ދެން ފެންނާނީ އަމަލުން ޤައުމު ތަރައްޤީކުރާ މަންޒަރުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވީ، އާދީއްތަ ދުވަހު އޮތް މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗް ސަރަޙާއްދުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

އީސް ވިދާޅުވެފައިވާ ގޮތުގައި އިންތިޚާބުން ރައްޔިތުން ދިން މެސެޖަކީ ވާހަކަ ނުދައްކާ އަމަލުން ކަންކުރަން ބޭނުންވާކަން ކަމުގައެވެ. އެހެންކަމުން ދެން ފެންނާނީ އަމަލުން ޤައުމު ތަރައްޤީކުރާ މަންޒަރުކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއީ ރައްޔިތުން ފަޚުރުވެރިވާ އަދި އުފާވެރި ޤައުމެއްގެ ގޮތުގައި ފެންނާނެކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތާއެކު ދެން ފެންނާނީ ޤައުމު ތަރައްޤީކުރުމުގެ މަސައްކަތްކަމަށް ހަލުވިވެގެންދާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަޢުދުތައް ފުއްދުމަށް އެކުވެރިކަން މުހިންމުކަން ފާހަގަކުރައްވައި، އަމިއްލަ މަސްލަހަށްވުރެ ވަޠަނީ ޢަޒުމް އިސްކުރުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގަތެވެ.

"ކެބިނެޓެ މެބަރުންނާއި ކުންފުނިތަކުގެ ވެރިންނާ އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖިލިސް މެންބަރުންނަށް ދަންނަވާލަން ބޭނުންވަނީ މި ވޭތުވެދިޔަ 5 މަސް އެއީ އަދި އެއްވެސް އެއްޗެއް ނޫނޭ. ދެން ތިބޭފުޅުން އުޅުއްވަންޖެހޭނީ 24 ގަޑިއިރު ހޭލައޭ. ހަމަސީރިއަސްކޮށް މި ދަންނަވަނީ އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް ތަރައްޤީ އަޅުގަނޑު ބޭނުންވިގޮތަށް ގެނެސްދޭން." ރައީސް މުޢިއްޒު ވިދާޅުވެފަވެއެވެ.

އިންތިޚާބުން ދިވެހީންނަށް ދިވެހީން ރާއްޖެ ބިނާކުރުމުގެ ހައްގު އޮންނަންވާނެކަން ވަރަށް ސާފުވެއްޖެކަމަށާއި، މި އަޒުމައިގެން ކުރިއަށް ވަޑައިގަތުމަށް ރައީސް ވަނީ އިންތިޚާބުވެވަޑައިގެންނެވި މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި އިންތިޚާބުގެ ސުޕާ މެޖޯރިޓީ ސަރުކާރުން ހޯދާފައިވާއިރު، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ.