ވިޔަފާރި ކުޅުދުއްފުށީގެ ކަރަންޓު ބިލްތަކުން 50 އިންސައްތަ ޑިސްކައުންޓް ކުޅުދުއްފުށި ސިޓީގައި މި ރޯދަމަހު ކަރަންޓުގެ މައްސަލަ ބޮޑުވުމުން މި މަހު އެ ރަށުގެ ހުރިހާ ކަރަންޓު ބިލަކަށް 50 އިންސައްތަ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ. ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޅުދުއްފުށީގައި މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި މި ރޯދަމަހު ގިނަ ގޮންޖެހުންތަކެއް އާންމުންނަށް ކުރިމަތިވުމުން އެ ކުންފުނިން އެކަމަށް މާފަށް އެދޭ ކަމަށެވެ. އަދި ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ހޯރަފުށީގެ ކުޑަކުދިންގެ ރެސިޑެންޝަލް ސެންޓަރަށް މުވައްޒަފުން ހޯދަނީ ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ. ޖުވެނަލް ޖަސްޓިސް ޑިޕާޓްމަންޓުން ކުރި އިއުލާނެއްގައި ވަނީ އެސިސްޓެންޓް ކައުންސެލަރާއި ޕްރޮގްރާމް އޮފިސަރު އަދި ސީނިއާ ޖުވެނަލް ޖަސްޓިސް އޮފިސަރުގެ އިތުރުން މަސައްކަތު މީހުންނާއި ޗައިލްޑް ކެއާ އެޓެންޑުން ބޭނުންވާ ކަމަށެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކު... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ސައުދީން ރާއްޖެ އަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ. ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކޮންމެ ފަހަރަކު ހެން ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެއެވެ. އިސްލާމިކް މިނިސްޓްރީން ރޭ ވަނީ ކަދުރު ބަހާނެ ގަޑިތައް އިއުލާނުކޮށްފައެވެ. ކަދުރު ބަހާނެ ދުވަސްތަކާއި ގަޑިތައް: – އޭޕްރީލް 8-9 އަށް، މެންދުރު 1:00 އިން 3:00 އަށް – އޭޕްރީލް 14-18 އަށް، މެންދުރު 1:00 އިން 3:00 […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މިއަދު ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ: މައުމޫން ދުނިޔޭގެ ބައެއް ހިސާބުތަކަށް މިއަދު ފެންނަ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ފަލަކީ އިލްމުވެރިޔާ، މައުމޫން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހަތަރު މިނެޓް 24 ސިކުންތަށް ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށެވެ. އެއީ އިރު ކޭތަ ހިފަން ފަށަނީ ރާއްޖެ ގަޑިން 20:42 ގައި ކަމަށްވާތީ ކަމުގައި މައުމޫން ވިދާޅުވިއެވެ. މިއަދު ހިފާ އިރުުކޭތަ އެމެރިކާގެ 15 ސްޓޭޓަކަށް ފެންނާނެ ކަމަށްވެއެވެ. އިރު ކޭތަ […] މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު ޔުނައިޓެޑް އަތުން މޮޅުނުވެވި ލިވަޕޫލްގެ އަސްލު މަގާމް ގެއްލިއްޖެ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗުން މޮޅުނުވެވި ލިވަޕޫލަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލިއްޖެއެވެ. ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލަށް އޮތެވެ. ނަމަވެސް ރޭ މެޗު އެއްވަރުވުމުން ލިވަޕޫލް ދެވަނާގައި އޮތީ އެއްވަނާގައި އޮތް އާސެނަލް އާއި އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ކޮލަމާފުށި ބިން ހިއްކަން ތައްޔާރުވެއްޖެ ގއ. ކޮލަމާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މި މަހުގެ ތިން ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 284,145 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 823 މީޓަރުގެ ސަރަހައްދެއްގައި ޑްރެއިނޭޖް ބަޔޯސްވޭލްއެއް ހަދާނެއެވެ. މިއީ 41.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި މި އަހަރުގެ ފިތުރު އީދު ދުވަހުގެ ހަވީރު ފައި މަގުގައި އުޅޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. ކަލެންޑަރުގައިވާ ގޮތުން ނަމަ، މި އަހަރުގެ ފިތުރު އީދު ދުވަސް ދިމާވާނީ އަންނަ ބުދަ ދުވަހުއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ފިތުރު އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުުތުގެ ގޮތުގައި ހަވީރު 4:00 އިން 6:00 އަށް ހަމަޖައްސާފައިވާ ކަމަށެވެ. ފިތުރު އީދު ދުވަހާ ދިމާކޮށް މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން ގިނަ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އަނިޔާ ކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެދުނީ މާފަށް! އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެއެވެ. މިދިޔަ ހުކުރު ދުވަހުގެރޭ ރަސްދޫގައި ކުޑަ ކުއްޖަކަށް އަނިޔާ ކުރުމުގައި ބައިވެރިވީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އަނިޔާ ލިބިފައިވަނީ އއ. މަތިވެރި ކުއްޖަކަށެވެ. ރަސްދޫ އަށް އެ ކުއްޖާ ދިޔައީ އާއިލާ އާ އެކީގައި ޗުއްޓީ ހޭދަކޮށްލުމަށެވެ. އެ ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ އާއިލާގެ މީހަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އުތުރަށް މޫސުން ރަނގަޅު ވާނެ، އެހެން ހިސާބުތަކަށް ފެން އީދެއް! ކުރިއަށް އޮތް ފިތުރު އީދު ދުވަސް ކަމަށް ވަރަށް ބޮޑަށް ޔަގީންވެފައިވާ ބުދަ ދުވަހު، އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅުވި ނަމަވެސް އެހެން ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަންނަ ބުދަ ދުވަހު އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅު ނަމަވެސް މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. […] މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު ކޮޕަ ޑެލް ރޭގެ ޗެމްޕިއަންކަން ބިލްބާއޯ އަށް ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ޗެމްޕިއަންކަން އެތުލެޓިކް ބޮލްބާއޯއިން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗުގައި ރޭ ބައްދަލު ކޮށްފައި ވަނީ ބިލްބާއޯއާއި މަޔޯކާއެވެ. މި މެޗު ފުރިހަމަ ވަގުތުހަމަވި އިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރުވަގުތުގެ ދެހާފް ކުޅެ ނިމުނު އިރުވެސް ނަތީޖާ އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖެހިއިރު، ބިލްބޯއޯއިން ވަނީ 4-2 އިން ޕެނަލްޓީގައި ކުރި ހޯދާ މުބާރާތް ކާމިޔާބު ކޮށްފައެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު ބްރައިޓަން ބަލިކޮށް އާސެނަލް އެއްވަނައަށް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ބަރައިޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ ދެވަނާގައި އޮތް ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އާސެނަލަށް 31 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލުން ވަނީ 30 މެޗުން 70 ޕޮއިންޓް ހޯދާފައެވެ. […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ގިރާވަރުފަޅުން ދޫކޮށްފައިޗާ 1،347 ބިން ގުޅީފަޅަށް ބަދަލުކުރަނީ ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 1،347 ބިން، ގުޅީފަޅަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށެވެ. އެހެންވެ، އެފަދަ ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސްޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނެގެން ނެތް ކަމަށް އެ މިނ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު ޑި ބްރޭނާގެ މޮޅު ކުޅުމާއިއެކު ޕެލަސް އަތުން ސިޓީއަށް މުހިންމު މޮޅެއް ކެވިން ޑިބްރޭނާގެ މޮޅު ކުޅުމާއިއެކު މެންޗެސްޓާ ސިޓީން ކްރިސްޓަލް ޕެލަސް އަތުން މުހިންމު މޮޅެއް ހޯދައިފިއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ވަނީ 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ސިޓީން ވަނީ އެއްވަނާގައި އޮތް ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. ލިވަޕޫލް އެއްވަނާގައި އޮތި 30 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ 70 ޕޮއިންޓް ހަމަކޮށްފައި މިވަނީ ލިވަޕޫލަށްވުރެ އެއް މެޗު އިތުރަށް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ކުއްޖާ އަށް އަނިޔާކުރި މައްސަލަ މަޖިލިހުގެ ކޮމިޓީއަށް އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް ރޭ އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ހުށަހަޅައިފިއެވެ. އެ މައްސަލަ ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލިހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދެވެ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އެކުލެވޭ ޓީމެއް އެރަށަށް މިއަދު ވަނީ ގޮސްފައެވެ. އޭގެ ތެރޭގައި ފުލުހުންނާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ [... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ކޯޓާ އިތުރު ކުރުން ނިންމުން ދައްކުވައި ދިނީ އިންޑިއާއެކު އޮތް އެކުވެރިކަން: ޒަމީރު ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ހިލަ އާއި ހިލަވެލީގެ ކޯޓާ އިންޑިއާއިން އިތުރުކޮށްދިނުމުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުން ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. ޒަމީރު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެ އަށް ލިބޭ ކޯޓާ އިތުރު ކުރަން ނިންމި ނިންމުމުން ދޭހަކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކަމަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް […] މުޙައްމަދު · 2 އަހަރު ކުރިން