މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އަންޑަމަން އައިލޭންޑްސް ކައިރިއަށް 5.1 މެގްނިޓިއުޑްގެ ބިންހެލުމެއް

އަންޑަމަން އައިލޭންޑްސް ކައިރިއަށް 5.1 މެގްނިޓިއުޑްގެ ބިންހެލުމެއް

އަންޑަމަން އައިލޭންޑްސް ކައިރިއަށް 5.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ބުނެފިއެވެ. އަންޑަމަން އައިލޭންޑްސް އިންޑިއަން ރިޖަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ ހދ. ހަނިމާދޫ އާއި 2250 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ.

ޔުމްނާ ޢަލީ
އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރައްވައިފި

އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރައްވައިފި

ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގަންނަވާ މެމްބަރުން ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ރައްޔިތުން މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސް އެ ބިލް ތަސްދީގުކުރެއްވުމާ އެކު އެ ގާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އެ ބިލަކީ މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ...

މުޙައްމަދު
މާވަށު ބިން ހިއްކަން ތައްޔާރުވެއްޖެ

މާވަށު ބިން ހިއްކަން ތައްޔާރުވެއްޖެ

ލ. މާވަށު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ސައިޓް މޮބިލައިޒް ކޮށްފައެވެ. އެގޮތުން ސައިޓް މޮބިލައިޒް ކުރީ، މި މަހުގެ 16 ވަނަ ދުވަހުއެވެ. ސައިޓް މޮބިލައިޒް ކުރުމަށްފަހު ދެން ކުރިއަށްދާނީ ބިން ހިއްކުމުގެ އަމަލީ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން، […]

އަޙްމަދު ވަހީދު
އެވަޓަން ކޮޅަށް ޖެހި ހަތަރު ލަނޑާއިއެކު، ޕާމާ ލަނޑު ލިސްޓްގެ އެންމެ ކުރިއަށް

އެވަޓަން ކޮޅަށް ޖެހި ހަތަރު ލަނޑާއިއެކު، ޕާމާ ލަނޑު ލިސްޓްގެ އެންމެ ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އެވަޓަން ބައްދަލުކުރި މެޗުގައި، ޗެލްސީގެ ޒުވާން މިޑްފީލްޑަރ ކޯލް ޕާމާ ޖެހި ހަތަރު ލަނޑާއިއެކު ލީގުގެ ލަނޑު ލިސްޓްގެ އެންމެ ކުރިއަށް އޭނާ ޖެހިލައިފިއެވެ. ރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މެންޗެސްޓާ ސިޓީ ދޫކޮށް ޗެލްސީއަށް ބަދަލުވި އުމުރުން 21 އަހަރުގެ ޕާމާ، މި ސީޒަންގައި އަންނަނީ މޮޅަށް ކުޅެމުންނެވެ. […]

އިބްރާހިމް ޚަލީލް
ދިއްދޫގެ ކަނބަލުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ދިއްދޫގެ ކަނބަލުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހއ.ދިއްދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން، މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަކަށް ބާއްވާ އަންހެނުންގެ ފުރަތަމަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. އަންނަ މެއި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވުމާއި އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ރޫހު ދިރުވައި އާލާކުރުމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ދިއްދޫގެ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ...

އިބްރާހިމް ޚަލީލް
ނ. ރ. އަދި ބ. ގައި އާރުޓީއެލްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ

ނ. ރ. އަދި ބ. ގައި އާރުޓީއެލްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ

މުޅި ރާއްޖެ ހައި ސްޕީޑް ފެރީން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރުޓީއެލް ފެރީގެ ހިދުމަތް ނ. އާއި ރ. އަދި ބ. އަތޮޅުގައި ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ. އާރުޓީއެލްގެ ހިދުމަތް އިތުރު ތިން އަތޮޅަކަށް ފުޅާކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ މަރިޔަމް ޝަހާނާއެވެ. އަދި އެމްޓީސީސިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސިއީއޯ އަބްދުﷲ ޒިޔާދުއެވެ. މިހާރު އާރުޓީއެލް ހި...

އަޙްމަދު ވަހީދު
މ. އަތޮޅާއި މާލެއާ ދެމެދު ހައި ސްޕީޑު ފެރީގެ ހިދުމަތް ފަށަނީ

މ. އަތޮޅާއި މާލެއާ ދެމެދު ހައި ސްޕީޑު ފެރީގެ ހިދުމަތް ފަށަނީ

މ. އަތޮޅާއި މާލެއާ ދެމެދު ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މީރުމާ އިވެންޓް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މި ދަތުރުތައް ފެށުމަށް އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. މި ދަތުރުތައް މިހާރު އެމްޓީސީސީން ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ބުރާސްފަތި އަދި ހޮނިހިރު ދުވަހު...

އަޙްމަދު ވަހީދު
ކުޅުދުއްފުށީގައި ދިމާވި ކަރަންޓްގެ މައްސަލަ ހައްލުކޮށްފި

ކުޅުދުއްފުށީގައި ދިމާވި ކަރަންޓްގެ މައްސަލަ ހައްލުކޮށްފި

ކުޅުދުއްފުށި ސިޓީގެ އިންޖީނުގޭގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލްމޮޑިއުލް އެނދުމާއި ގުޅިގެން، މުޅި އެ ސިޓީން ކަރަންޓް ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓް ދީފިއެވެ. ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމާއި ގުޅިގެން އެ ސިޓީން ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު ހެނދުނު 9:15 ގައެވެ. މި މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓް ދެވޭނެކަމަށް ފުރަތަމަ ފެނަކައިން ލަފާކުރީ މިއަދު ހަވީރު 18:00 ގައެވެ. ނަމަވެސް މައްސަލަ […]

އިބްރާހިމް ޚަލީލް
ސްޓެލްކޯގެ އެހީއާއެކު، ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފި

ސްޓެލްކޯގެ އެހީއާއެކު، ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފި

ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ، ސްޓެލްކޯގެ އެހީއާއެކު ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފިއެވެ. ކުޅުދުއްފުށްޓަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 7 ޖަނެރޭޓަރުގެ ތެރެއިން 3 ޖެނެރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުގެ ސަބަބުން މިއަދު ހެނދުނު ކުޅުދުއްފުށިން އެއްކޮށް ވަނީ ކަރަންޓު ކަނޑައިގެން ގޮއްސައެވެ. އެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވުނީ މިރޭ 8:10 ހާއިރު ކަމަށް ކުޅުދުއްފުށްޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. މި ފުރުސަތުގައި ހދ.ކުޅު...

އިބްރާހިމް އަސްވާޤް
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެމްބަރުން އައްޔަން ކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެމްބަރުން އައްޔަން ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެމްބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ. މި ބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އަލްއުސްތާޛު އިސްހާގު ހުސައިނެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއު...

މުޙައްމަދު
އިންތިހާބުގައި ޕީއެސްއެމްއިން ބޭނުންކުރި ސޮފްޓްވެއާއަށް ހަ ލައްކަ ރުފިޔާ ދޭން ޖެހިއްޖެ

އިންތިހާބުގައި ޕީއެސްއެމްއިން ބޭނުންކުރި ސޮފްޓްވެއާއަށް ހަ ލައްކަ ރުފިޔާ ދޭން ޖެހިއްޖެ

ޕީއެސްއެމްއަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްދިން ސޮފްޓްވެއާގެ އަގަށް 39،000 ޔޫރޯ (640,000ރ.) ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ ގެނެސްދޭ ސޮފްޓްވެއާ ފޯރުކޮށްދިނުމަށް ޕީއެސްއެމް އިން 2018 ވަނަ އަހަރު ވިސްޑަމް ޓެލެވިޒަން – ސިސްޓެމަސް އިންފޯމަޓިކޮސް ޕެރާ ޓެލެވިޒޯ ކިޔާ ކުންފުންޏަކާ އެކު އެއްބަސްވެފައިވަނީ ސޮފްޓްވެއާގެ އަގުގެ ގޮތުގައި ޖުމްލަ 72،500 ޔޫރޯ ދައްކަން ޖެހޭ ގޮތަށެވެ. ޕީއެސްއެމް އިން ވަނީ […]

ހުސައިން ހަބީބް
ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަން ދިއްދޫ ފެނަކަ މެނޭޖަރު ގޮވާލުމުން ޕީއެންސީން ކުށްވެރިކޮށްފި

ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަން ދިއްދޫ ފެނަކަ މެނޭޖަރު ގޮވާލުމުން ޕީއެންސީން ކުށްވެރިކޮށްފި

ހއ. ދިއްދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ކަރަންޓު ދޫކުރަންވީ ހަމައެކަނި އެ ޕާޓީގެ މީހުންގެ ގެތަކަށް ކަމަށް ބުނެ ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވި މައްސަލަ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އިން ކުށްވެރިކޮށްފިއެވެ. ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، “ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީ ގެތަކަށް” ކަމަށް ބުނެ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު ދިއްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި […]

މުޙައްމަދު
މިނިސްޓަރު އިހުސާނާއި ފުލުހުންގެ އޮފިސަރުންތަކެއްގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަނީ

މިނިސްޓަރު އިހުސާނާއި ފުލުހުންގެ އޮފިސަރުންތަކެއްގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަނީ

ރާއްޖެ ގެނައި 119 ކިލޯގެ ޑްރަގް މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި، އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން އެޖެންޑާކޮށްފި އެވެ. ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ހޯމް މިނިސްޓަރު އިހުސާން އިރުޝާދުގެ ދަށުން ފުލުހުން ވަނީ ނޫސްވެރިންގެ […]

ހުސައިން ހަބީބް
މުޅި ކުޅުދުއްފުށިން ކަރަންޓް ކެނޑިއްޖެ

މުޅި ކުޅުދުއްފުށިން ކަރަންޓް ކެނޑިއްޖެ

ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ކުޅުދުއްފުށި ސިޓީއިން ކަރަންޓް ކެނޑިފައިވާކަމަށް ފެނަކައިން ބުނެފިއެވެ. ފެނަކައިން ބުނީ، ކުޅުދުއްފުށި ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިއަދު 9:15 ގައި މުޅި ރަށުންވަނީ ކަރަންޓު ކެނޑިފައިކަމަށް ފެނަކައިން ބުންޏެވެ. ”ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި ދަންނަވަމެވެ. އަދި މިމައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓް ދެވޭ...

ޔުމްނާ ޢަލީ
އީސީގެ މެމްބަރު ކަމަށް ހަސަން ޢައްޔަންކޮށްފި

އީސީގެ މެމްބަރު ކަމަށް ހަސަން ޢައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ޙަސަން ޒަކަރިއްޔާ، ޢައްޔަން ކުރައްވައިފިއެވެ. އީސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހަސަން ފުރުއްވަމުން ގެންދެވީ އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމެވެ. އީސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޙަސަން ޒަކަރިއްޔާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ކުރ...

ޔުމްނާ ޢަލީ