މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ފައިނަލް މެޗުގައި ރެއާލްގެ ގޯލު ބަލަހައްޓާނީ ކޯޓުއާ

ފައިނަލް މެޗުގައި ރެއާލްގެ ގޯލު ބަލަހައްޓާނީ ކޯޓުއާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ވާދަކުރާ މެޗުގައި، ރެއާލުގެ ގޯލް ބަލަހައްޓާނީ އެ ޓީމްގެ އެއް ނަމްބަރު ކީޕަރ ކޯޓުއާ ކަމުގައި އެ ޓީމްގެ ކޯޗް ކާލޮސް އަންޗެލޯޓީ ބުނެފިއެވެ. ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މުޅި ސީޒަންގައި ހެން ކޯޓުއާ ހޭދަކުރީ ފަރުވާގައެވެ. ކޯޓުއާއަށް އަނިޔާވުމުން ރެއާލުގެ ގޯލު މުޅި ސީޒަންގައި ހެން ބެލެހެއްޓީ އެ ޓީމްގެ ބަދަލު ކީޕަރު ޔުކްރެއިންގެ އަންދްރޭ ލުނިންއެވެ. ލުނިން ވަނީ […]

އިބްރާހިމް ޚަލީލް
އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާއަށް ހަމަލާދިނުމަށް ބައިޑެން ރުހުން ދީފި

އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާއަށް ހަމަލާދިނުމަށް ބައިޑެން ރުހުން ދީފި

ރަޝިއާގެ ސަރަހައްދަށް ހަމަލާދިނުމަށް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރު ބޭނުންކުރުމަށް ޔޫކްރެއިންއިން އެދުމުން އެކަމަށް ރުހުން ދިން ކަމަށް އެމެރިކާއިން އިއުތިރާފުވެއްޖެއެވެ. އެމެރިކާގެ ރައީސް އެކަމަށް ހުއްދަ ދެއްވި ކަމުގައިވިޔަސް އެހުއްދަ ދީފައިވަނީ، ޔޫކްރެއިންގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޚާރްކީވް އާއި އެ ސިޓީގެ ބޯޑަރު ސަރަހައްދުގައި އެކަނި އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމަށެވެ. “ވޭތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ޔޫކްރެއިން އަޅުގަނޑުމެންނާ ހަމައަށް އައިސް، މި ހަމަލާއިން ދިފާއުވުމަށް އަޅުގަނޑުމެން...

އަޙްމަދު ދާއޫދު
ކިންގް ކަޕް ފައިނަލުން އަލް-ނަސްރު ބަލިވުމުން، ރޮނާލްޑޯ ސީޒަން ނިންމާލީ ހުސްއަތާ

ކިންގް ކަޕް ފައިނަލުން އަލް-ނަސްރު ބަލިވުމުން، ރޮނާލްޑޯ ސީޒަން ނިންމާލީ ހުސްއަތާ

ސައުދީ ކިންގް ކަޕް ފައިނަލް މެޗުން އަލް ހިލާލް އަތުން އަލް ނަސްރު ބަލިވުމުން، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ތައްޓެއް ކާމިޔާބު ނުކުރެވި ސީޒަން ނިންމާލަން ޖެހިއްޖެއެވެ. ކިންގް ކަޕް ފައިނަލް މެޗު ރޭ ޖިއްދާގައި ކުޅުނުއިރު، މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އަލް ހިލާލުންނެވެ. މި ލަނޑު 7 ވަނަ މިނެޓުގައި ޖަހައިދިނީ މިޓްރޮވިޗެވެ. މެޗުގެ ފުރިހަމަ ވަގުތު […]

އިބްރާހިމް ޚަލީލް
ށ.އަތޮޅު ކައުންސިލުން އެ އަތޮޅު ޖަމިއްޔާތަކަށް ދޫކުރާ އެހީ ލައްކައަކަށް ބޮޑުކޮށްފި

ށ.އަތޮޅު ކައުންސިލުން އެ އަތޮޅު ޖަމިއްޔާތަކަށް ދޫކުރާ އެހީ ލައްކައަކަށް ބޮޑުކޮށްފި

ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން، ޖަމިއްޔާތަކަށް ދޫކުރާ ފަންޑް 100000 (އެއްލައްކަ) ރުފިޔާއަށް ބޮޑުކޮށްފިއެވެ. ށ.އަތޮޅު ކައުންސިލުން ވަނީ ފާއިތުވި ދެ އަހަރުވެސް އެ އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކްލަބް ޖަމިއްޔާތަކަށް ހުޅުވާލާފައެވެ. އެ ފުރުސަތުގެ ދަށުން ފާއިތުވި ދެ އަހަރުގެ ތެރެއިން ކޮންމެ އަހަރަކު ތިން ޖަމިއްޔާއަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ދެ އަހަރު ކޮންމެ ޖަމިއްޔާއަކަށް ވެސް އަތޮޅު ކައުންސިލުން ދޫކޮ...

އިބްރާހިމް ޚަލީލް
ސިޑްސް ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ސިޑްސް ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ރާއްޖެ ވަޑައިގެންފިއެވެ. ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ރަސްމީ ދަތުރުފުޅެއްގައި ފުރައިވަޑައިގަތީ މި މޭ މަހުގެ 25 ވަނަ ދުވަހުއެވެ. ރައީސް މިރޭ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، ރައްޔިތުންގެ މަޖިލީހުގ...

ޔުމްނާ ޢަލީ
ރާއްޖޭގެ ހައްޖާޖީން ފުރަން ފަށައިފި

ރާއްޖޭގެ ހައްޖާޖީން ފުރަން ފަށައިފި

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފިއެވެ. މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބުނީ މިދިޔަ ދެ އަހަރެކޭ އެއްގޮތަށް ހައްޖު ކޯޕަރޭޝަނެވެ. ރާއްޖެ އަށް ލިބިފައިވާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ. މީގެ ތެރެއިން ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރިއިރު، މި ގްރޫޕްގައި މިއަދު ވަނީ 296 ހައްޖާޖީން ފުރާފައެވެ. ހައްޖާޖީން ފުރުމުގެ ކުރިން ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް […]

ޔުމްނާ ޢަލީ
ސިޙުރަކީ ބޮޑުފާފައެއް، ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް

ސިޙުރަކީ ބޮޑުފާފައެއް، ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް

ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް، ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ސިޙުރުގެ ނުބައިކަން” އެވެ. މިއަދުގެ ޚުޠުބާގައި ސިހުރަކީ ޙަޤީޤަތެއްކަމަށާއި، އެއީ ދީނުން ބޭރުވާފަދަ ކުށެއްކަމާއި އަދި ސިހުރުގެ ނުބައިކަމާއި، އެކަމުގެ ސަބަބުން އިންސާނީ ދަރިފަސްކޮޅަށް ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ހަމައެހެންމެ ސިޙުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލ...

ޔުމްނާ ޢަލީ
ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މާދަމާ ފަށަނީ

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މާދަމާ ފަށަނީ

ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” މާދަމާ ފަށާނެއެވެ. މިއަހަރުގެ ފިއެސްޓާގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ފިރިހެން ފުޓްސަލް އެވެ. މިއީ ށ. އަތޮޅުގެ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ ގަދަ ބާރެއްކަމަށްވާ ނަރުދޫގައި އެރަށު ކައުންސިލުން މި މުބާރާތް މެދު ނުކެނޑި ބާއްވާތާ 9 ވަނަ އަހަރެވެ. ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅޭ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” މުބާރާތް ހުޅުވާ މެޗު […]

ޔުމްނާ ޢަލީ
ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ބަލައިގަތުމަށް ސްލޮވޭނިއާގެ ސަރުކާރުން ނިންމައިފި

ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ބަލައިގަތުމަށް ސްލޮވޭނިއާގެ ސަރުކާރުން ނިންމައިފި

ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ސްލޮވޭނިއާގެ ސަރުކާރުން ހުށަހެޅި ގަރާރަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ތާއީދުކޮށްފިއެވެ. ސްލޮވޭނިއާގެ އޮފިޝަލުންނާ ހަވާލާދީ ސްލޮވީނިއާގެ ޕްރެސް އެޖެންސީން ބުނީ ސަރުކާރުގެ މަޝްވަރާއަށް ފަހު ސަރުކާރުން އެ ހުށަހެޅުން ނެޝަނަލް އެސެމްބްލީއަށް ފޮނުވީ ފައިނަލް އެޕްރޫވަލް އަށް ކަމަށެވެ. ގައުމީ މަޖިލީހުން އަންނަ ހަފުތާގައި އެ ގަރާރަށް ވޯޓަށް އަހާނެ ކަމަށް ބެލެވޭ ކަމަށް އެ އެޖެންސީން ބުންޏެވެ. އަދި މިނިވަން ފަލަސްތީނެއް ބަލައިގަތުމުގެ މަރުހަލާއިން ސްލޮ...

އަޙްމަދު ދާއޫދު
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ބޭނުންވާ ކާގޯ ހިފައިގެން ރަޝިއާގެ ޖައްވީ އުޅަނދު ފުރައިފި

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ބޭނުންވާ ކާގޯ ހިފައިގެން ރަޝިއާގެ ޖައްވީ އުޅަނދު ފުރައިފި

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ބޭނުންވާ ކާގޯ ފޮނުވުމަށް ބޭނުންކުރާ ޖައްވީ އުޅަނދު އުފުލާ ސޯޔޫޒް-2.1އޭ ރޮކެޓް، ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސް އިން ފޮނުވާލައިފިއެވެ. ރޮސްކޮސްމޮސް އިން ނެރުނު ބަޔާނެއްގައި ބުނީ މި ރޮކެޓް ފޮނުވާލާފައިވަނީ ކަޒަކިސްތާނުގެ ބައިކޯނޫރު ކޮސްމޮޑްރޯމް އިން ކަމަށާއި ޕްރޮގްރެސް އެމްއެސް-27 ކާގޯ ޖައްވީ އުޅަނދު ދެ ދުވަހުގެ ތެރޭގައި އައިއެސްއެސްއާ ހަމައަށް ފޯރާނެ ކަމަށެވެ. މި ޖައްވީ އުޅަނދުން އައިއެސްއެސްއަށް 2،504 ކިލޯގްރާމް (5،520 ޕައުންޑް) މުދާ ފޯރުކޮށ...

އަޙްމަދު ދާއޫދު
މަސްތުވާތަކެއްޗާއެކު މާފުށީ ޖަލު އޮފިސަރަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު މާފުށީ ޖަލު އޮފިސަރަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކުގައި ކ. މާފުށީ ޖަލުގައި މަސައްކަތް ކުރާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ މާފުށީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ ޖަލު އޮފިސަރެކެވެ. މި މީހާ ހައްޔަރު ކޮށްފައިވަނީ މާފުށީ ޖަލުކައިރިން...

މުޙައްމަދު
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ހަދަން ބިލެއް ފޮނުވައިފި

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ހަދަން ބިލެއް ފޮނުވައިފި

އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެ ނުވެވޭގޮތް ހަދަން ރައްޔިތުންގެ މަޖިލިހަށް ބިލެއް ފޮނުވައިފިއެވެ. އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާ އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގެ ހ. ގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި “އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި […]

މުޙައްމަދު
އުރީދޫ ގެ ދައުވަތަކަށް ޕީ.އެސް.ޖީ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ ރާއްޖެއަށް

އުރީދޫ ގެ ދައުވަތަކަށް ޕީ.އެސް.ޖީ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ ރާއްޖެއަށް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން، ފުޓްބޯޅަ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް ޖުލައިމަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަން އެކުން ފުނިން އިއުލާނުކޮށްފިއެވެ. އެކުންފުނިން ބުނީ، މި ދަތުރަކީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި އޮތް ޕާޓްނާޝިޕްގެ ސަބަބުން މަގުފަހިވެގެންދިޔަ ދަތުރެކެވެ. މި ދަތުރުގައި އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖ...

އިބްރާހިމް އަސްވާޤް
ރަފަޙް ބޯޑަރު ހުޅުވާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް: ފަލަސްތީނުގެ ހެލްތު މިނިސްޓަރ

ރަފަޙް ބޯޑަރު ހުޅުވާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް: ފަލަސްތީނުގެ ހެލްތު މިނިސްޓަރ

އިޒްރޭލުން ރަފާ ކްރޮސިން ބޯޑަރު އަވަހަސް މުއްދަތެއްގައި ހުޅުވާލާނެ ކަމުގެ އެއްވެސް އިޝާރާތެއް ފެނިވަޑައި ނުގަންނަވާކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވަޒީރު މަގޭދު އަބޫ ރަމަޟާން ވިދާޅުވެއްޖެއެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވަޒީރު އަބޫ ރަމަޟާން ބުދަ ދުވަހު ވިދާޅުވީ އިޒްރޭލުން ރަފާ ކްރޮސިން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ބުނިނަމަވެސް އެކަމުގެ އެއްވެސް އިޝާރާތެއް ފެންނަން ނެތް ކަމަށެވެ. މިއީ މުޅިން ވެސް އިސްރާއީލުގެ އަތްމަތީގައި އޮތް ކަމެއް،” ޖެނީވާގައި އެސޯސިއޭޝަން އޮފް ދަ އެކްރެޑިޓެޑް […]

އަޙްމަދު ދާއޫދު
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދޭ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދޭ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ކްރެޑިޓް ކާޑަށް އެދޭ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ. ބީއެމްއިލް އިން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ތައާރުފްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ކްރެޑިޓް ކާޑަށް އެދޭފަރާތްތަކަށް ބީއެމްއެލްއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށާފައިވާއިރު، އެ ޕްރޮމޯޝަންގެ ދަށުން އެއް ވަނައަށް ހޮވޭ ފަރާތަކަށް 25،000ރ. ލިބެއެވެ. އަންނަ ޖުލައި 28 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ އިސްލާމިކް […]

ޝިއުނާ އާދަމް