ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާއެކު، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް އެ ސިޓީގައި ހުންނަ ސަރުކާރުގެ ސްކޫލްތަކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ސިޓީ ކައުން ބުނީ މޭޔަރުގެ މި ޒިޔާރަތުގައި އެ ތިން ސްކޫލްގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވާ ސްކޫލްތަކުގެ އަދާހަމަ އާއި މިވަގުތު ހުރި ގޮންޖެހުންތައް އޮޅުންފިލުއްވައި، ދިރާސީ އައު އަހަރުގެ ތަޙުނިޔާ ދަންނަވާފައިވާ ކަމަށެވެ.

Ad
rt

ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލްކަމަށްވާ ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލާއި އަދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މި އަހަރު ޖުމްލަ 2874 ދަރިވަރުން ތަޢުލީމު ޙާޞިލް ކުރަމުން އަންނަކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މޭޔަރުގެ މި ޒިޔާރަތުން އެ ސްކޫލްތަކުގައި ކިޔަވައިދިނުމަށް އެކަށީގެންވާ މިންވަރަށް މުދައްރިސުން ތިބިކަމާއި ދަރިވަރުންގެ ފޮތްތައް ލިބުމުގައި ދަތިކަމެއް ނެތްކަން ސްކޫލްތަކުން ފާހަގަކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

''މިވަގުތު 3 ސްކޫލަށްވެސް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން، އަދި މި މައްސަލަ ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލްތަކުގައި ފަށާފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫތަކުގެ މަސައްކަތް ހުއްޓިފައިވުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް.'' ސިޓީ ކައުންސިލުން ބުނެފަވެއެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ރާއްޖޭގައި ފެށިއިރު، ސަރުކާރާއި އަމިއްލަ މަދަރުސާތަކުގައި 96000 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރު އުނގެނޭނެ އެވެ.

މިއަހަރު މުޅި ރާއްޖޭގައި ޖުމްލަ 12662 މުދައްރިސުން މަދަރުސާތަކުގައި މަސައްކަތްކުރައްވާނެއެވެ. މީގެ ތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 10729އެވެ. އަދި ބިދޭސީ މުދައްރިސުންގެ އަދަދަކީ 1933އެވެ.