ރާއްޖެ ޕީއެސްއެމުން އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަނީ އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަން ނިންމިކަން ޕީއެސްއެމުން ހާމަކުރީ އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރެވެ. ޕީއެސްއެމުން ވޭތުވެދިޔަ 6 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒީނާ ވިދާޅުވީ، ކުންފުނީގެ މެނޭޖުމަންޓާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު އަތޮޅުތެރޭގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޙާފިޒް އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސްގެ ތައުޒިޔާ ދިވެހިދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ، އަޙްމަދު ޙާފިޒް އަވަހާރަވުމާއި ގުޅިގެން އެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ. މަރްޙޫމް އަޙްމަދު ޙާފިޒަކީ ދައުލަތުގެ އެކިމަގާމުތައް 33 އަހަރަށްވުރެ ގިނަ މުއްދަތަކަށް ފުރުއްވާފައިވާ، ޚާއްޞަގޮތެއްގައި ސަރުކާރުގައި މަސްވެރިކަމުގެ ޕޮލިސީތައް އެކަށަހަޅުއްވައި، މަސްވެރިކަމުގެ ދާއިރާއިން އާންމުން ހޭލުންތެރި ކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މަރްޙޫމް ޙާފިޒު އަވަހާރަވީ ކެންސަރު ބަލ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލްގެ ހިއްސާއަކަށް 50 ރުފިޔާ ބަހަން ފާސްކޮށްފި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ރޭ ފާސްކޮށްފި އެވެ. މާލޭގެ ޖެން ހޮޓެލްގައި ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 50 ރުފިޔާ ދޭން ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅިއެވެ. އެ ހުށަހެޅުމަށް ހިއްސާދާރުން ވަނީ ތާއިދުކޮށްފައެވެ. މިގޮތުން ބީއެމްއެލްގެ ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާގެ މަގުން ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފައެވެ. […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ލަލީގާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ބެލިންހަމް އަށް ނިމިދިޔަ ސީޒަންގެ (2023/24) ސްޕެނިޝް ލަލީގާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ ޖޫޑް ބެލިންހަމް ހޯދައިފިއެވެ. ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ދޫކޮށް ބެލިންހަމް ރެއާލާއި ގުޅިފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މިއީ ރެއާލްގައި އޭނާ ކުޅުނު ފުރަތަމަ ސީޒަންއެވެ. މިފަހަރު ރެއާލުން 36 ވަނަ ފަހަރު ލަލީގާގެ ޗެމްޕިއަންކަން ހޯދިއިރު ބެލިންހަމް ވަނީ އެ ޓީމްގެ މެދުތެރެއާއު އެޓޭކްގައި މޮޅު ކުޅުމެއް ދައްކާފައެވެ. ލީގުގައި އޭނާ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓްގައި ބައިވެރިވާން ހުޅުވާލައިފި ށ.ފީވަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއްކަމަށްވާ ރޮލިގަންސް އިން އިންތިޒާމްކޮށްގެން އެ ރަށު ކަނބަލުންނަށް ބާއްވާ “ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ ދިހަވަނަ ދުވަހުއެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމާއި ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ. މިއީ ފީވަކުގައި އިޖުތިމާއީ ހަރަކާތްތަ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ 'ސިޑްސް'ގެ މަހާސިންތާގައި ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ރައީސް މުޢިއްޒު ވަކާލާތު ކުރައްވައިފި ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ މަހާސިންތާގައި ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަކާލާތު ކުރައްވައިފިއެވެ. އެންޓީގާ އެންޑް ބާބިޔުޑާގައި މި މެއި 27 އިން މިއަދުގެ ނިޔަލަށް ކުރިޔަށްދާ މި މަހާސިންތާގައި ރައީސް މުޢިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެންނަވައި ވާހަކަފުޅުދައްކަވާފައެވެ. މިގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަޖިލީހުގައި ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އުފައްދަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ގެދޮރުވެރިކަމާ ގުޅުންހުރި ކަންކަމަށް އުފައްދަން ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ. ޕީއެސްއެމް “ރާއްޖެ މިއަދު” ޕްރޮގްރާމްގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތަކާއެކު އެ ކޮމިޓީ އުފެދިގެން ދާނެ ކަމަށެވެ. އާންމު ކޮމިޓީން އެގޮތަށް ނިންމިޔަސް، މަޖިލިހުގެ ތަޅުމުން އެކަން ފާސް ކުރަން ޖެހެއެވެ. ނާޒިމް ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމާ ބެހޭ ކ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މާލޭގައި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ މާލޭގައި ދެ ސައިލުޖެހި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މާލޭގައި ދެ ސައިލުޖެހި އެކްސިޑެންޓެއް ހިނގައިގެން މިއަދު 10:39 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ބުރުޒުމަގު، ޓީވީ މޯލްޑިވްސް ކުރިމަތިންނެވެ. މި އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް ވެސް އަނިޔާވެފައިވާއިރު، އެތަނުން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާގައި އަނިޔާވެގެން ފަރުވާދެމުން އަންނަނީ ދިވެހި ފިރިހ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަލުން ގުނޫތު ކިޔަން ފަށަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތާ ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުން ފެށިގެން އަނެއްކާވެސް ގުނޫތު ކިޔަން ފަށާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު “އެކްސް” ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހިތްދަތި ހާލަތާ ގުޅިގެން، މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ކިޔުމަށް އިމާމުންނަށް އަންގާނެ ކަމަށެވެ. “މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މުޅި ރާއްޖެއަށް ރީނދޫ ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ. އާންމުގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓު […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ނޭޕާލުގެ 17 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. އެޤައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަދި ބޮޑުވަޒީރު ފުޝްޕަ ކަމަލް ދަހަލްއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ރައީސުލްޖުމްހޫރި... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ވިޔަފާރި ފަރެސްމާތޮޑާގައި 100 އެނދުގެ ހޮޓަލެއް އަޅަން ހަވާލުކޮށްފި ފަރެސްމާތޮޑާ އެއާޕޯޓުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ ފަރާތުން ބަޔަކާއި މިއަދު ހަވާލުކޮށްފިއެވެ. އާރުއޭސީއެލް އިން ބުނީ، ފަރެސްމާތޮޑާ އެއާޕޯޓްގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ސިލްވާ ލޭންޑް ހޮޓެލްސްއާ ހަވާލުކޮށްފައިވާ ކަމަށެވެ. މި ޓޫރިޒަމް ޒޯން ތަރައްގީކުރުމުގެ އެއްބަސްވުމުގައި އާރުއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު މުބީނެވެ. ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮ... ޝިއުނާ އާދަމް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިމާވެށީގެ ދުވަސް ފާހަގަ ކުރަން ވައިކަރަދޫގައި ގިނަ ހަރަކާތްތަކެއް މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވައިކަރަދޫގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ ފަސްވަނަ ދުވަހެވެ. ވައިކަރަދޫގައި މިއަހަރު ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވަނީ އެޓްމޮސްފިއާ ފައުންޑޭޝަނާއި ވައިކަރަދޫ ކައުންސިލާއި އަންހެނުންގެ ތެރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެންނެވެ. އެޓްމޮސްފެއާ ފައުންޑޭޝަނަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގާ އެޓ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
މަޖިލިސް ރައްޔިތުންނަށް ފައިދާހުރި ކަންކަން ނިންމަން މަޖިލިސް ވަރުބަލިކަމެއް ނެތި އޮންނާނެ: އަބްދުއްރަހީމް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކޮނޑުގައި އެޅިފައި ވަނީ ބޮޑު ބިޔަ މަސައްކަތެއް ކަމަށާއި މި ކަންކަމާ މެދު މަޝްވަރާ އާއި ބަހުސްކޮށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަމުން ދިޔުމުގައި މަޖިލިސް ވަރުބަލިވުމެއް ނެތި ދެމިއޮންނާނެ ކަމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. މަޖިލިސް ރައީސްގެ މަގާމަށް އިންތިހާބު ވެވަޑައިގަތުމަށް ފަހު އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ މަޖިލީސް އެކުލަވާލެވުނީ ގައުމަށް މުހިންމު ދަނޑިވަޅެއްގައި ކަމަށާއި މި މަގާމަށް އެމަނިކުފާނުގެ ނަން... މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި ގޭހުގެ ސްޓޯރޭޖު ބޮޑު ކުރުމަށް އެލައިޑާއެކު އެއްބަސްވުމެއް މޯލްޑިވްގޭސްގެ މައި ޓާރމިނަލް، ތިލަފުށީގައި އެލްޕީޖީ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެލައިޑް އިންޝުއަރެންސް ކުންފުންޏާއިއެކު އެކްސްޓަރނަލް ފައިނޭންސިންގ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިކަމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ. އެލައިޑް އިންސުއަރެންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒް އެވެ. މޯލްޑިވް ގޭހުން ބުނެފައިވާގޮތުގައި މި މަޝްރޫޢުތައ... ޝިއުނާ އާދަމް · 2 އަހަރު ކުރިން