ރާއްޖެ ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް އޮރެންޖު އިންޒާރު ނެރެފި ބޯކޮށް ވާރޭވެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ މިރޭ 19:30 އިން 22:30 އަށެވެ. މި ސަމާލުގެ ވަގުތުގައި ވަނީ އާންމުގޮތެއްގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި […] ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ މުދަލު ޒަކާތުގެ ނިސާބު 9353.40ރ. އަށް އިތުރުވެއްޖެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން އިއްޔެ ބުނެފި އެވެ. ޒަކާތު ހައުސް އިން ބުނީ، މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ ދިވެހި ފައިސާއިން ދައްކާ ނަމަ 9353.40ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ޖެނުއަރީމަހު ނެރެފައިވާ ނިސާބުގެ އަދަދަކީ 7،140 ރުފިޔާއެވެ. މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅާފައިވާ އިރު، މިދިޔަ މެއި މަހު ނިސާބު ކަނޑައެޅީ […] އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އިންތިޚާބު ކުރުމަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް އިއްތިހާދުގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން މިއަދު ނިންމައިފިއެވެ. ޕީއެންސީގެ ޗެއާމަން ގޮތުގައި ހުންނެވި އަދުރޭ މި މަހުގެ 28 ވަނަ ދުވަހު ފެށޭ 20 ވަނަ މަޖިލިސް ރައީސްކަމަށް އިންތިޚާބުކުރަން ނިންމާފައި ވަނީ ރައީސް ޑރ.މުޢިއްޒު، ޕީއެންސީގެ އިންތިޚާބީ […] ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މޮޅަދޫގައި ދިވެހި ބަހުގެ ވާހަކަދެއްކުންތެރިމުގެ ހުނަރު ދަސްކޮށްދިނުމުގެ ހަރަކާތެއް ދިވެހި ބަހުގެ ވާހަކަދެއްކުންތެރިމުގެ ހުނަރު ދަސްކޮށްދިނުމުގެ ހަރަކާތެއް ހއ. މޮޅަދޫ ގައި ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ އެރަށު ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ، މި މޭ މަހުގެ 18 އިން 19 އަށް ކުރިއަށް، “ހުށަވާރު 2024” ޕްރޮގްރާމްގެ ނަމުގައެވެ. މި ހަރަކާތަކީ، ބަލާޣާތްތެރިކަމާއި ފަޞާހާތްތެރިކަމާއެކު، ޖެހިލުމެއް ނެތި މައް ދިވެހިބަހުން ތަފާތު ހަފްލާތަކާއި ރަސްމިއްޔާތުތައް ހުށަހަޅައިދޭނެ އަދި އެފަދަ ހަރަކާތްތަކުގައި ވާހަކަ ދައްކާނެ ފަރާތްތ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އަޅަން ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަން ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނީ، ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ ސަރުކާރާއެކު ލެޓަރ އޮފް އެކްސްޗޭންޖްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. މި ލެޓަރ އޮފް އެކްސްޗޭންޖްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. ޗ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޯކައިދޫ ބަނދަރު ސަރަހައްދުގައި އިންދުމަށް 500 ކްރިސްޓީނާ ގަސް ހޯދަނީ މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގެ ބަނދަރު ސަރަހައްދު ރީތިކުރުމަށް 500 ބަގީޗާގަސް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ބަނދަރު ސަރަހައްދުގައި ޕޮޓުހަދައި ޕޮޓުގައި އިންދުމަށް އެ ކައުންސިލުން ހޯދަން އިއުލާން ކޮށްފައި ވަނީ ކްރިސްޓީނާ ގެ މެރޫން ކުލައިގެ ގަހެވެ. ގަސްތައް ހުންނަންވާނީ ބޮނބިކުނޑީގައި އިންދައި މޫލައްވާފައެވެ. ގަސްތަކުގައި ހުންނަންޖެހެ ދިގުމިނެއް ގޮތުގައި އެ ކައުންސިލުން ކަނޑައަޅާފައިވަނީ 1 ފޫޓާއި 3 ފޫޓާއި ދެމެދެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ފޯކައިދޫ ކައުންސިލު... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު ޕޯޗުގަލް ޓީމާއިއެކު ރޮނާލްޑޯ ހަވަނަ ޔޫރޯއަށް އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕޯޗުގަލް އިން ނެގި ސްކޮޑުގައި، ތަޖުރިބާކާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފިއެވެ. މިއީ އުމުރުން 39 އަހަރުގެ ރޮނާލްޑޯ ކުޅޭ ހަވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. ކުރިއަށް އޮތް މުބާރާތުގައި ރޮނާލްޑޯ ކުޅެފިނަމަ އޭނާ ވެގެންދާނީ ހަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ. ސައުދީ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ ފުރަތަމަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެފައި ވަނީ 2004 ވަނަ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ކަނޑު ދަތުރު ނުކުރުމަށާއި، ދަތުރު ނުދިޔުމަށާއި މޫދަށް ނޭރުމަށް އިލްތިމާސްކޮށްފި ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑު ދަތުރު ނުކުރުމަށާއި، ދަތުރު ނުދިޔުމަށާއި އަދި މޫދަށް ނޭރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވަނީ މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ‘’އަދި ފަޅު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީޤު މަޤާމުން ވަކިކޮށްފި މޯލްޑިވްސް މޭކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ފާތިމަތު ތައުފީޤު (ކުޑީ) ވަކިކޮށްފިއެވެ. ކުޑީ އެ މަޤާމުން ވަކިކޮށްފައިވާއިރު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އަދި އެކަމެއް ހާމައެއް ނުކުރެއެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ގައެވެ. އެމްއެމްޕީއާރުސީގެ އެމްޑީކަމުން ކުޑީ ވަކިކޮށްފައި މަވަނީ، އެކުންފުނީގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދެވި އައިޝާ ނޫރްޢައިން ޖަނާހު އެ މަގާމުން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މިފްކޯގެ ކުރީގެ ސީއީއޯ ޝަމާހު ސްޓޭޓް ވަޒީރު މަގާމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ކުރީގެ ޗީޕް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސަމާހް ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަންކުރައްވައިފިއެވެ. މިފްކޯގެ އިސްވެރިޔާގެ މަގާމުން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ޝަމާހު ވަކިކުރީ އިއްޔެއެވެ. އޭނާ ވަނީ މިއަދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނުކޮށްފައެވެ. ޝަމާހު މިފްކޯގެ ސީއީއޯ ކަމަށް ޢައްޔަނުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ތޮއްޑޫގައި ކޮޅިގަނޑެއްގައި ޖެހުނު ކުދިންތަކެއް ސަލާމަތް ކުރީ ސްޓެލްކޯ މުވައްޒަފުން އއ. ތޮއްޑޫއަށް އިއްޔެ ހަވީރު އައި ކޮޅިގަނޑެއްގައި އޮޔާ ދިޔަ ކުޑަކުދިންތަކެއް ސަލާމަތްކޮށްފިއެވެ. ސްޓެލްކޯ އިން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުދިން ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވި އުޅުމުން އެ ކުދިން ސަލާމަތްކޮށްދީ އެއްގަމަށް ގެނައީ އެ ވަގުތު އެ ތަނުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންތަކެއް ކަމަށެވެ. މީގެ އިތުރުން ކޮޅިގަނޑުގައި އެ ރަށަށް ލިބުނު ބައެއް ގެއްލުންތައް ސަލާމަތް ކުރަން ވެސް މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޮޅިގަނޑުގެ ސަބަބުން […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓު ޝެޑިއުލަށް ބަދަލު އައިސްދާނެ މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ޝެޑިއުލަށް ބަދަލު އައިސްދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެމްއޭސީއެލް އިން ބުނެފައި ވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުމަށް ބަލައި ފްލައިޓުތަކުގެ ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ. ވިޒިބިލިޓީ ދަށްވާ ހާލަތުގައި މޫސުން ރަނގަޅު ހިސާބެއްގައި ފްލައިޓް ހިފަހައްޓާނެ ކަމަށާއި މާގިނައިރު މަތީގައިވާނަމަ ކައިރީގައި އޮންނަ އެހެން ޑޮމެސްޓިކް އެއާޕޯޓަކަށް ފްލައިޓު ޖައްސާނެ ކަމަށް ވެ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ކުޅިވަރާބެހޭ ވުޒާރާގެ ނައިބު ވަޒީރު ޝިފާޒް ސަސްޕެންޑްކޮށްފި ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒު ސަސްޕެންޑުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނި ގޮތުގައި ޝިފާޒް ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވުމުން ކަމަށެވެ. ޝިފާޒް ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ހިނގާ ގޮތަށް ކަން “ތިލަދުން” އަށް އެނގިފައިވެއެވެ. އަދި އޭނާ ސަސްޕެންޑް ކުރީ އަހުލާގީ ބައެއް މައްސަލަތަކާ ގުޅިގެން ކަން ވެސް އެނގިފައިވެއެވެ. ޝިފާޒް، ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ނޫރްޢައިން އިސްތިއުފާ ދެއްވައިފި މޯލްޑިވްސް މޭކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދެވި އައިޝާ ނޫރްޢައިން ޖަނާހު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. ދައުލަތުގެ ކުންފުނިތަކުގެ ބަލަދުވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ، އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުން، ނޫރްޢައިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. މިގޮތުން އޭނާ އިސްތިއުފާދެއްވައި އިސްތިއުފާގެ ސިޓީ އިއްޔެ ޕީސީބީ އަށް ލިބިފައިވާ ކަމަށް އެތަނުން ވަނީ ބުނެފައެވެ. އެހ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސިޓީއެއްގެ ޖަވާބުގެ މައްސަލާގައި ފީވަކު ކައުންސިލް ބަންދު ކުރިޔަ ނުދީ އިހްތިޖާޖު ކުރަނީ އަމިއްލަ ފަރުދަކު ށ. ފީވަކު ކައުންސިލަށް ލާފައިވާ ސިޓީއެއްގެ ޖަވާބުގެ ނުލިބިގެންކަމަށް ބުނެ ފީވަކު ކައުންސިލް ބަންދު ކުރިޔަ ނުދީ އިހްތިޖާޖު ކުރަމުން އެބަދެއެވެ. މި މައުލޫމާތު ލިބިގެން ‘’ތިލަދުން’’ގެ ފަރާތުން ގުޅާލުމުން ފީވަކު ކައުންސިލްގެ ރައީސް ޢަލީ ރަޝީދު ވިދާޅުވީ ‘’ތިކަމާއި ގުޅިގެން މިވަގުތު ދޭނެ ޖަވާބެއް ނެތް’’ ކަމަށެވެ. މި އިހްތިޖާޖުގައި ފަނަރަ ވަރަކަށް މީހުން ބައިވެރިވަމުން އަންނައިރު އެކަމުގައި އިސްކޮށް އުޅޭ ފަރާތުން ‘’ތިލަދުން’’ އަށް ބުނީ އޭނާ ގެވަޅު އިންވަކި ކުރުމުގައި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން