ރާއްޖެ އުތުރުން ފެށިގެން ބޮޑު ބަޔަކަށް އަދި ވެސް މޫސުން ގޯސް ހއ. އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ކުރަމުން އަންނަ ވިއްސާރަ އާއި ގުޅިގެން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ފުރަތަމަ ހުދު ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. ހެނދުނު 6:00 ގައި ނެރުނު މި ސަމާލުގެ ވަގުތު މިއަދު ހެނދުނު 11:00 އަށް ވަނީ ހަމަވެފައެވެ. އެއަށްފަހު […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ކަނޑުމަތީ އޮޔާ ދިޔަ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި ކަނޑުމަތީ އޮޔާދިޔަ މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން މީހަކު އޮޔާދާކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި އެ އިދާރާއަށް މި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:35 ހާއިރުއެވެ. މިހާރު އެމީހާ ކަނޑުމަތިން ނަގައިގެން ގެންގޮސް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. މިކަމުގެ އިތުރުމައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ލަންކާ ވިސާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ލިބޭނެ: ޚާރިޖީ ވުޒާރާ ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮން އެރައިވަލް ވިސާ ލިބުމުގައި އެއްވެސް ދައްޗެއް ނޯންނާނެކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ސްރީލަންކާއިން ވަނީ އެ ގައުމުގެ ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް ބައެއް ބަދަލުތައް ގެނެސް، އެކަން އާންމުކޮށްފައެވެ. މި ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނީ ލަންކާގައި އަލަށް ބޭނުންކުރަން ފަށާ އީ-ވިސާ ސިސްޓަމެއް ގާއިމްކޮށް ހިދުމަތް ފަށާފައިވާތީ، އެ ގައުމުގެ ކަމާ ގުޅޭ އިދަރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ޚާރިޖީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޕީއެންސީގެ އެސްޖީގެ މަގާމަށް ޒީނާޒް ހަމަޖައްސައިފި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޒީނާޒް އަދުނާން ހަމަޖައްސައިފި އެވެ. ޕީއެންސީ އިން ރޭ ބުނީ އެ ޕާޓީގެ އާ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އިއްޔެ ޒީނާޒް ހަމަޖައްސާފައިވާ ކަމަށެވެ. ޒީނާޒް އަކީސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފްގެ އަނބިކަނބަލުންނެވެ. އޭނާ ވަނީ މިދިޔަ މަޖިލިސް އިންތިޚާބުގައި ޕީއެންސީ ޓިކެޓް ހޯދުމަށް ޕީއެންސީ/ޕީޕީއެމްގެ ފުވައްމުލަކު ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރައީސް އެންޓިގާ ބާބުޑާއަށް ފުރާވަޑައިގެންފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންޓިގާ ބާބުޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް، މި ސަމިޓްގެ ޕްލީނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވެވުމުގެ އިތުރުން، ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރަ... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ މާލޭ ގެސްޓް ހައުސްއެއްގައި ބިދޭސީއަކު ރަހީނުކޮށްފި މާލޭ ގެސްޓް ހައުސްއެއްގައި ބިދޭސީއަކު ބަންދުކޮށްފައި ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. އެއީ ނޭޕާލު މީހެކެވެ. އެމީހާ ބަންދުކޮށްގެން ގެންގުޅެނީ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގައެވެ. ފުލުހުން ބުނީ، މާލޭގެ މާފަންނު ގައި ހުންނަ ގެސްޓް ހައުސްއެއްގައި ނޭޕާލު މީހަކު ބަންދުކޮށްގެން ގެންގުޅޭ މައްސަލައެއް އެ އިދާރާ އަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލާގައި، އެ ގެސްޓް ހައުސްގައި ފުލުހުން ހަރަކާތްތެރިވެ، އެމީހާ ސަލާމަތްކޮށްފައިވާއިރު، އެމީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ރަފާ އަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލަން އިސްރާއީލުގެ މައްޗަށް އަމުރުކޮށްފި ފަލަސްޠީނުގެ ޣައްޒާގެ ރަފާގައި މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން އިސްރާއީލް އޭ ކިޔުނު ޔަހޫދީ ޖަމާއަތުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލަން، ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓު (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް ޢަމުރެއް ނެރެފިއެވެ. އިސްރާއިލުން ރަފާގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ބޯޑަރުތައް ހުޅުވަން ފުރުސަތު ދީ، އެހީ ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއް ނޭޅޭނެހެން ފުރުސަތު ދިނުމަށް ވެސް އައިސީޖޭ އިން ވަނީ އިސްރާއީލުގެ މައްޗަށް އަމުރުކޮށްފައެވެ. އި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ޒަވީ ވަކިކޮށް ބާސާގެ ކޯޗުކަން ފްލިކަށް ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމުން ޒަވީ ހެނާންޑޭޒް ވަކިކުރަން އެ ކުލަބުން ނިންމައިފިއެވެ. އުމުރުން 44 އަހަރުގެ ޒަވީ ބާސާގެ ކޯޗުކަމުން ވަކިކުރަން ނިންމާފައި ވަނީ މިއަދު އެ ކްލަބްގެ ރައީސް ޖޯން ލަޕޯޓާއާއި ސްޕޯޓިން ޑައިރެކްޓަރ ޑެކޯއާއިއެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ. ޒަވީ ބާސެލޯނާއާއި ހަވާލުވީ 2021 ވަނަ އަހަރުގެ ސީޒަންގެ މެދުތެރެއިންނެވެ. އެ ސީޒަންގައި ކާމިޔާބެއް ނުހޯދުނު ނަމަވެސް ޖެހިގެންއައި ސީޒަންގައި ޒަވީގެ އިރުޝާދުގެ ދަށުން ބާސާއިން ސްޕެނިޝް ލީގު ކާމިޔާބު ކުރިއެވެ. ނަމަވެސް މި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި އާންމުންގެ ތަރުހީބު ބޮޑު”އުރީދޫ ފަން ރަން“ އަންނަ ޖުލައި މަހު ލ.ގަމުގައި އުރީދޫ މޯލްޑިވްސް އިން ބާއްވާ އާންމުންގެ ތަރުހީބު ބޮޑު ހަރަކާތް”އުރީދޫ ފަން ރަން“ އަންނަ ޖުލައި މަހު ލ.ގަމުގައި ބާއްވަން ނިންމައި ރެޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ. އުރީދޫ ފަން ރަން ލާމު އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 05 ޖުލައި 2024 ގައެވެ. މިއީ މިއަހަރު ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތައްވެގެންދާނެއެވެ. މިގޮތުން މި އުފާވެރި ދުވުން، އުރީދޫ ފަން ރަން ލާމު އެޑިޝަންގައި ބައިވެރިވުމަށް http://ore.do/funrun2024 މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ހުދު ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިޖެހޭނެ ބޯކޮށް ވާރޭ ވެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ނެރެމުން އައި ރީނދޫ ސަމާލުގެ ދަރަޖަ، ހުދު ސަމާލަށް ބަދަލުކޮށްފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ސަމާލުގެ ދަރަޖަ ހުދު ސަމާލަށް ދަށްކޮށް، މި ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 20:00 އިން މިރޭ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރައީސް ޑރ. މުއިއްޒު، ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް ސަލްމާން ބިން އަބްދުލް އަޒީޒް އާލާސްކަންފުޅާ އުޅުއްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނަށް އަވަސް ޝިފާއަކަށް މިއަދު އެދިވަޑައިގެންފިއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީ ރަސްގެފާނުގެ ސިއްހަތާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. Deeply... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އިތުރު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އއ. ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު އިއްޔެ މަރުވެއްޖެއެވެ. ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވި އިރު، މިއަދު ކ. ފިހާޅޮހި ރިސޯޓުން ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފައެވެ. އެ ރިސޯޓުގައި މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ ރަޝިއާ ފަތުރުވެރިއެކެވެ. ފުލުހުން ބުނީ އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއަކު ހަބަރު ހުސްވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 10:30 […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދިވެހި މީހާ ހައްޔަރު ކުރީ ފުލުހުންނަށް ފިލައިގެން އުޅޭތީ ފުލުހުންގެ ވެބްސައިޓުގައި އިއުލާން ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ. ނ، ރ، ބ، އަދި ޅ، އަތޮޅު ހިމެނޭ ނޯތު ޕޮލިސްގެ ބެލުމުގެ ދަށުގައި އޮތް ރަށެއްގައި […] މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީގައި ވޯޓަސްޕޯޓްސްގެ ހިދުމަތް ދިނުމަށް ބިން ދޫކުރަނީ ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ވޯޓަސްޕޯޓްސްގެ ހިދުމަތް ދިނުމަށް ބިން ދޫކުރަން ނިންމައި ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށުގެ ލޭންޑްޔޫސް ޕްލޭނުގައި ވޯޓަސްޕޯޓްސްގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 500 (ފަސްސަތޭކަ) އަކަފޫޓުގެ ތިން ބިމެއް ވަނީ ދޫކުރަން ނިންމާފައެވެ. އެއީ މިހާރު އެ ރަށުގައި ބޭނުން ކުރަމުން އަންނަ ރަށްވެހި ބީޗް ސަރަހައްދެވެ. އެ ސަރަހައްދަކީ ރީތި ދޮންވެލި އަތިރިމައްޗާއި ރީތި ފަޅު އެކުލެވޭ ސަރަހައްދެކެވެ. އެ ބިންތައް ދޫކު... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު ޔޫރޯއަށް ފަހު ޖިރޫޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް އޮލިވަ ޖިރޫޑް، އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފިއެވެ. ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށާއި އާސެނަލްއަށް ވެސް ކުޅުނު އުމުރުން 37 އަހަރުގެ ޖިރޫޑް ފްރާންސުން ޔޫރޯއަށް ނެގި ސްކޮޑުގައި ހިމަނާފައިވާއިރު، އޭނާއަކީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފްރާންސަށް ކުޅެދިން 131 މެޗުގައި 57 ލަނޑު ޖަހާފައެވެ. ފްރާންސް ޓީމާއިއެކު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން