ރާއްޖެ ހުޅުމާލޭގައި ކާރެއްގައި ރޯވެއްޖެ ހުޅުމާލޭގައި ކާރެއްގައި ރޯވުމުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީފުން މައުލޫމާތު ދިން ގޮތުގައި ހުޅުމާލޭގައި ކާރެއްގައި ރޯވުމުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މި ހާދިސާ ހިނގާފައި ވަނީ، ހުޅުމާލޭ ފޭސް 2 ގައެވެ. އެ ކާރުގައި އަލިފާން ރޯވުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 493 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ބީއެމްއެލްގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެ ބޭންކުން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 708 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅައި ބަލާއިރު 5.7 އިންސައްތަ އިތުރު އަދަދެކެވެ. ބޭންކުން ބުނީ ފުރަތަމަ ކުއާޓާގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 967 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ހައްޖަށް ގެންދިޔުމުގެ އަގު ކުޑަކުރުމުގެ މަސައްކަތް ފަށައިފި ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔުމަށް މީހުން އަތުންނަގާ އަގު ކުޑަކުރުމުގެ މަސައްކަތް ސަރުކާރުގެ ހައްޖު ކުންފުނި ހައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ. މިކަން ހާމަކޮށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އެހެންކަމާއެކު، ޙައްޖު ފަންޑުން އެކިއެކި އިން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ވިއްކާފައި ހުރި 1،400 ޑޮމެއިންގެ ތެރެއިން 700 ޑޮމެއިންއަކީ ފޭކު! ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވިއްކާފައިވާ ޑޮމެއިން ނަމްބަރުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ނަމްބަރުތަކަކީ ފޭކް ޑޮމެއިންތަކެއް ކަމަށާއި އެ ނަމްބަރުތައް ގާނޫނީ ނިޒާމުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ރޭ ގެނެސްދިން “އަހާ” ފޯރަމްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ޑޮމެއިން ވިއްކުމުގެ ކަންކަން ހުއްޓިފައި ވަނީ މިދިޔަ ސަރުކާރުގައި ރައ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައިގެން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން ރޭ ހިނގި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ. ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެ އަށް ދަތުރުކުރި “ލިއޯ ޕާލް” ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލީ ރޭ ފަތިހުއެވެ. އެ ލޭންޑިން ކްރާފްޓުގައި ފަސް މީހަކު ދަތުރު ކުރިއެވެ. އޭގެ ތެރެއިން ހަތަރު މީހަކު ކަނޑުވެފައި ތިއްބާ ރޭ ފަތިހު ސީއެމްބިއުލާންސަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ގެއްލުނު މީހާ ހޯދަމުން ދަނިކޮށް ފެނުނީ ބަންޑުން ޖަހާލި […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އަންނަ އަހަރު ބޮޑު ޗުއްޓީ ރޯދަ މަހު ދިމާވާ ގޮތަށް އެކަޑަމިކް ކަލަންޑަރު އެކުލަވާލައިފި އަންނަ އަހަރުގެ ބޮޑު ޗުއްޓީ ރޯދަ މަހު ދިމާވާ ގޮތަށް އެކަޑަމިކް ކަލަންޑަރު އެކުލަވާލައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ އާންމު ކުރި ކަލަންޑަރުގައިވާ ގޮތުން އާ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ޗުއްޓީ ލިބޭނީ އަންނަ އަހަރުގެ ފެބްރުއަރީ 23 އިން މާޗް 6 އަށެވެ. އަދި 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނެ ކަމަށް އޭރު ކަލަންޑަރުގައި ވަނީ މާޗް 9 އެވެ. ނަމަވެސް، މިނިސްޓްރީން ވަނީ އެ ނިންމުން މިހާރު ބަދަލުކޮށްފައެވެ. އާ ކަލަންޑަރުގައިވާ […] މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ، އަތޮޅުގައި އޮތް ޒަމާނީ ފުޓްސަލް ދަނޑެއް ނެތް ހަމައެކަނި ރަށް ތިލަދުންމަތީ އުތުރުބުރީގެ ވެރިކަންކުރާ ދިއްދޫއަކީ އެ އަތޮޅުގައި އެންމެ އާބާދީ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ފުޓްބޯޅައާއި ފުޓްސަލް ކުޅުމަށް ލޯބިކުރާ ޒުވާނުންގެ ބޮޑު އާބާދީއެއް އޮތް އެ ރަށުގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރަކީ ފުޓްސަލްއެވެ. ނަމަވެސް ހިތާމައަކީ އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑެއްނެތުމެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުދި މެޓް ޓާފް ފުޓްސަލް ދަނޑުތަކެއް އެޅިއެވެ. އެ ޕްރޮޖެކްޓްގެ ދަށުން ދިއްދޫގައި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ސިވިލް ސަރވިސްއިން ވަކިވެފައިވާ މީހުން ވަޒީފާއާ އަލުން ގުޅުމުގެ ފުރުޞަތު ދެނީ އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އޮފީހުން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައިކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ނިންމުމާއިގުޅިގެން ނިންމެވި އިތުރު ނިންމެވުންތައް ސިވިލް ސަރވިސްގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލިގެން ހޯދަނީ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި، އޭގައި ދަތުރުކުރަމުންދިޔަ އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ސިފައިން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ “ލިއޯ ޕާލް” ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން މްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މި ލޭންޑިން ކްރާފްޓް އަކީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ލޭންޑިން ކްރާފްޓް އެކެވެ. މި ލޭންޑި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކައުންސިލާއި ގުޅިގެން ކެލާގައި، އީދު ކުޅިވަރު ހަރަކާތްތައް ހިންގައިދޭނެ ބަޔަކު ހޯދަނީ ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލާއި ގުޅިގެން އެ ރަށުގައި އަޟްހާ އީދު ކުޅިވަރުތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. އެ ކައުންސިލުން މި އަހަރު ބޮޑު އީދު ފާހަގަ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ އެ ރަށުގެ ކުލަބް ޖަމިއްޔާތަކަށެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް އެ ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ސަގާފަތް ދިރުވައި އާލާކުރުމާއި އަންނަން އޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާސިލް ކުރުމަށްޓަކައި މި... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ލޯނަށް ކުރިމަތިލާ ދަރިވަރުންކުރެ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސްގެ މި ނިންމެވުން ޢިއުލާން ކުރެއްވީ ހޯމަ ދުވަހުގެ ރޭ އޮތް ”އަހާ” ފޯރަމްގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މަރްޔަމް މާރިޔާއެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ތިންވަނަ ފޯރަމ... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ އަންހެން ފުލުހުންގެ ދައުރު ފުޅާވީމަ ހެޔޮ ނަތީޖާ ފެންނާނެ: ސާޖިދާ އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެއެވެ. “މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ” ގެ ދެ ވަނަ ދައުރު އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށާއި، އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް […] މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި ކަރަންޓު ބިލަށް އަރާ ވަރު ވަގުތުން ބެލޭނެ ގޮތް ފެނަކަ އިން ހަދަނީ ކަރަންޓު ބިލަށް އަރާ ވަރު ވަގުތުން ބެލޭ ގޮތަށް “ސްމާޓް މީޓާ” ޕްރޮޖެކްޓެއް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ސްމާޓް މީޓާ ޕްރޮޖެކްޓް ދ. އަތޮޅުގައި ފަށާފައިވާ ކަމަށެވެ. ސްމާޓް މީޓަރާއެކު ކޮންމެ ދުވަހަކުވެސް ކަރަންޓް ހޭދަކުރެވޭ މިންވަރު އެނގި، ބިލް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ. “އަޅުގަނޑުމެން ފެނަކައިގެ ފަރާތުން މިހާރު ސްމާޓް މީޓަރު ޕްރޮޖެކްޓ... މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫން ޓިކްޓޮކާއެކު ސްޓްރެޓިޖިކް ޕާޓްނާޝިޕެއް އުރީދޫ މޯލްޑިވްސް އިން ޓިކްޓޮކާއެކު ސްޓްރެޓިޖިކް ޕާޓްނާޝިޕެއްގައި ސޮއިކޮށްފިއެވެ. މި ޕާޓްނާޝިޕާއެކު ރަސްމީކޮށް އުރީދޫއިން ޓިކްޓޮކަށް މަރުހަބާ ކިޔައިފައިވާކަން އިއުލާނުކޮށްފައިވަނީ ރޭ އުރީދޫ ހެޑް ކުއާާޓަރުގައި ބޭއްވި އިވެންޓެއްގައެވެ. މިއާއެކު، ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫގެ ސީއީއޯ ޚާލިދު އަލްހަމާދީ ވިދާޅުވީ މި ޕާޓްނާޝިޕަކީ އުރީދޫއިން ފޯރުކޮށްދެމުންދާ އީޖާދީ ޚިދުމަތްތަކަށް އިތުރު ކުރެވޭ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ޔާމީންގެ ވަކީލް ޝިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުކަން ކުރެއްވި އަބްދުﷲ ޝިޔާޒް، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން ވަނީ ޝިޔާޒް، އެ މަގާމަށް އައްޔަން ކުރެއްވި ކަން ކަށަވަރުކޮށް ދީފައެވެ. ޝިޔާޒް ވަނީ މީގެކުރިިން އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް 2019 ވަނަ އަހަރުން ފެށިގެން ކުރަމުންދިޔަ ދައުވާތަކުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ޝިޔާ... މުޙައްމަދު · 2 އަހަރު ކުރިން