ކުޅިވަރު ލިވަޕޫލާއި އާސެނަލް އަށް ނަތީޖާ ނުނެރެވުމުން ޗެމްޕިއަނުން އެއްވަނައަށް އިނގިރޭސި ޕްރިމިއާ ލީގުގެ ރޭ ލިވަޕޫލާއި އާސެނަލް ކުޅުން މެޗުތަކުން މޮޅެއް ނުލިބުމުން ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ޕޮއިންޓް ތާވަލުގެ އެންމެ ކުރީއޮތް މި ތިން ޓީމްގެ ތެރެއިން ރޭ ލީގުގައި ކުޅުން މެޗުން މޮޅުވެގެން އާސެނަލަށް އަދި ލިވަޕޫލަށް ވެސް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. މެންޗެސްޓާ ސިޓީން ވަނީ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-1 ގެ ނަތީޖާއިން ލޫޓަން ބަލިކޮށް 32 މެޗުން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ ކައުންސިލުން އެންޓި ކެމްޕެއިންކޮށް، ނުފޫޒު ފޯރުވާ: ޕީޕީއެމް/ޕީއެންސީ އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ހޯރަފުށި ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓު އަލީ މޫސާ އަށް އެންޓި ކެމްޕެއިންކޮށް، ނުފޫޒު ފޯރުވަމުންދާ ކަމުގައި ޕީޕީއެމް/ޕީއެންސް އިން ބުނެފިއެވެ. ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޖިލިހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހޯރަފުީ ކައުންސިލުން ހިންގަމުންދާ ކަންތައްތައް ކުށްވެރި ކުރާ ކަމަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލުން ކޯލިޝަންގެ ކެންޑިޑޭޓަށް އެންޓި... މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން 50 އަހަރަށް ބިން ދޫކުރަނީ ހަނިމާދޫގައި ލޯކަލް ޓްއަރިޒަމް އިތުރަށް ފުޅާކުރުމުގެ ގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން ދޫކުރަން ނިންމާފައި ވަނީ 5000 (ފަސްހާސް) އަކަފޫޓުގެ 14 ބިމެކެވެ. މި ބިންތައް ދޫކުރަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. މި ބިންތަކުގެ ތެރެއިން އަށް ބިމެއް ދޫކުރަން ނިންމާފައި ވަނީ އެ ރަށުގެ އުތުރުކޮޅުގައި މިހާރު ހިންގަމުން އަންނަ ސިޓީ ހޮޓަލުގެ އުތުރުން ހުސްކޮށް އޮތް ސަރަހައްދުންނެވެ. ރަށުގެ ދެކުނު... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު މެޗަކުން ބަލިނުވެ ލެވަކޫސަން އިން ފުރަތަމަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކޮށްފި އެއްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ބަޔާން ލެވަކޫސަން އިން ކާމިޔާބު ކޮށްފިއެވެ. ލެވަކޫސަން އިން ޗެމްޕިއަންކަން ކަށަވަރު ކޮށްފައި މި ވަނީ ރޭ ލީގުގައި ވާޑާ ބްރެމެންއާއި ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ. ލީގުގައި މިހާތަނަށް ބަޔާން ކުޅެފައިވާ 29 މެޗުން ވެސް އެ ޓީމް ބަލިވެފައި ނުވެއެވެ. ބާކީ ފަސް މެޗު އޮއްވައި ލެވަކޫސަން އިން ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމްގެ ތާރީހުގައި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ވެހިކަލް ގަންނަން މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް ބަލަނީ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް އިން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ބުނީ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނިން ވެހިކަލް ގެނެސްދިނުމުގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް އެ އިދާރާއަށް މި މަހު ހުށަހަޅާފައިވާ ކަމަށެވެ. އެކަމުގައި އިތުރު ބަޔަކަށް ގެއްލުން ލިބިފައިވޭތޯ ބަލަން އިއުލާނުކޮށް، އޭގެ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެ، މާލެ އަދި ގެމަނަފުއްޓަށް ރާއްޖެއަށް އިއްޔެ ކުރި ވިއްސާރާއިގައި މާލެ އާއި ހުޅުލެ އަދި ގއ. ގެމަނަފުއްޓަށް 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް މޯލްޑިވްސް މީޓިއަރޮލޮޖީ ސާވިސް އިން ހާމަކޮށްފިއެވެ. މެޓް އޮފީހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އިން ވާރޭ ވެހުނީ ހުޅުލެއަށެވެ. ހުޅުލެއަށް 108.4 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެވަނަ އަށް އެންމެ ގިނައިން ވެހުނީ މާލެއަށެވެ. މާލެއަށް 103.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އަދި […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޓެކުހުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭނެ ގޮތް ހަދާނަން: ރައީސް ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ ޓެކްސްތަކުން ބައެއް ކައުންސިލްތަކަށް ޖަމާވާ ގޮތަށް ގާނޫނު އިސްލާހު ކުރެއްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ފ. ފީއަލީ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މިހާތަނަށް ކުރެއްވި ދަތުރުފުޅުގައި 168 ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލު ކުރެއްވުނު އިރު، އެތަންތަން ބާރުވެރި ކުރުވަން ޖެހޭ ކަން އެ ބައްދަލ... މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު ބާސާއާއި ރެއާލް މޮޅުވިއިރު ޖިރޯނާ ބަލިވެއްޖެ ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ ކުރީގައި އުޅޭ ތިން ޓީމްގެ ތެރެއިން ބާސެލޯނާއާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތައް ކާމިޔާބުކުރި އިރު ޖިރޯނާ ބަލިވެއްޖެއެވެ. ރަށުން ބޭރުގައި ރޭ ރެއާލް ނުކުމެފައި ވަނީ މަޔޯކާއާއި ދެކޮޅަށެވެ. މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ ޗުއަމެނީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ މަޔޯކާގެ އޭރިއާ ބޭރުގައި ހުރެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ސޮނޭވާ ސީކްރެޓް" ހދ.އަތޮޅުގައި ހުޅުވި ދެވަނަ ރިސޯޓް ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބައިގަރުނަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައި ވީނަމަވެސް، އެ މުއްދަތުގައި އެކަށީގެންވާވަރާއި ގާތަށް ވެސް ފަތުރުވެރިކަން ކުރިއަރުވަން އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައިނުވާ ހދ.އަތޮޅުގައި ދެވަނަ ރިސޯޓެއް ހުޅުވައިފިއެވެ. ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ލަގްޒަރީ ރިސޯޓު ހިންގުމުގައި މަޝްހޫރު ސޮނޭވާއިން ހދ.މަކުނުދޫ ފަޅުތެރޭ ތަރައްގީކޮށްފައިވާ “ސޮނޭވާ ސީކްރެޓް ރިސޯޓް” ހުޅުވާފައިވަނީ 14 ބީޗް އަދި ވޯޓާ ވިލާއާއި އެކުއެވެ. އެ ރިސޯޓުގައި ހަ ވައްތަރެއްގެ ވިލާ ހަދ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް ނިލަންދޫ ހަދައިދޭނަން: ރައީސް ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް އެ އަތޮޅުގެ ވެރިރަށް ނިލަންދޫ ހައްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު އެމަނިކުފާނު ފ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ނިލަންދޫއަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާގޮތަކަށް ކަންކަން ކުރުމެވެ. އެގޮތުން މި ސަރުކާރ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރަން 282 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފިއެވެ. މިއަދު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، އިންފްރަސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމް މުހައްމަދުއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ހިތަދޫ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ މަޖިލިސް އިންތިހާބާ ގުޅޭ 41 މައްސަލައެއް އީސީ އަށް ހުށަހަޅައިފި މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅޭ 41 މައްސަލައެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ. އެ ކޮމިޝަނުން ބުނީ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގެ ތެރެއިން 38 މައްސަލައެއް ބަލަން ނިންމައި ހަތަރު މައްސަލައެއް މިހާރު ވެސް ބަލަން ފަށާފައިވާ ކަމަށެވެ. އީސީ އަށް އެންމެ ގިނަ ހުށަހެޅީ ވޯޓުލުމުގެ ހައްގާ ގުޅޭ މައްސަލަތަކެވެ. އެގޮތުން 26 މައްސަލައެއް ކޮމިޝަނަށް ހުށަހެޅިއެވެ. އޭގެއިތުރން ކެމްޕެއިން ކުރުމާ ގުޅޭ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޔާމީންގެ މައްސަލަ ލަސްވާތީ އަސްލަމް ޖޭއެސްސީ އަށް ހުށަހަޅަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ. އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭން ޖެހޭ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އިންޑިއާ ސިފައިންގެ ދެ ވަނަ ބެޗު ރާއްޖެ އިން ފައިބައިފި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ދެ ވަނަ ބެޗު، ރާއްޖެ އިން ފައިބާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ހިތަދު އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު އެ ބެޗްގެ ސިފައިން ރާއްޖެ އިން ފައިބާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މާލެއާއި އެއްފެންވަރަށް އައްޑޫ ތަރައްޤީކޮށްދޭނަން: ރައީސް އައްޑޫ ސިޓީގެ ރައްޔިތުންނަކީ ތަރައްޤީގެ އުންމީދުގައި ދެބަ ދޭތެރޭ ތިބޭ ބަޔަކަށް ވާން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި، މާލެއާއި އެއްފެންވަރަށް އެ ސިޓީ ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިމަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރު ހިންގާ އިއްތިހާދަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އައްޑޫ ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ރޭގެ ވާހަކަފުޅުގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން