިން ވެލެންސިއެންސް ބަލިކޮށްފައެވެ. ރޭ މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. މެޗުގެ 40 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 4،499،433ރ. ލިބިއްޖެއެވެ. މޯލްޑިވްސް ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރޯދަ މަހުގެ އެންމެ ގިނަ ބަޔަކު ޒަކާތުގެ ގޮތުގައި ފައިސާ ދައްކާފައި ވަނީ އާދައިގެ ހަނޑުލަށެވެ. އާދައިގެ ހަނޑުލަށް 63،389 މީހުން ޖުމްލަ 760،668ރ. ދައްކާފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު ޒަކާތް ދެއްކީ ތައިލެންޑް ހުދު ހަނޑުލަށެވެ. ތައިލެންޑް ހުދު ހަނޑުލަށް 3،028 މީހުން 211،960ރ. […]

މުޙައްމަދު
މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނެގި މީހާ އަތުލައިގެންފި

މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނެގި މީހާ އަތުލައިގެންފި

މާލޭގެ ބައެއް މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނެގި މީހާ އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ މިސްކިތްތަކުން ފަންކާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާއަކީ މިސްކިތްތަކުން ފެން މޯޓަރެއް ވަގަށް ނެގިކަމުގެ ތުހުމަތު ވެސް ކުރެވޭ މީހާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހު އެ މީހާ ހައްޔަރު ކުރީ ވަގަށް ނަގާފައިވާ ކަމަށް […]

މުޙައްމަދު