ވިޔަފާރި އެމްޕީއެލުން ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފި އެމްޕީއެލް އިން ބޯޓުފަހަރުން ނަގާ ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފިއެވެ. ސްޓީވްޑޯރިން ފީ އަކީ ވިޔަފާރި ބަނދަރުތަކުން ބޯޓުފަހަރުތަކުން، ކޮންޓެއިނާތައް އެރުވުމަށާއި ބޭލުމަށް އެ ބޯޓުތަކުގެ އޭޖެންޓުންގެ އަތުން ނަގާ ފީ އެކެވެ. މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ފީ ޑޮލަރުން ނަގަން ފަށާފައިވާއިރު 20 ފޫޓުގެ ކޮންޓެއިނާއަކުން ސްޓީވްޑޯރިން ފީގެ ގޮތުގައި ނަގަނީ 195 ޑޮލަރެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކުން ނަގަނީ 211 ޑޮލަރެވެ. މިއީ މީގެ 12 […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ވިޔަފާރި މި މަހު އުރީދޫ އަތޮޅު ދުވުމުގެ އިނާމަކީ އިންސްޓަ 360 ކެމެރާއެއް އުރީދޫއިން ތައާރަފުކޮށްފައިވާ “އަތޮޅު ދުވުން” ގޭމުގެ މި މަހުގެ އިނާމެއް ގޮތުގައި އިންސްޓަ 360 ކެމެރާއެއް ހުށަހަޅައިފިއެވެ. ކި އިނާމު ލިބޭނީ އަތޮޅު ދުވުން ގޭމުގައި މި މަހުގެ ލީޑާ ބޯޑުން އެއްވަނަ އަށް ދާ ކުޅުންތެރިއަކަށެވެ. މިއީ އުރީދޫން ސީގިއާ އާ ގުޅިގެން ހުށަހެޅި އިނާމެކެވެ. އަތޮޅު ދުވުމުގެ މި މަހުގެ ލެވަލްގައި ހިމަނާފައި ވަނީ ބ. އޭދަފުއްޓެވެ. “އަތޮޅު ދުވުން” ގޭމަކީ “އެންޑްލެސް ރަނާ” ޖޯންރާއަށް ތައްޔާރުކޮށްފައިވާ ފުރަތަމަ ދިވެހި ގޭމެވެ. މި ގޭމުގައި […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ މާލޭގައި އިހުސާސްކުރެވޭ ހޫނުމިން 46 ޑިގްރީއަށް އަރައި ރިކޯޑެއް މާލެ ސަރަހައްދުގައި އިހުސާސް ކުރެވުނު ހޫނުމިން 46 ޑިގްރީ ސެލްސިއަސް އަށް އަރައި ރިކޯޑެއް ހަދައިފިއެވެ. މިއީ ރާއްޖޭގައި އިހްސާސް ކުރެވޭ ހޫނު މިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ މަހުގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަސްތަކުގައި އެވްރެޖުކޮށް ހުރީ 44-45 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ. މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްވަރު ވެސް މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 45 ޑިގްރީގައެވެ. އެހެންކަމުން، މިއީ ރާއްޖޭގައި އިހްސާސް ކުރެވޭ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޤައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް: ރައީސް މި ސަރުކާރުން ޤައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރޭ ހުޅުމާލޭގެ ހިޔާ ސަރަހައްދުގެ ހިޔާ ސަރަހައްދުގައި ކުރިއަށް ދިޔަ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއަކީ ރައްޔިތުންނަށް ފައިދާ ކުރާނެ އެޖެންޑާއެއް ކަމަށް ވިދާޅުވެފަވެއެވެ. އަދި އިޤްތިޞާދު މެނޭޖް ކުރެއްވުމުގައި އިސްކަން ދެއްވާނީ ރައްޔިތުންނަށް ހެވާއި ލާބަޔަށް ވިދާޅުވިއެވެ. ކުރީ ސަރުކާރުން އެކަނިވެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ވަގަށް ބިލެތް ކަނޑަން ތިބި 2 މީހަކު ހައްޔަރުކޮށްފި މާލޭގެ ގެއަކުން ވަގަށް ބިލެތް ކަނޑަން ތިބި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، މ. ހަވާއީގައި އޮތް ބިލެތް ޅޮހަކުން ވަގަށް ބިލެތް ކަނޑަން ތިއްބައި ދެ މީހަކު އަތުލައިގަތީ ހެނދުނު 8:00 ހާއިރު ކަމަށެވެ. އެމީހުން ވަގަށް ގެންދަން އުޅުނު ދެ ބަސްތާ ބިލެތް އެ ތަނުން ފެނިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 43 އަހަރުގެ މީހަކާއި 63 އަހަރުގެ މީހެކެވެ. މި […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ހާއްސަ އެހީއަށް ބޭނުންވާ ދިވެއްސަކު ގެއްލިގެން ހޯދަނީ ހާއްސަ އެހީއަށް ބޭނުންވާ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަނީ އުމުރުން 74 އަހަރުގެ، އަބްދުﷲ ހަނީފެވެ. ހަނީފަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓެއްގައި ދިރިއުޅޭ ދިވެއްސެކެވެ. ހަނީފް ގެއްލިފައިވަނީ ރޭ ފަތިހު ފަތިސް ނަމާދަށް ދިއުމަށް ފަހު އަނބުރާ ގެއަށް ނައުމުންނެވެ. ހަނީފް ދިރިއުޅެނީ އޭނާގެ ދަރިއަކާއެކުގައި ހިޔާ ޓަވަރުގެ ފްލެޓެއްގައެވެ. ހަނީފް ބެލުމަށް ބިދޭސީއަކު ވެސް އެ ގޭގައި ހުރެއެވެ. ހަނީފް ފެނިއްޖެނަމަ ފުލުހަށް ނުވަތަށް 7892804 / 7741009 / […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އެމްޑީޕީން 5.6 މިލިއަން ރުފިޔާ ނުދައްކައިގެން މޯލްޑިވިއަނުން ސިވިލް ކޯޓަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީން މޯލްޑިވިއަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެ ޕާޓީއާ ދެކޮޅަށް އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މޯލްޑިވިއަނުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އިއްޔެއެވެ. އެކަމަކު، އެ މައްސަލަ އަދި ބަލައިގަތް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ. މޯލްޑިވިއަނުން އެމްޑީޕީ އަށް ސިޓީގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅާއި އޮކްޓޯބަރު މަހުގެ ކުރީކޮޅުގައި […] މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންޖެހޭ 2 ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައު އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ 12:00 ގެ ކުރިން companysecretary@mtcc.com.mv އަށް އީމެއިލް ކުރަންޖެހޭނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާ ފަރާތްތައް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޓިން އެންޑް ރެމިއުނެރޭޝަން ކޮމެޓީއިން އިވެލުއޭޓް ކުރާ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ފުލުހެއްގެ ގައިގައި ޖެހުނު ކާރުގެ ޑްރައިވަރު ކޯޓުން ދޫކޮށްލައިފި ޓެކްސީއަކުން ޓްރެފިކް ފުލުހެއްގެ ގައިގައި ޖެހުނު މައްސަލައަށް ބަލާގައި އެ ޓެކްސީ ޑްރައިވަރު ގަވައިދާ ހިލާފުވި ކަމަށް ނުބެލެވޭތީ އެ މީހާ ކަމަށް ކޯޓުން ދޫކޮށްލައިފި އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ހިނގި އެ އެކްސިޑެންޓުގައި ޓެކްސީ ގޮސް ޖެހުނީ މަގުގެ މެދުގައި ހުރި ފުލުހެއްގެ ގައިގަ އެވެ. ޖެހުމާ އެކު އޭނާ ވިއްސައިގެން ގޮސް ވެއްޓޭ މަންޒަރު ވީޑިއޯއަކުން ފެނެ އެވެ. އެ މައްސަލާގައި ޖެހުމާއި ޖަހާފާނެކަމުގެ ބިރު ދެއްކުމާއި އެހެނިހެން ބިރު ދެއްކުމުގެ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ދަމު ނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށް ނަގައިފި މާލޭގެ މިސްކިތެއްގައި ރޭ ދަމު ނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށް ނަގައިފިއެވެ. ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު ވިދާޅުވީ، ސަލާހުއްދީން މިސްކިތުގައި ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓުގައި އޮތް 700ރ. ވަގަށް ނެގި މައްސަލައެއްގައި އުމުރުން 36 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ރޭ މެންދަމު ތިނެއް ޖަހާކަންހާއިރެވެ. އަދި އެ ދެ މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް ފުއްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގައި، އެ އެކްސިޑެންޓްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރޭ 23:43 ހާއިރު އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ، ޒިބްރާ ކްރޮސް ޕޯސްޓްގެ ދަނޑީގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސްކަމ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް އީސީގެ މެމްބަރު ކަމަށް ހަސަން އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލިހުގައި މިއަދު ނެގި ވޯޓުގައި ހަސަންގެ ނަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެމްބަރުންގެ އިއްތިފާގުންނެވެ. އީސީގެ މެމްބަރު ކަން ހުސްވީ އެ ކޮމިޝަންގައި ހުންނެވި ނައިބު ރައީސް އިސްމާއިލް ހަބީބުގެ ފަސް އަހަރުގެ ދައުރު މިދިޔަ މާޗް މަހު 13 އަށް ހަމަވުމާ ގުޅިގެންނެވެ. އެ މަގާމަށް […] މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި އެމް-ފައިސާއިން އެކި ގައުމުތަކަށް ފައިސާ ފޮނުވޭނެ ގޮތް ފަށައިފި އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ފައިސާ ފޮނުވޭނެ ހިދުމަތް ތައާރަފުކޮށްފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މިއީ، އުރީދޫގެ އެމް-ފައިސާއިން މަނީގްރާމް އިންޓަނޭޝަނަލްއާ އެކު ހެދި ޕާޓްނަޝިޕުގެ ދަށުން ތައާރަފް ކުރި ހިދުމަތެކެވެ. މަނީގްރާމް އިންޓަނޭޝަނަލް އަކީ ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ. އެމްފައިސާއަށް ތައާރަފްކުރި މި ހިދުމަތުގެ ދަށުން ބެންކު އެކައުންޓާއި މޮބައިލް ވޮލެޓަށް ފައިސާ ފޮނުވޭނެއެވެ. އަދި މަނީގްރާމްގެ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ސަން ކުންފުނިން އަމާންދީ, ހިލްޓަނަށް 480 މިލިއަން ދައްކައިފި ސަން ޓްރެވަލްސް ކުންފުންޏާއި ރާއްޖެއިން ބޭރުގެ ހިލްޓަން ކުންފުންޏާ ދެމެދު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް ސަން ކުންފުނިން އެންމެ ފަހުން އަމާންދީ, 31 މިލިއަން ޑޮލަރު (480 މިލިއަން ގިނަ ރުފިޔާ) ހިލްޓަނަށް ދައްކައިފި އެވެ. އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަސު ސިޔާމް މުހައްމަދުގެ ސަން ކުންފުނިން އިރުފުށި ހިންގުމުގެ މެނޭޖްމަންޓް އެއްބަސްވުން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ 24 […] ހުސައިން ހަބީބް · 2 އަހަރު ކުރިން
މަޖިލިސް މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދޭން މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެދިވަޑައިގެންފިއެވެ. ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވުމަށް ނަޝީދު މިދިޔަ ޖެނުއަރީ މަހު ގާނާ އަށް ވަނީ ދިރިއުޅުން ބަދަލު ކުރައްވައިފައެވެ. ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ގުޅޭ... މުޙައްމަދު · 2 އަހަރު ކުރިން