ރާއްޖެ ކްރިއޭޓިވް އާޓްސްގެ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަނީ ކްރިއޭޓިވް އާޓްސްގެ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ސްކޫލް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ކްރިއޭޓިވް އާޓްސް ސްކޫލް އުފައްދައި އެ ދާއިރާތަކުން މަސައްކަތް ކުރާނެ މީހުން ނެރުމާއި ޓްރެއިނިން އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ތަމްރީނުތައް ދިނުމުގެ އިތުރުން އުފެއްދުންތެރި ފަންނުވެރިންނަށް ހިތްވަރު ދިނުމަށް ގެލެރީތަކާއި މިއުޒިއަމްތައް އިންޓަގްރޭޓްކޮށް އާއް... މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯއިން ކުރާ ކަމަކުން ބިލު ބޮޑެއް ނުވާނެ: ފަހުމީ ސްޓެލްކޯއިން ކުރާ ކަމަކުން މި ޒަމާނުގައި ކަރަންޓު ބިލު ބޮޑުނުވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ކުރާ ކަމަކުން ބިލު ބޮޑު ނުވާނެކަން އެއީ އިންޖިނިއަރުން ވެސް އެއްބަސްވާ ކަމެއް ކަމަށާއި، ބިލުކުރަމުންދަނީ ގެތަކުގައި ހުންނަ މީޓަރަށް ކަރަންޓު އަރާވަރުން ކަމަށެވެ. އަދި ސްޓެލްކޯއިން އެ މީޓަރާއި ނުކުޅެވޭނެ ކަމަށް ވެސް ފަހުމީ […... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ޚަބަރު މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓިރްކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރަން މާދަމާ (29 އޭޕްރިލް) މާފަންނުގެ ކަނބާ އައިސާރަނި ހިނގުމާއި، ބުލޫކިޔާ މަގު، މުރަނގަމަގު އަދި ބޮޑުތަކުރުފާނުމަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް ސ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ރާއްޖެ ސްކޫލްގެ ބޮޑު ޗުއްޓީގައި ޕީޖީ މުވައްޒަފުން އޮފީހަށް ނިކުންނަން ޖެހޭނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފި ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން އަންނަ މަހު އޮފީހަށް ނިކުންނަން ޖެހޭނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފި އެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް، އޮފީހަށް ނިކުންނަން ޖެހޭނީ ހަފްތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފަ އެވެ. އެހެންވެ، ކޮންމެ މުވައްޒަފަކަށް ވެސް ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ގޭގައި މަސައްކަތް ކުރެވޭނެކަން މިހާރު ވަނީ އަންގައިފަ އެވެ. “ހުރިހާ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފި ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ނޫސްވެރިންގެ ބައްދަލުވުން އޮތް މާލަމަށް މޯބައިލް ފޯނު ނުވެއްދޭނެ ކަމަށް އެ އޮފީހުން އެންގުމުން އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކުރުމުން ރައީސް އޮފީހުން ނޫސްވެރިންނަށް އެ ފުރުސަތު ދިންކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީން ވެސް ބައިވެރިވީ ފޯނާއި އެކުގައި: ރައީސް އޮފީސް ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ޚަބަރެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު ރައީސް އޮފީހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމަށް ދިޔަ ބައެއް ނޫސްވެރިންނަށް ފޯނު ނުވެއްދުނުކަމަށް އެ ނޫސްވެރިން ވަނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހަމްނާ ދިވެހި ދިފާއީ ޤައުމީ ބާރަށް ސިފައިން ތަމްރީނު ކުރުމަށް ހިންގި އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ޕްރައިވެޓް ހަމްނާ ރަޝީދު ހާސިލްކޮށްފިއެވެ. ހއ. ދިއްދޫ އަށް ނިސްބަތްވާ ހަމްނާ ރަޝީދު މި ފަޚްރުވެރި މަޤާމު ހޯދި 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ހަވީރު ސިފައިންގެ ތަމްރީނު މަރުކަޒު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ހަމްނާ ހިމެނޭހެން ކޯހުގެ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޚާރިޖީ ވަޒީރު ޒަމީރު ސައުދީއަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. ޚާރިޖީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ވަޒީރު ޒަމީރު ސައުދީއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގައި ބާއްވާ “ވޯލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލާބޮރޭޝަން، ގްރޯތު އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓް” ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްކަމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ގައުމުތައް ގުޅިގެން މަސައްކަތްކުރުން ވަރުގަދަކުރުމާއި ގުޅޭގޮތުން މި ކޮންފަރެންސްގެ ތެރެއިން ބާއްވާ މަތީ ފަންތީގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސަރުކާރުން ދިނީ ސުޕަރ މެޖޯރިޓީ ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ ‘ސުޕަރ މެޖޯރިޓީ’ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބިފައިވީނަމަވެސް އޭގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން ސަރުކާރުން މިއަދު ދީފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަންގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު، އެންސްޕާގެ ސިއީއޯގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ހީނާ ވަލީދު މިއަދު ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއް ކުރެއްވި ސުވާލަކަށް ޖ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ޕޯސްޓުގެ ނަމުގައި ސްކޭމް މެސެޖުތަކެއް، ސަމާލުވޭ! ޕޯސްޓް އޮފީސްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަން ފަށައިފިއެވެ. މި މެސެޖުތަކުގައި ބުނަނީ ޕޯސްޓުން ފޮނުވާ އެޑްރެސްގެ މައުލޫމާތު ނޭނގޭތީ، ޕެކޭޖް ފޮނުވޭނެ ގޮތް ނެތް ކަމަށެވެ. މި މެސެޖުތައް ފޮނުވަމުން ދަނީ ކެނެޑާގެ ނަމްބަރުތަކުންނެވެ. މި މެސެޖުގައި ބުނެފައި ވަނީ “މޯލްޑިވްސް ޕޯސްޓް” އިން ފޮނުއްވާފައިވާ ޕެކޭޖް އެ ގުދަނަށް ޕެކޭޖް އައިސްފައިވާ ކަމަށާއި އެޑްރެސްގެ މައުލޫމާތު ރަނގަޅުނުވެގެން ފޮނުވޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންވެ ރަނގަޅު މައުލޫމާތު އަލުން ފުރިހަމަ ކުރުމުން 24 ގަޑިއިތު […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ އިންޑޮނޭޝިޔާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އިންޑޮނޭޝިޔާގެ ޖާވާ ކައިރިއަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. އިންޑޮނޭޝިޔާގެ ޖާވާ ކައިރިއަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ ރާއްޖޭގެ ވެރިރަށް މާލެ އާއި 3761 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ''އަހާ'' ސިލްސިލާގެ އިތުރު ފޯރަމެއް ހޯމަ ދުވަހުގެ ރޭ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ތިންވަނަ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ. ހޯމަ ދުވަހުގެ ރޭ އޮންނަ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ ރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ. މި ޕްރޮގްރާމް ވެސް އޮންނާނީ ފުރަތަމަ ޕްރޮގްރާމެކޭ އެއްގޮތައް މާލޭގެ ސަލްޓަންޕާކުގައެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޗިކުންގުންޔާ ފެތުރުން އިތުރުވެފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ. މި އިލްތިމާސްކުރައްވަމުން ސިއްހަތާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މިގޮތުން، މި މަހު އެކަނި މިހާތަނަށް މާލޭ ސަރަހައްދުން 59 ވޭދަނަ ރިޕޯޓުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވެފަވެއެވެ. ވިއްސާރަ މޫސުން ކުރިޔަށް އޮތުމާއެކު، ޚާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ބ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކޮލަމް ދަރިން ނަމާދުކުރުމަށް އަހުލުވެރިކުރުވުން ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލުގެ މޫނުބަލާ ލޯގަނޑެވެ. އެކުދީންނަކީ މިއަދު ކިތަންމެ ކުޑަކުދިންނެއްކަމަކު، މާދަމާ މުޖުތަމަޢާ ޙަވާލުވާން ތިބި ފަރާތްތަކެވެ. އަދުގެ ކުޑަކުދީންގެ ތަޢުލީމާއި ތަރުބިއްޔަތާއި އުޅުމާއި ގުޅުންތަކާއި ސުލޫކު ހަރުދަނާ ކޮށްގެން މެނުވީ އެއްވެސް މުޖުތަމަޢެއްގެ މާދަމާ އުޖާލާއެއް ނުވާނެއެވެ. އަޅުގަނޑުމެންގެ މި ސައްތައިންސައްތަ އިސްލާމީ ދިވެހި މުޖުތަމަޢުގައި، ކުޑަކުދިންނަކީ އިސްލާމީ ފުރިހަމަ ތަރުބިއްޔަތަކުން ތަރުބިއްޔަތުވެފައިވާ ބަޔަކަށް ވުމަކީ ކޮންމެހެން މުހިންމުކަމެކެވެ.... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫ ހަދިޔާ ފޮށީގެ ނަސީބުވެރިންނާ އިނާމު ހަވާލުކޮށްފި މިދިޔަ ރޯދަމަހު އުރީދޫގެ ފަރާތުން ކުރިއަށްގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް މިއަދު އިނާމު ހަވާލުކޮށްފިއެވެ. އުރީދޫ ހެޑްކުއާޓަރުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި، ހަދިޔާ ފޮށީގެ އެންމެ ހާއްސަ އިނާމު، އެޕަލް ވިޝަން ޕްރޯ ވަނީ ހަވާލުކޮށްފައެވެ. މި ހަދިޔާ ލިބިފައިވަނީ އަހުމަދު ފަޔާޒަށެވެ. އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަ ވެސް ވަނީ ހަދިޔާގެ ގޮތުގައި ދީފައެވެ. އަދި ޑޭޓާ ޕެކް، ގޭމިން ޕެކް ފަދަ އިތުރު ގިނަ އިނާމުތައް ވެސް […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން