މަޖިލިސް އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް، ނައިބަކަށް ފިއްޓެ އާއި އަހުމަދު ދީދީ ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް އައްޑޫ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މިއަދު އިންތިހާބުކޮށްފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި ވޯޓުގައި ޑެޕިއުޓީ ޕީޖީ ލީޑަރުކަމަށް އިންތިހާބުކުރީ މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) އާއި މަރަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ދީދީއެވެ. ނާޒިލްއަކީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ދެވަނަ ދައުރެއ... މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން ވިއްކާ ތެޔޮ އަގު ހެޔޮކޮށްފި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯއިން މިއަދު ބުނިގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެން ރާއްޖޭގައި އެ ކުންފުނިން ވިއްކަމުން އަންނަ ތެލުގެ އަގަށް ބަދަލުގެނެސް، އެ ކުންފުނިން ވިއްކާ ތެޔޮ ވަނީ މިއަދުން ފެށިގެން އަގު ހެޔޮކޮށްފައެވެ. މިގޮތުން އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ޑީސެލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ކޮށްފައެވެ. […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ތުލުސްދޫ އަށް ކުއްތާ ބޭލި މައްސަލަ ތަޙުޤީޤު ކުރަނީ ޔޮޓެއްގައި ރާއްޖެއައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ކ. ތުލުސްދޫ އަށް ބޭލި މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފިއެވެ. އެ ކުއްތާ ތުލުސްދޫ އަށް ބާލާފައި ވަނީ ހިންމަފުށީ ބޭރުގައި އޮތް ޔޮޓަކުން އިއްޔެއެވެ. އެ ކުއްތާ އެރަށަށް ބޭލި މައްސަލާގައި ފުލުހުން ވެސް އެޓެންޑްވެފައިވާއިރު، އެ ކުއްތާ އިއްޔެ އަނބުރާ ޔޮޓަށް ގެންގޮސްފައެވެ. އެ ކުއްތާ ތުލުސްދޫ އަށް ބާލާ މަންޒަރު ފެންނަ ވީޑިއޯ އެއް އިއްޔެ މީސްމީޑިއާގައި ދައުރުވެފައިވާއިރު، […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ''އަންހެނުންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް، ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް %25 ޚާއްޞަ'' ސަރުކާރުގެ ވިސްނުމަކީ ދިވެހި އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކޮށް، މި ފެސިލިޓީ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 އިންސައްތަ ކަނޑައެޅުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު، ސަރުކާރުގެ ވިސްނުން ހާމަކުރެއްވީ އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ރައީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މޭރީގެ މަރުގެ ތުހުމަތު މާވިންއަށް ކުރޭތޯ ބަލަން ލަމްހާ ސުވާލުކުރި: ހެކިން ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މެރީ ގްރޭސް މަރާލި މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ގްރޭސްއަށް ތުހުމަތު ކުރޭތޯ ބަލަން އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހުމާން ސުވާލު ކުރި ކަމަށް މީހަކު މިއަދު ޝަރީއަތަށް ހެކިބަސް ދީފި އެވެ. އޮކްޓޫބަރު,2021 މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްގެން މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިނާއި އެކަމުގައި ބައިވެރިވި ކަމަށް ބުނެ މާވިންގެ ލޯބިވެރިޔާގެ ގޮތުގައި ތުހުމަތުވާ ލަމްހާގެ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ އޭޕްރީލްގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލްމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ސްޓޭޓް ވަޒީރު މަރިޔަމް ވިޝާމާ ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އޭޕްރިލްގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ވަނީ މިހާތަނަށް ދޫކޮށްފައެވެ. މީގެ ތެރޭގައި އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަން ރުފިޔާ، އަދި ވިޔަފާރިތަކަށް އަށް މިލިއަން [... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި ތިލަދުންމަތީ އުތުރުބުރީ ކެލާގައި ކުރިއަށް ގެންދިޔަ “މޫދު ކަސްރަތުން އުފާވެރިން” ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްހަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައެއް ބިނާކުރުމެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފް ނޮދަން އޭރ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު މިއަދު 15:00 އިން މިރޭ 21:30 […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް 20 ވަނަ މަޖިލިސްގެ މެންބަރުން ހުވާކުރުން މާދަމާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެން މެންބަރުން ހުވާ ކުރައްވާ މަޖިލިސްގެ އައު ދައުރެއް މާދަމާ ފަށާނެއެވެ. އަލަށް ހޮވުނު މަޖިލީހުގެ މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ފަށަން ހަމަޖެހިފައި ވަނީ މާދަމާ 9:00 ގައެވެ. މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމަށްފަހު މަޖިލީހު ފުރަތަމަ ޖަލްސާ ބާއްވާނެއެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު މެންބަރު ކަން ކުރައްވާފައިވާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އެވެ. މި ޖަލްސާގައި މަޖިލީހުގެ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސީޝެލްސް އިން ރާއްޖެއަށް ހުރިހާ ދާއިރާއަކުން ވެސް އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަންއާ ބައްދަލު ކުރައްވައިފިއެވެ. މިއީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމެކެވެ. މި ބައްދަލު ކުރެއްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ސިޑްސްގެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުންނާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް ކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ޒަވީގެ ވަދާއީ މެޗުން ސެވިއްޔާ އަތުން ބާސާއަށް މޮޅެއް ޒަވީ ހެނާންޑޭޒް ބާސެލޯނާއަށް އިރުޝާދު ދިން އެންމެ ފަހު މެޗުގައި ސެވިއްޔާ އަތުން އެ ޓީމް މޮޅުވެއްޖެއެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު ލީގު ފަހު މެޗުގައި ބާސާއިން ވަނީ 2-1 ގެ ނަތީޖާއިން ސެވިއްޔާ ބަލިކޮށްފައެވެ. ސީޒަންގައި ބާސާގެ ނަތީޖާތައް ދައްވެ ކުރިމަތިވީ ޕްރެޝަރާއިއެކު، މި އަހަރު ޖަނަވަރީ މަހު ސީޒަން ނިމުމުން ބާސާގެ ކޯޗުކަން ދޫކޮށްލާނެ ކަމަށް ޒަވީ އިއުލާން ކުރިއެވެ. ނަމަވެސް ޓީމްގެ އިސް ފަރާތްތަކާއި ތަކުރާކުކޮށް ކުރެވުނު މަސްވަރާތަކަށް ފަހު އިތުރު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން، ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު އަންނަ ޖޫން މަހުގެ ދިހަވަނަ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ''ކުޅުދުއްފުށީގެ ތިން ސްކޫލްގައި ވެސް އެކަށޭނަ މިންވަރަށް މުދައްރިސުން އެބަތިބި، ފޮތްތައް ލިބުމުގައި ދަތިކަމެއް ނެތް'' ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާއެކު، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް އެ ސިޓީގައި ހުންނަ ސަރުކާރުގެ ސްކޫލްތަކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ސިޓީ ކައުން ބުނީ މޭޔަރުގެ މި ޒިޔާރަތުގައި އެ ތިން ސްކޫލްގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވާ ސްކޫލްތަކުގެ އަދާހަމަ އާއި މިވަގުތު ހުރި ގޮންޖެހުންތައް އޮޅުންފިލުއްވައި، ދިރާސީ އައު އަހަރުގެ ތަޙުނިޔާ ދަންނަވާފައިވާ ކަމަށެވެ. ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލްކަމަށްވާ ޖަލާލުއް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ޚަބަރު އެސްކްރޯ އެކައުންޓްގައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ މަޑުޖައްސާލަން އަންގައިފި ކުރީގެ ރައީސް އަބްދުالله ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައިވާ މައްސަލާގައި ޔާމީންގެ ފަރާތުން ބޭންކާއި އޭސީސީއާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ތެރެއިން ޔާމީންގެ އެކައުންޓަށް އެއް […... ހުސައިން ހަބީބް · 2 އަހަރު ކުރިން
ކުޅިވަރު އުރީދޫގެ އެމްބެސެޑަރަކަށް ވިދިވިދިގެން 5 ވަނަ އަހަރަށް މާޒިޔާ އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ބްރޭންޑް އެމްބެސެޑަރުކަން ފަސްވަނަ އަހަރަށް އިއްޔެ އާކޮށްފިއެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ކްލަބަކީ މާޒިޔާއެވެ. އެޓީމުން މިދިޔަ ފަސް ވަރަކަށް އަހަރުގައިވެސް ރާއްޖޭގެ ލެވެލްގެ އިތުރުން، ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ކުރިއެރުންތައް ވަނީ ހޯދައިފައެވެ. މާޒިޔާއާ އެކު އުރީދޫން ވެފައިވާ އާ އެއްބަސްވުމާއެކު، ދެފަރާތް ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ޒުވާނުންގެ ބައިވެރިވ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން