ދިވެހި ބަހުގެ ވާހަކަދެއްކުންތެރިމުގެ ހުނަރު ދަސްކޮށްދިނުމުގެ ހަރަކާތެއް ހއ. މޮޅަދޫ ގައި ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ އެރަށު ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާކެވެ.

Ad
rt

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ، މި މޭ މަހުގެ 18 އިން 19 އަށް ކުރިއަށް، "ހުށަވާރު 2024" ޕްރޮގްރާމްގެ ނަމުގައެވެ.

މި ހަރަކާތަކީ، ބަލާޣާތްތެރިކަމާއި ފަޞާހާތްތެރިކަމާއެކު، ޖެހިލުމެއް ނެތި މައް ދިވެހިބަހުން ތަފާތު ހަފްލާތަކާއި ރަސްމިއްޔާތުތައް ހުށަހަޅައިދޭނެ އަދި އެފަދަ ހަރަކާތްތަކުގައި ވާހަކަ ދައްކާނެ ފަރާތްތައް އުފެއްދުމަށް ބޭނުންވާ އަސާސީ ހުނަރުތައް ދަސްކޮށްދިނުމުގެ ހަރަކާތެއްކަމަށް އެ ކައުންސިލުން ބުނެއެވެ.

މޮޅަދޫގައި ބޭއްވި "ހުށަވާރު 2024" ހަރަކާތުގެ ބައިވެރިންނާއި މުދައްރިބުން، ފޮޓޯ: ކައުންސިލް

މި ހަރަކާތުގެ މުދައްރިބުންގެ ގޮތުގައި މަސައްކަތްކޮށްދެއްވި ހއ އިހަވަންދޫ / މޫރިތިގެ ފަތުޙުﷲ އަޙްމަދު އަދި ސައުދުﷲ އަޙްމަދު ރަޝީދެވެ. މި މުދައްރިބުންނަކީ ވެސް ދިވެހި ބަހުގެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ މިފަދަ އެތައް ގިނަގުނަ ތަމްްރީނެއް ހިންގަވައިދެއްވަމުން ގެންދަވާ ބަހުގެ ދެ ޚިދުމަތްތެރީންނެވެ.

މުދައްރިބުންނަށް މޮޅަދޫ ކައުންސިލުން ވަނީ އެ ކައުންސިލާއި ހަރަކާތުގެ ބައިވެރިންގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ.