މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށް: ސުޕްރީމް ކޯޓް

ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށް: ސުޕްރީމް ކޯޓް

ނިއުޕޯޓް ވިއު ހިންގި ތަން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒްގެ ސްޓްރާޑާ ކުންފުންޏަށް ނިއު ޕޯޓް ހިންގަން ދޫކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސަރުކާރުން އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލި އެވެ.  އެތަނުގައި ނުދައްކާ ހުރި ކުއްޔަށް 1.1 މިލިއަން ރުފިޔާ ހޯދުމަށާއި އެތަން ހުސްކުރަން ދައުލަތުން ކޯޓަށް ހުށަހެޅުމުން އެ ފައިސާ ދެއްކުމަށާއި […]

ހުސައިން ހަބީބް
ޝަމާހުގެ ސަސްޕެންޝަން އުވާލައިފި

ޝަމާހުގެ ސަސްޕެންޝަން އުވާލައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީޕް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސަމާހް ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ޝަމާހުގެ ސަސްޕެންޝަން އުވާލައި އިއްޔެ އެކަން ވަނީ އަންގާފައެވެ. ޕީސީބީން މިފްކޯގެ ސީއީއޯ އަދި އެމްޑީ ސަމާހް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރީ އޭނާ އާއި ގުޅޭގޮތުން ކޯޕަރޭޓް ގަވަނަސްއާއި ގުޅޭ މައްސަލަތަކެއް އެ ބޯޑަށް ހުށަހެޅިފައިވާތީ...

ޔުމްނާ ޢަލީ
އަމިއްލަ ގޮތުން ގޮނޑި ކާމިޔާބުކުރި ހަ މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފި

އަމިއްލަ ގޮތުން ގޮނޑި ކާމިޔާބުކުރި ހަ މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފި

އާދީއްތަ ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ހަ އިންތިޚާބީ މެންބަރަކު ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކޮށްފިއެވެ. ޕީއެންސީން މިއަދު ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި ހަ މެންބަރަކު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައެވެ. މި މެންބަރުންގެ ފޯމާއި ހަވާލުވެވަޑައިގަތީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް އަދި ޕީއެންސީގެ ރައީސް...

ޔުމްނާ ޢަލީ
ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް އަވަހާރަވެއްޖެ

ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް އަވަހާރަވެއްޖެ

ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިޚް މޫސާ ޖަމީލް އަވަހާރަވެއްޖެއެވެ. ޝާހިދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު އަވަހާރަވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ޝާހިދު ވިދާޅުވީ އޭނާގެ މުޅި ހަޔާތުގެ އެންމެ ބޮޑު ބާރަކީ އަދި އެންމެ އިހްލާސްތެރި ލަފާފުޅުތަކާއި ފާޑު ކިއުންތެރިއަކީ ވެސް ބައްޕާފުޅު ކަމަށެވެ. މޫސާ ޖަމީލަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން […]

މުޙައްމަދު
ހުޅުމާލޭގައި ކާރެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ކާރެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ރޭ ފަތިހު ކާރެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމަށް މިއަދު 5:35 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ކާރުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. ފުލުހުން ބުނީ ކާރު ދުއްވަން އިން މީހާގެ ލައިސަނ...

މުޙައްމަދު
ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ އައިސީޔުގައި ފަރުވާދެނީ

ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ އައިސީޔުގައި ފަރުވާދެނީ

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ދިރުވައިލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ރޭގައި ބުނިގޮތުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ދިރުވައިލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ މީހާއަކީ ރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށް ފުލުހުން ބުނެފަވެއެވެ. ”މި މީހާގެ އާ...

ޔުމްނާ ޢަލީ
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި މިރޭ ހުޅުވާލައިފިއެވެ. މި ޝޯރޫމް ހުޅުވައިދެއްވީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑްއިންފްރާސްޓްރަކްޗާ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. އެސްޓީއޯއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެ...

އަޙްމަދު ވަހީދު
ނަޒޫގެ ނާކާމިޔާބީ އާއި ގުޅިގެން މަހްލޫފްގެ ތުހުމަތާއި ނުރުހުން ފައިސަލްއަށް

ނަޒޫގެ ނާކާމިޔާބީ އާއި ގުޅިގެން މަހްލޫފްގެ ތުހުމަތާއި ނުރުހުން ފައިސަލްއަށް

ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ހަމައެކަނި ވަޑައިނުގެންނެވުނީ އެއްބަނޑު އެއްބަފާ ކޮއްކޮ ނަޒުރާ ނަސީމް (ނަޒޫ)ގެ ކެމްޕޭނަށް ކަމަށް ވިދާޅުވެ ނަޒޫގެ ފިރިކަލުން އަހްމަދު މަހްލޫފްގެ ނުރުހުން ފައިސަލަށް އަމާޒުކުރައްވައިފިއެވެ. މިދިޔަ ސަރުކާރުގައި ޔޫތް މިނިސްޓަރުކަން ކުރެއްވި މަހްލޫފް ވަނީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރެއްވި ނަޒްރާ ނަސީމަށް ގޮނޑި ކާމިޔާބުނުވީ، ނަޒްރާގެ ބޭބެ އަދި ކުރީގެ...

ޔުމްނާ ޢަލީ
ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ

ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ

ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަޤާމަށް، ހީނާ ވަލީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ހީނާ މި މަޤާމަށް ޢައްޔަނުކޮށްފައި ވަނީ އޭނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާގޮތަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނުގެ މަޤާމުގައި ހީނާ ޚިދުމަތްކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ހީނާ މި މަޤާމަށް ހަމަޖެއްސުމާއެކު ހީނާ ވެގެން ގޮސްފައި ވަނީ...

ޔުމްނާ ޢަލީ
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީން މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް މިއަހަރު ފުރުޞަތު މިއަދު ހުޅުވާލިއިރު، އެ އިނާމު ދޭ ދާއިރާތަކުގެ ތެރެއަށް ދެ ދާއިރާއެއް މިއަހަރު ވަނީ އިތުރުކޮށްފައެވެ. އެއީ ދިވެހި ޤައުމިއްޔަތުގެ ދާއިރާ އަދި ދެމިހުންނަނިވި […]

ޔުމްނާ ޢަލީ
ދެން ފެންނާނީ ޢަމަލުން ޤައުމު ތަރައްޤީކުރާ މަންޒަރު: ރައީސް

ދެން ފެންނާނީ ޢަމަލުން ޤައުމު ތަރައްޤީކުރާ މަންޒަރު: ރައީސް

ދެން ފެންނާނީ އަމަލުން ޤައުމު ތަރައްޤީކުރާ މަންޒަރުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ، އާދީއްތަ ދުވަހު އޮތް މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗް ސަރަޙާއްދުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އީސް ވިދާޅުވެފައިވާ ގޮތުގައި އިންތިޚާބުން ރައްޔިތުން ދިން މެސެޖަކީ ވާހަކަ ނުދައްކާ އަމަލުން ކަންކުރަން ބޭނުންވާކަން ކަމުގައެވެ. އެހެންކަމުން ދެން ފެންނާނީ އަމަލުން ޤައުމު ތަރައްޤީކުރ...

ޔުމްނާ ޢަލީ
20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުން މެއި 28ގައި

20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުން މެއި 28ގައި

20 ވަނަ މަޖިލީހަށް އިންތިޚާބުގައި އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާ ކުރެއްވުމުގެ ޖަލްސާ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ. ވިހި ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ޖަލްސާ މެއި 28 ބާއްވަން ނިންމަވާފައިވާކަން ޢިއުލާން ކުރެއްވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހަށް ހަމަވާއިރު، މި ދައުރުގެ އެންމެ ފަހު ޖަލްސާ އަންނަ މ...

ޔުމްނާ ޢަލީ
އިންޓަ މިލާނުން އިޓާލިއަން ލީގު ކާމިޔާބުކޮށްފި

އިންޓަ މިލާނުން އިޓާލިއަން ލީގު ކާމިޔާބުކޮށްފި

އިންޓަ މިލާނުން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ފަސް މެޗު ކުރިއަށް އޮއްވައި، އިންޓައިން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރީ ރޭ އޭސީ މިލާން 2-1 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ. މިއީ އިންޓައިން ލީގުގެ ޗެމްޕިއަންކަން ހޯދި 20 ވަނަ ފަހަރެވެ. އޭސީ މިލާނުން 19 ފަހަރު ލީގު ތަށި ހޯދިއިރު، އެންމެ ގިނައިން ލީގު ތަށި ހޯދާފައި ވަނީ ޔުވެންޓަސް އެވެ. އެ ޓީމުން ވަނީ 36 ފަހަރު އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ. ދެ […]

އިބްރާހިމް ޚަލީލް
ތިންފަހަރަށް ބާސާ ބަލިކޮށް ރެއާލުން ލީގު ހޯދުމާއި ވަރަށް ގާތަށް

ތިންފަހަރަށް ބާސާ ބަލިކޮށް ރެއާލުން ލީގު ހޯދުމާއި ވަރަށް ގާތަށް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ވާދަވެރި ބާސެލޯނާ ބައްދަލުކުރި އެލްކްލެސިކޯ މެޗް، ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ހޯދުމާއި ވަރަށް ގާތަށް ރެއާލުން ޖެހިލައިފިއެވެ. ރެއާލުގެ ދަޑުގައި ރޭ ރެއާލުން ވަނީ 3-2 ގެ ނަތީޖާއިން ބާސާގެ މައްޗަށް ކުރި ހޯދާފައެވެ. ރެއާލުން މިވަނީ މި ސީޒަންގައި ބާސާއާއި ދެކޮޅަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައެވެ. މި ސީޒަންގައި ބާސާއާއި ރެއާލް ފުރަތަމަ ބައްދަލުކޮށްފައި ވަނީ ލީގުގައި މިދިޔަ އަހަރު އޮކްޓޯބަރ މަހުއެވެ. އެ […]

އިބްރާހިމް ޚަލީލް
ތުލުސްދޫގެ ބްލެކް އީގަލްސް ބަލިކޮށް ހުރާ ތަންޑަރ ބޯލްޓްސް އިން އެމްއޭކަޕްގެ ޗެންޕިއަންކަން ހޯދައިފި

ތުލުސްދޫގެ ބްލެކް އީގަލްސް ބަލިކޮށް ހުރާ ތަންޑަރ ބޯލްޓްސް އިން އެމްއޭކަޕްގެ ޗެންޕިއަންކަން ހޯދައިފި

މާލެ އަތޮޅު ހުރާގައި އެމް.އޭ.ކަޕް ނަމުގައި ބާއްވަމުން އަންނަ ފޯރިގަދަ ވޮލީ މުބާރާތުގެ ޗެންޕިއަންކަން، ހުރާގެ ތަންޑަރ ބޯލްޓްސް ޓީމުން ހޯދައިފިއެވެ. ޓީމް ތަންޑަރ ބޯލްޓްސް އިން މިތަށި އުފުލާލީ ތުލުސްދޫގެ ޓީމެއްކަމުގައިވާ، ސުރީލަންކާގެ ގަޢުމީ ޓީމްގެ ކޯޗް ޗަންނަ ޖައެސޭކަރަ އަދި ކެޕްޓަން ދީޕްތީ، ބާރު ސޮޓް ޖެހުންތެރިޔާ އިސުރު ހިމެނޭ ބުލެކް އީގަލްސްގެ މައްޗަށް ކުރިހޯދައި ތިން ސެޓް ދެ ސެޓުން ކުރި ހޯދައިގެންނެވެ. ބަލާހިތްވާ ކަހަކަ ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގެ […]

އިބްރާހިމް ޚަލީލް