ރާއްޖެ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު މޫސުމީ ސަމާލު، ރީނދޫ ސަމާލު ފުރަތަމަ ނެރެފައި ވަނީ ހެނދުނު 6:30 އިން 10:30 އަށް، ށ. އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅެއް ހިމެނޭހެން އައްޑޫ ސިޓީ އާއި ހަމައަށެވެ. އެއަށަފަހު މި ވަގުތު މެންދުރުފަހު 2:30 އާއި ހަމައަށް އެ ސަރަހައްދުތަކަށް ވަނީ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ނޮލެޖް ސެންޓަރާއި ޕަބްލިކް ލައިބްރަރީގެ ލޯގޯ ފަރުމާކޮށްދޭނެ ބަޔަކު ހޯދަނީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ނޮލެޖް ސެންޓަރާއި ޕަބްލިކް ލައިބްރަރީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އެ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި ދެ ލޯގޯ ފަރުމާ ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި އެ ސިޓީގެ ނޮލެޖް ސެންޓަރާއި ޕަބްލިކް ލައިބްރަރީގެ މަސައްކަތްތައް ރަމްޒުކޮށްދިނުމާއި، އެ ސިޓީގެ ތާރީހާއި ސަގާފަތާއި އާދަކާދައާއި މަސައްކަތްތެރިކަމާއި ހުނަރު ރަމްޒުކޮށްދިނުން ހިމެނެއެވެ. މި ދެ ގެ ލޯގޯ ފަރުމާކުރުމަށް ރާއްޖޭގެ ޑިޒައިނަރުންނަށާއި ރެޖިސްޓްރީ ކޮށްފައިވާ ވ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއަކަށް ފޯޑެން އިނގިރޭސި ޕްރިމިއާ ލީގުގެ، މި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް މެންޗެސްޓާ ސިޓީގެ އިންގްލެންޑް މިޑްފީލްޑަރ ފިލް ފޯޑެން ހޮވިއްޖެއެވެ. އުމުރުން 23 އަހަރުގެ ފޯޑެންގެ ފަރާތުން މި ސީޒަންގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އޭނާ ވަނީ ލީގުގައި ސިޓީއަށް ކުޅެދިން މެޗުތަކުގައި 17 ލަނޑުޖަހައި 8 ލަނޑު ޖަހަން އެހީތެރިވެދީފައެވެ. ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމާއި ފިޔަވަޅަކާއި ގާތަށް ސިޓީން ޖެހިލާފައިވާއިރު، ފާއިތުވި ހަތަރު ސީޒަންގައި ވެސް ޕްރިމިއާ ލީގުގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ 18 އަތޮޅެއް ހިމެނޭ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ށ.އަތޮޅުން ފެށިގެން 17 އަތޮޅެއް ހިމެނޭ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ށ. އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅެއް ހިމެނޭހެން އައްޑޫ ސިޓީ އާއި ހަމައަށެވެ. މި ސަމާލުގައި ނުހިމެނެނީ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅެވެ. ނަމަވެސް މި ދެ އަތޮޅަށް ވެސް މޫސުން އޮތީ ގޯސްކޮށެވެ. ކަނޑުތައް ގަދަވެ، މިހާރު ވެސް މި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު އެންމެ މެޗަކުން ވެސް ބަލިނުވެ ލީގު ނިންމައި، ލެވަކޫސަން ތާރީހުގެ ތެރެއަށް ޖަރުމަނު ލީގުގައި މި ސީޒަންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ބަޔާން ލެވަކޫސަން އިން ލީގު ނިންމައި ތާރީހީ ކާމިޔާބެއް ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލެވަކޫސަން އިން ވަނީ އޮއުސްބާގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރިހޯދާފައެވެ. ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސަން އިން ފަސް މެޗު އޮއްވައި ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ވަނީ ކަށަވަރު ކޮށްފައެވެ. ރޭ މެޗަށް ފަހު އެ ޓީމާއި ޝީލްޑް ހަވާލުކުރިއިރު، މިއީ އެ ޓީމްގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ފުރަތަމަ ހަ މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ކުރިމަގުގެ ބިންގާ އެޅިއްޖެ: ފައިސަލް ފުރަތަމަ ހަ މަސް ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ބިންގާ އެޅިގެން ގޮސްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިހެން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަމަ ހަ މަސްދުވަހުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ލަނޑުދަނޑިއާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ފައިސަލް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިމަގު ބައްޓަނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އިންޑިއާ އަށް ނިސްބަތްވާ ތިން މީހަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި އިންޑިއާ އަށް ނިސްބަތްވާ ތިން މީހަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި އެވެ. މިއަދު އިމިގްރޭޝަނުން ފޮޓޯ ޢާންމުކޮށް، އެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ، ރޯހިތް ކުމާރު (33އ) އާއި ގުރުޖަންތް ސިންގް (24އ) އަދި ޝަމްޝޭން އަލަމް (35އ) އަށެވެ. https://x.com/immigrationmv/status/1791783044086727013?s=52 އެ ތިން މީހުންނަށް އިމިގްރޭޝަނުން އަންގާފައިަނީ ކުރިއަށް އޮތް ރަސްމީ ފަސްދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށެވެ. އެ މީހުން އިމިގްރޭޝަނަށް ހާޒިރު ވާން އެންގި ސަބަބެއް އިމިގްރޭޝަނުން ހާމަ ކ... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ މާފުށީ ގޮނޑުދޮށުގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވެއްޖެ ކ.މާފުށީ ގޮނޑުދޮށުގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވި އަލިފާން މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މާލެ އޭރިއާ ކޮމާންޑް، މާފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންގެ މަސައްކަތުން ނިއްވާލައިފިއެވެ. އެމްއެންޑީއެފް އިން ހާމަކުރި ގޮތުގައި މި ލޯންޗުގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ މާފުށި ސްޓޭޝަނަށް ލިބުނީ މެންދުރު 12:34 ހާއިރެވެ. އަދި އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކުރިއިރު، އަލިފާން ނިއްވާލެވިފައި ވަނީ 12:46 ހާއިރު ކަ... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ އީދު ފާހަގަ ކުރަން 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅައިފި އަންނަ ބޮޑު އީދު ތިން ރަށެއްގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ހުޅުވާލި ފުރުސަތުގައި 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ކަލްޗާ މިނިސްޓްރީން ބުނެފި އެވެ. އަޟްހާ އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެކަމަށް ހުޅުވާލި ފުރުސަތު ހުކުރު ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު 26 ރަށަކުން ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށް ކަލްޗާ މިނިސްޓްރީން ބުނެ އެވެ. އެ […] އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ މަސައްކަތް ކުރުމުން ހުއްޓުވައި ޖޫރިމަނާކޮށްފި މާލެސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ މަސައްކަތް ކުރަމުންދިޔަ ތަނެއްގެ މަސައްކަތް މާލެސިޓީ ކައުންސިލުން ހުއްޓުވައި ޖޫރިމާނާކޮށްފިއެވެ. މާލެސިޓީ ކައުންސިލުން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ، ޤަވާއިދާއި ހިލާފަށް މަސައްކަތް ކުރަމުންދިޔަ ތަނެއްގެ މަސައްކަތް ހުއްޓުވާ ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ. “މަސައްކަތް ކުރާއިރު އެންމެހާ ބޭފުޅުންވެސް މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވާ.” މާލެސިޓީ ކައުންސިލުން ބުނެފައިވެއެވެ. https://x.c... އަލީ އާދިލް · 2 އަހަރު ކުރިން
ކުޅިވަރު އަމަލުތައް ބެހެއްޓިގޮތުން އަލެގްރީއަށް މަގާމް ގެއްލިއްޖެ ޔުވެންޓަސްއާއި އެތުލާންޓާ ބައްދަލުކުރި އިޓާލިއަން ކަޕް ފައިނަލް މެޗަށްފަހު އަމަލުތައް ބެހެއްޓިގޮތުން، ޔުވެންޓަސްގެ ކޯޗުކަމުން މަސިމިލިއާނޯ އަލެގްރީ، ވަކިކޮށްފިއެވެ. ޔުވެންޓަސްއާއި އެތުލާންޓާ ބައްދަލުކުރި އިޓާލިއަން ކަޕްގެ ފައިނަލް މެޗު ކުޅެފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ. އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަން ކަން ހޯދީ ޔުވެންޓަސްއެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު ހަތަރު ވަނަ މިނެޓުގައި ޖަހައިދިނީ ވްލަހޮވިޗެވެ. ރެފްރީ މެޗު ނިންމާލި ވަގުތު އަލެގްރީ ވަނީ ހަތަރުވަނަ އޮ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މުދާ އުފުލާ ދޯންޏެއް ގެއްލިގެން ހޯދަނީ މުދާ އުފުލާ ދޯންޏެއް ގެއްލިގެން، އެ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެކެވެ. “AAA-37” ނަމަކަށް ކިޔާ މި މުދާ އުފުލާ ދޯނި ތިލަފުށިން ފުރާފައި ވަނީ 17 މޭ ވީ ހުކުރު ދުވަހު (އިއްޔެ) ހެނދުނު 06:00 ހާއިރު އެވެ. ތިން މީހުންނާއެކު ފުރި މި ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރޭ ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށް، ރޭ މެންދަމު 12:00 އިން ހެނދުނު 6:00 އާއި ހަމަ އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން މިހާރު މި ސަމާލުގެ ވަގުތު ދަންމާލާފައިވާއިރު، މި ސަމާލުގެ މިހާރުގެ ވަގުތަކީ މިއަދު ހެނދުނު 6:00 އިން […] ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ މޫސުމަށް ސަމާލުވެ، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެދިއްޖެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދިވެހި ދިފާޢީ ބާރުން އިލްތިމާސްކޮށްފިއެވެ. ޤައުމީ ދިފާޢީ ބާރުން މިފަދަ އިލްތިމާސެއްކުރީ، މޫސުމާ ބެހޭ ޤައުމީ އިދާރާ، މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ކުރިއަށް އޮތް ތިން ދުވަހަށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައިވާތީކަމަށް އެ އިދާރާއިން ބުނެފަވެއެވެ. މިގޮތުން ޚާއްޞަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކު... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ މޫސުން ގޯސްވާނެ، މުޅި ރާއްޖެއަށް ހުދު ސަމާލު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު […] ޙުސައިން ޝަހުދީ · 2 އަހަރު ކުރިން