ރާއްޖެ ދިވެހި އަޑު ދިވެހިއަކުރަށް ބަދަލުކުރާ އޭސީސީގެ "ކާތިބު" އެޕް އިފުތިތާހުކޮށްފި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިޔަށްގެންދާ ތަޙުޤީޤުތަކާ ގުޅުންހުރި ބަޔާންތަކާއި، ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަން ‘ކާތިބު’ އިފްތިތާހުކޮށްފިއެވެ. އޭސީސީގެ މަސައްކަތްތައް ފަސޭހަކޮށް ހަލުވިކުރުމަށް ފަރުމާކޮށްފައިވާ “ކާތިބު” އެޕްލިކޭޝަނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒުކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ފުރިހަމަކުރެވުނު އެއް މަސައްކަތެއްކަމަށް އޭސީސީން ބުނެއެވެ. މި އެޕްލިކޭޝަނަކީ އާޓިފިޝަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކޮލަމް ''ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން'' ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ފަރުޟު ޒަކާތާއި އިޤްތިޞާދާހުރި ގުޅުން” އެވެ. މިއަދުގެ ޚުޠުބާގެ ބައެއް ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ. ޒަކާތް ފަރުޟުކުރެއްވީ މުއްސަނދިންގެ މުދަލުން އެ ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކޮށް ދިނުމަށްޓަކައި ފަޤީރުކަމުގެ ޙާލަތަކީ ޢަޤީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެކެވެ. އެހެންކަމުން، ފަޤީރުކަމ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ފަސޭހަކަމާއިއެކު ބްރައިޓަން ބަލިކޮށް ސިޓީ ތައްޓާ ދިމާއަށް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ބްރައިޓަން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ސިޓީ އެއްވަނައަށް މިސްރާބު ހިފައިފިއެވެ. ރޭ ރަށުން ބޭރުގައި ސިޓީ ވަނީ ބްރައިޓަން އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެފައެވެ. މި މޮޅާއިއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 33 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި އާސެނަލް އޮތީ ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ހޯދި 77 ޕޮއިންޓާއިއެކުއެވެ. […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި ކުޅުދުއްފުށީ ސިޓީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ މިމަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މިއަދު 14:55 ހާއިރުކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނިގޮތުގައި އެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ. ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޔާމީންގެ އާ ޕާޓީ، ޕީއެންއެފް ރަޖިސްޓްރީކޮށްދީފި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި ރަޖިސްޓްރީކޮށްފިއެވެ. ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ޕާޓީ ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދޫކުރި ލިޔުން “އެކްސް” ގައި އާންމު ކުރައްވައިފައެވެ. ޕާޓީގެ މަސްއޫލުވެރިޔަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއެވެ. ޕީއެންއެފް ރަޖިސްޓްރީކޮށް ދިން ކަމުގެ ލިޔުން އެ ޕާޓީއާ ހަވާލ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ދިވެހިންނަށް އެކަނި ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ ކ. ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭ ގޮތަށް ހަދައި އެކަމަށް ފުރުސަތު ހުޅުވާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ސިނާއީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރިގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމް ކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. ތިލަފުށިން ބިން ވިއްކު... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހާގެ ހާލު ސީރިއަސް، އަދިވެސް ފަރުވާދެނީ އައިސީޔޫގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބުލެޓުތަކެއް ދިރުވާލި މީހާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. މި މީހާއާ މެދުގައި ޝައްކު ކުރެވިގެން މާލެ ތެރެ ޕެޓްރޯލް ކުރި ފުލުހުން އެމީހާ އަތުލައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ. އެ މީހާގެ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު އަދިވެސް ސީރިއަސްއެވެ. މި މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދޭ އިރު، އޭނާ ދިރުވާލީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ވެސް […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ނުގުނަން އީސީން ނިންމައިފި ދުވާފަރު ދާއިރާގެ ހުރިހާ ވޯޓު ފޮށިތަކެއް އަލުން ގުނަންޖެހޭ އެއްވެސް ސަބަބެއް ނެތުމުން އެ ފޮށިތައް ނުގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައި ދިނުމަށް އެދިވަޑައިގެންނެވީ އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އިބްރާހިމް އަބްދުއްރަހްމާނެވެ. ދުވާފަރު ފޮށިތައް އަލުން ގުނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ވަގުތީ ނަތީޖާ […] މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު އެވަޓަން އިން ލިވަޕޫލުގެ އުންމީދަށް ހުރަސްއަޅައިފި މި ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ލިވަޕޫލުން ކުރަމުން އަންނަ މަސައްކަތަށް އެވަޓަން އިން ހުރަސްއަޅައިފިއެވެ. ލީގުގައި ރޭ އެވަޓަން ދަނޑުގައި މި ދެ ޓީމް ވާދަކުރި މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއިން އެވަޓަން މޮޅުވެގެންނެވެ. މި ބައްޔާއިއެކު ލިވަޕޫލް އޮތީ ކުޅުނު 34 މެޗުން ލިބުނު 74 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. އެ އަދަދަށް މެޗު ކުޅެގެން އެއްވަނާގައި އާސެނަލް އޮތީ 77 ޕޮއިންޓް ހޯދައިގެންނެވެ. މި ދެ ޓީމަށްވުރެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި އެސްއީޒެޑް ގާނޫނޫގެ ދަށުން ހުއްދަ ދިން ފުރަތަމަ މަޝްރޫއަށް ސޯލާ ހަކަތައިގެ މަޝްރޫއު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް މަޝްރޫއެއް ހިންގަން ހުއްދަދީފިއެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓްމަންޓް ބޯޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެސްއީޒެޑްގެ ފުރަތަމަ އިންވެސްޓްމަންޓްގެ ގޮތުގައި ހުއްދަ ދޫކޮށްފައި ވަނީ މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ސޯލާ ޕަވާ ޕްލާންޓެއް ގާއިމުކޮށްފައެވެ. އެ ޕްލާންޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ. މި ހުއްދަ އިންވެސްޓްމަންޓް ބޯޑުން ދޫކޮށްފައި... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު ލޮރިއެންޓް ބަލިކޮށް ޕީއެސްޖީ ލީގު ހޯދުމާއި ގާތަށް ފްރާންސް ލީގުގައި ޕީއެސްޖީއާއި އެފްސީ ލޮރިއެންޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ލީގު ޗެމްޕިއަންކަން ހޯދުމާއި ގާތަށް ޕީއެސްޖީ ޖެހިލައިފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. ކުޅުނު 30 މެޗުން ޕީއެސްޖީ ވަނީ 69 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނާގައި އޮތް މޮނާކޯއަށް 30 މެޗުން ލިބިފައި ވަނީ 58 ޕޮއިންޓެވެ. ކޮންމެ ޓީމަކަށް ބާކީ ހަތަރު މެޗު އޮތްއިރު، ޕީއެސްޖީއަށް ލީގު ކާމިޔާބު ކުރުމަށް ބޭނުންވަނީ އެންމެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒްގެ ސީޒަން 1 ގެ ޗެމްޕިއަނަކަށް މުހައްމަދު ޒަމީލް އުރީދޫ މޯލްޑިވްސްގެ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއްގެ ޗެމްޕިއަންކަން މުހައްމަދު ޒަމީލް ޒިހުނީ ހޯދައިފިއެވެ. އުރީދޫ މޯލްޑިވްސްގެ މި މުބާރަތް ކުރިއަށް ގެންދިޔައީ މިމަހުގެ 18 އިން 20 ގެ ނިޔަލަށް އުރީދޫ ހެޑްކުއާޓާސްގައެވެ. އުރީދޫން ބުނީ މި މުބާރާތުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ. އެ މުބާރާތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެން ކަމަށެވެ. އެ މުބާރާތުގައި ގަދަ ތިންވަނައަށް ދިޔަ ކުޅުންތެރިންނަށް ވަނީ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު ޒަވީ ބާސާގައި މަޑުކުރަން ނިންމައިފި ބާސެލޯނާގެ ކޯޗް ޒަވީ ހެންނާންޑޭޒް ބާސެލޯނާގެ ކޯޗުކަމުގައި މަޑުކުރަން ނިންމައިފިއެވެ. އޭނާ ބާސާއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުއެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ބާސާގެ ނަތީޖާތައް ދައްވުމުގެ ސަބަބުން އޭނާ ވަނީ މި އަހަރުގެ ޖަނަވަރީ މަހު، ސީޒަން ނިމުމުން ބާސާގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެކަން ހާމަކޮށް އޭރު އޭނާ ބުނީ އެއްވެސް ސަބަބަކާއި ގުޅިގެން އޭނާގެ ނިންމުން ބަދަލު ނުވާނެ ކަމަށާއި، ބާސާ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ނޮޅިވަރަމް ދާއިރާގެ އިންތިޚާބީ މެންބަރު ރަޝީދު ޕީއެންސީ އަށް ސޮއިކޮށްފި ހދ. ނޮޅިވަރަމް ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު ރަޝީދު (ގަދަގޭ ރަޝީދު) ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކޮށްފިއެވެ. ޕީއެންސީން މިއަދު ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައި ކަމަށެވެ. ރަޝީދުގެ އިތުރުން އާދީއްތަ ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ހަ އިންތިޚާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަން އީސީ އަށް ހުށަހަޅައިފި ދުވާފަރު ދާއިރާގެ ހުރިހާ ފޮށިތަކެއް އަލުން ގުނައި ދިނުމަށް އެ ދާއިރާއަށްް ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާން އެދިވަޑައިގެންފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ހަތަރު ވޯޓުގެ ތަފާތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަލީއެވެ. އޭނާއަކީ ކުރިން އެ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން […] މުޙައްމަދު · 2 އަހަރު ކުރިން