ރާއްޖެ މުސްތަފާއަށް 1.8 މިިލިއަން ރުފިޔާ ދިނުމަށް އަކްރަމްގެ މައްޗަށް ހުކުމެއް! ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ އަށް 1.8 މިލިއަން ރުފިޔާ ދިނުމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ. އަކްރަމާ ދެކޮޅަށް މި ދައުވާ ކުރީ އަކުރަމަށް ޗެކުތަކުން ދޫކުރި 1.7 މިލިއަން ރުފިޔާ އާއި ކޯޓަށް މައްސަލަ ހުށަހަޅަން ހަރަދުވި 100،000 ރުފިޔާ އާ އެކުގައި ޖުމްލަ 1.8 މިލިއަން ރުފިޔާ ދެއްކުމަށް އެދިއެވެ. އަކުރަމް ވިދާޅުވެފައިވާ ގޮތުގައި މުސްތަފާ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އިރާން ރައީސް އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި އިރާންގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާ ގުޅިގެން ދިވެހި ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ. އިރާންގެ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި އީރާންގެ ރައީސް އަދި އަރިހުގައި ދަތުރުކުރެއްވި ވަފުދު ދަތުރުކުރެއްވި ހެލިކޮޕްޓަރު އޭގައި ދަތުރު ކުރި އެންމެން ވަނީ ދުނިޔެއާ ވަކިވެފައެވެ. ދުނިޔެއާ ވަކިވީ ކޮން ބައެއް؟ 1- އިރާންގެ ރައީސް އިބްރ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އިރާންގެ ރައީސް އަވަހާރަވުމަކީ ލިބުނު ހިތާމައެއް: ރައީސް މުއިއްޒު އިރާންގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމަކީ ލިބިވަޑައިގެންނެވި ހިތާމައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އިރާންގެ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި އީރާންގެ ރައީސް އަދި އަރިހުގައި ދަތުރުކުރެއްވި ވަފުދު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަނީ ވެއްޓިފައެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާންގެ ރައީސް ރައީސީ އާއި ފޮރިން މިނިސްޓަރު ހުސައ... މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ބޮޑުމަގަށް ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން އިންތިޒާމް ކޮށްގެން އިހަވަންދޫގައި ބޭއްވި، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ގެ ޗެމްޕިއަންކަން އެފްސީ ބޮޑުމަގުން ހޯދައިފިއެވެ. ރޭ އިހަވަންދޫގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ބޮޑުމަގާއި އެންވީކޭއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށު އުފުލާލީ ބޮޑުމަގުންނެވެ. މިއީ އިހަވަންދޫއަށް ނިސްބަތްވާ ބޮޑުމަގަށް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުނު ފުރަތަމަ ފަހަރެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ގެއްލިގެން ހޯދަމުން ދިޔަ މުދާ އުފުލާ ދޯންޏާ ގުޅިއްޖެ ގެއްލިގެން ހޯދަމުން ދިޔަ މުދާ އުފުލާ ދޯންޏާ ގުޅިއްޖެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެކެވެ. ‘’AAA-37” ނަމަކަށް ކިޔާ މި މުދާ އުފުލާ ދޯނި ތިލަފުށިން ފުރާފައި ވަނީ 17 މޭ ވީ ހުކުރު ދުވަހު (އިއްޔެ) ހެނދުނު 06:00 ހާއިރު އެވެ. އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ 17:20 […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މުވައްޒަފު ފެނިއްޖެ ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މުވައްޒަފު ފެނިއްޖެއެވެ. ބަންގްލްދޭޝް އަށް ނިސްބަތްވާ އެ މުވައްޒަފު ގެއްލިގެން ހޯދަން ފެށީ އިއްޔެ އެވެ. އެ މީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ވެސް ނެތުމުން، އެ ކަޔަކުގައި އެމީހާ މޫދަށް ފޭބި ކަމަށް އެ ރިސޯޓުން ވަނީ ލަފާކޮށްފައެވެ. މި މީހާ ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ވެސް ފަށައި މިކަމުގައި އިއްޔެ ވަނީ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ''ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ރައީސް ރައިސީ ވަނީ އަވަހާރަވެފައި'' އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެމަނިކުފާނު އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފިއެވެ. އީރާންގެ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި އީރާންގެ ރައީސް އަދި އަރިހުގައި ދަތުރުކުރެއްވި ވަފުދު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަނީ ވެއްޓިފައެވެ. މި ހެލިކޮޕްޓަރު ހޯދުމަށް ރެސްކިއު ޓީމުތަކުން ކުރި މަސައްކަތުން 15 ވަރަކަށް ގަޑިއި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިން ޕީއެންސީ އަށް ސޮއިކޮށްފި ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިން ހަބީބު ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އިއްޔެ ސޮއިކޮށްފިއެވެ. ޕީއެންސީން އިއްޔެ ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރެންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި ޝާމިން ހަބީބު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައި ކަމަށެވެ. ޕީއެންސީއާއި ޝާމިން ގުޅިވަޑައިގަތުމުން ފޯމާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ޝާމިން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މޫސުން ގޯސްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި ހުޅަނގު މޫސުން ފެށި، ވައިބާރުވެ ވިއްސާރަވެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރުނު އިލްތިމާސްގައި ބުނެފައިވަނީ މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ވަޔާއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ރުއްރުކުން ހިކިފަނާއި ކާށި އަދި ގަސްގަހުން ހިކިފައިވާ ގޮފިފަދަ ތަކެތި ވެއްޓެމުން އަންނަ ކަމަށާއި، އެހެންކަމުން އާންމު ފަރުދުންގެ ގޯތިގެދޮރުގައި ހުންނަ ރުއްތައް ސާފުކޮށް،... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އުއްމީދަކީ އީރާންގެ ރައީސް އާއި ވަފުދުގެ ބޭފުޅުން ހެޔޮ ހާލުގައި ފެނުން: ރައީސް އުއްމީދަކީ އީރާންގެ ރައީސް ޑރ. އިބްރާހިމް ރައިސީ އާއި ވަފުދުގެ ބޭފުޅުން ހެޔޮ ހާލުގައި ފެނުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އީރާންގެ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި އީރާންގެ ރައީސް އާއި އަރިހުގައި ދަތުރުކުރެއްވި ވަފުދު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަނީ ވެއްޓިފައެވެ. މި ހާދިސާއާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި މެދުވެރިކޮށް ކުރެއ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބުކޮށް ސިޓީން ރެކޯޑް ހަދައިފި ލީގުގެ ފަހު މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ވެސްޓްހޭމްގެ މައްޗަށް ކުރި ހޯދައި، ޕްރިމިއާ ލީގު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ސިޓީން ކާމިޔާބުކޮށް ރެކޯޑް ހަދައިފިއެވެ. ޕްރިމިއާ ލީގުގެ ތާރީހުން 136 އަހަރު ފާއިތުވެފައިވާއިރު، ޖެހިޖެހިގެން ހަތަރު ފަހަރު ލީގުގެ ޗެމްޕިއަންކަން މީގެ ކުރިން އެއްވެސް ޓީމަކަށް ހޯދިފައި ނުވެއެވެ. ޕްރިމިއާ ލީގުގައި ރަސްކަން ކުރަމުން އަންނަ ސިޓީން މިވަނީ މިފަހަރު ލީގު ކާމިޔާބުކޮށް ޖެހިޖެހިގެން ހަތަރު ފަހަރު ލީގު ޗެމްޕިއަންކަން ހޯދައި ތާރީހު ބަދަލުކޮށްފައެވެ. މިރޭ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ރިސޯޓެއްގެ ބިދޭސީ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފި ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުގެ ބަންގްލަދޭޝް މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، އެ ރިސޯޓުނަ ގެއްލިގެން ހޯދަމުން ދަނީ އުމުރުން 32 އަހަރުގެ މީހެއް ކަމަށެވެ. އެމީހާ ގެއްލިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 15:54 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފާހަނާގައި ބޮޑުވާ ފެންގަނޑު މަގުމައްޗަށް ފައިބާ ގޮތަށް ލޯވަޅެއް އެޅުމުން ޖޫރިމަނާ ކޮށްފި މަގުމައްޗަށް ފެންފައިބާތީ މާލޭ ސިޓީ ކައުންސިލުން ޗެކުކުރިއިރު އެގޭގެ ފާހަނާ ފެންބޮޑުވެގެން ފާހަނާތެރެއިން ލޯވަޅެއް ތޮރުފާލައި ފެން ބޭރަށް ފައިބާގޮތަށް ވަނީ ހަދާފައިވާ ކަމަށާއި އެކަން ކުރިމީހާ ޖޫރިމަނާ ކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ. އެ ގެއިން ފެން ފައިބާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކޮށް، މާލެ ސިޓީ ކައުންސިލުން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ގެއަކުން މަގުމައްޗަށް ފެންފައިބާތީ ސިޓީ ކައުންސިލުން އެ ތަން ޗެކުކުރި ކަމަށެވެ. އަދި ބުނެފައިވަނީ މިކަން ކުރިފަރާތަށް ވަނީ އެކަ... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވާތީ, އިމާރާތްކުރާ ސައިޓުތައް މަދިރި އާލާނުވާނެހެން ސާފުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާއިން އަންގައިފި އެވެ. އެ މިނިސްޓްރީން މިއަދު ނެމިނސިްޓްރީއިން ނެރުނު އިޢުލާނެއްގައިބުނީ, އިމާރާތްކުރާ ސައިޓުތަކަކީ މަދިރި އާލާވާފަދައިން ފެން ހަރުލާފައި ހުންނަ ތަންތަނަށް ވާތީ އެފަދަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެ... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި ތިން މީހަކު ހައްޔަރުކޮށްފި ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. މިކަމުގެ މަޢުލޫމާތު ހިއްސާ ކުރަމުން ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ދެ ފުލުހަކާމެދު، ތިން މީހަކުވެގެން ވަޅިން ބިރުދައްކާ މާރާމާރީ ހިންގާފައި ވަނީ ރޭ 22:00 ހާއިރު ކަމަށެވެ. އެ މީހުން އެ ޢަމަލު ހިންގީ ކުލަ ހެދުމުގައި ތިބި ދެ ފުލުހަކާމެދު ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނިގޮތުގަައި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން