ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ގެދޮރުވެރިކަމާ ގުޅުންހުރި ކަންކަމަށް އުފައްދަން ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.

ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތަކާއެކު އެ ކޮމިޓީ އުފެދިގެން ދާނެ ކަމަށެވެ. އާންމު ކޮމިޓީން އެގޮތަށް ނިންމިޔަސް، މަޖިލިހުގެ ތަޅުމުން އެކަން ފާސް ކުރަން ޖެހެއެވެ.

Ad
rt

ނާޒިމް ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އަންނަ ޖޫން މަސް ނިމޭއިރު އުފެއްދޭނެ ކަމަށެވެ. މި ކޮމިޓީއާއެކު ގެދޮރުވެރިކަމާ ގުޅިގެން މީގެ ކުރިން ދިމާވެފައިހުރި މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނަވާރަ ވަނަ މަޖިލިހުން ވެސް ލާމަރުކަޒީ ކޮމިޓީ އާއި އެންވަޔަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަދި ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީ ނަމުގައި ކޮމިޓީތަކެއް އުފައްދައިފައެވެ.

ގެދޮރުވެރިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ އެއް ސިޔާސަތެކެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، ގާނޫނީ ގޮތުން ގެނެވެން ހުރި ބަދަލުތައް ގެނެސް އާ ގާނޫނުތައް އެކުލަވައިލުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމޭއިރުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް ނުހުންނާނެއެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ މިދިޔަ އަހަރު ރަސްމާލެ މަޝްރޫއު އިފްތިތާހުކޮށްފައެވެ.