މަޖިލިސް އައްޑުއަށް ސާފު ބޯފެން ނުލިބޭ މައްސަލައިގައި މަޖިލިހަށް ކުއްލި މައްސަލައެއް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ބޯފެން ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މި ކުއްލި މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ. ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ މިދިޔަ އޭޕްރީލް މަހުން ފެށިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ބޯފެން ލިބުމުގައި ދަތިވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ އާއްމު ދިރިއުޅުމަށްް [... މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކަނޑިތީމު އުޅިއަށި ބޯޓު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެ ށ. ކަނޑިތީމު އުޅިއަށި ބޯޓު ގިނަ އަދަދެއްގެ މުދަލާއެކު އެ އަތޮޅު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެއެވެ. ބިލެތްފަހި ކައުންސިލުން ބުނިގޮތުގައި އެ ބޯޓު އެރަށުގެ ކަނޑިންމައިން ވަދެގެން އަންނަނިކޮށް ބޯޓު ވަނީ ނެރުގެ އެއްފަރާތަށް ބީހިފައެވެ. އަދި ބޯޓު ނެރުގެ އެއްފަރާތަށް ބީހުމުގެ ސަބަބުން އެ ބޯޓަށް ދިޔަވާން ފެށިކަމަށް ކައުންސިލުން ބުންޏެވެ. އެ ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ބޯޓުގައި ހުރި މުދާ ސަލާމަތްކުރުމަށް އެރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ނުކުމެ މަސައްކަތްކުރަމުން އަންނަކަމަށް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު އެމްބާޕޭ ރެއާލަށް ސޮއިކޮށްފި ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެމްބާޕޭއަކީ ފާއިތުވި އަހަރުތަކުގައި ރެއާލުން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރި ކުޅުންތެރިޔާއެވެ. އެމްބާޕޭ ރެއާލަށް ބަދަލުވާން ބޭނުން ވިޔަސް އޭރު އެކަން ނުވެއޮތީ ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރުމުން އެ ޓީމުން އޭރު އޭނާ ވިއްކަން ބޭނުން ނުވުމެވެ. އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. ވުމާއިއެކު އޭނާ ރެއާލަށް ބަދަލުވާ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އީރާނުގެ ކުރީގެ ރައީސް އަހުމަދީނިޖާދު އަނެއްކާވެސް ރިޔާސީ ރޭހުގައި ނުކުންނަވަނީ އީރާނުގެ ރިޔާސީ އިންތިހާބަށް ރަޖިސްޓްރީވުމަށް ހުޅުވާލި ތާރީހުގައި، ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދު ވެސް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައިފިއެވެ. 2005 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ދެމެދު ޖެހިޖެހިގެން ހަތަރު އަހަރުގެ ދެ ދައުރަކަށް އެ ގައުމުގެ ރައީސްކަން ކުރެއްވި އަހުމަދީނިޖާދު އާދީއްތަ ދުވަހުގެ ހެނދުނު ތެހެރާނުގައި ހުންނަ އިންތިހާބީ މައި މަރުކަޒަށް ވަޑައިގެންނެވީ ގާތް ބޭފުޅުންނާ އެކުގައެވެ. ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ގައުމުގެ އެންމެ އިސް ލީޑަޝި... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޖަބާލިއާ ކޭމްޕުން އިސްރާއީލު ސިފައިން ނުކުތްތާ 2 ދުވަސް ފަހުން ފަލަސްތީނުގެ 120 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ފެނިއްޖެ ޣައްޒާގެ އުތުރުގައި ހުންނަ ޖަބާލިއާ ކޭމްޕުން އިސްރާއީލު ސިފައިން ނުކުތްތާ ދެ ދުވަސް ފަހުން ފަލަސްތީނުގެ 120 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ކުނިތަކުގެ ތެރެއިން ފެނިފަ އެވެ. ކަމަލް އަދްވާން ހޮސްޕިޓަލުގެ މެޑިކަލް އޮފިޝަލުން އަނަޑޯލޫއަށް މައުލޫމާތު ދެމުން ބުނީ ހަލާކުވެފައިވާ މަގުތަކުންނާއި ޖަބަލިއާ ކޭމްޕުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި ތިބި ފަލަސްތީނުގެ 120 އަށް ވުރެ ގިނަ ހަށިގަނޑު އެމަޖެންސީ ކްރޫންނާއި ސިވިލް ޑިފެންސް ޓީމުތަކުން ހޯދާފައިވާ ކަމަށާއި ކުނިތަކުގެ […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ: ޗެމްޕިއަން ފިއުރިޔަސް މުބާރާތް ފެށީ މޮޅަކުން ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ގައި ޗެމްޕިއަން ފިއުރިޔަސް އިން ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. މުބާރާތުގައި ފިއުރިޔަސް އިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ރޭ ނުކުމެފައި ވަނީ ދަ ބެންޗާއި ދެކޮޅަށެވެ. އެ މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައި ވަނީ ފިއުރިޔަސް އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފިއުރިޔަސް ޓީމަށް ކުޅެމުން އަންނަ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ރޮހިންޖާ މުސްލިމުންގެ މައްސަލަ ހައްލުކުރުމަށް އދ. އިން ބާރު އެޅުމަށް ބަންގްލަދޭޝްއިން ގޮވާލައިފި ޒަމާނުއްސުރެ ހިނގަމުންދާ ރޮހިންޔާ ދަރިކޮޅުގެ މައްސަލަ ހައްލުކުރުމަށް އދ.ގެ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ބަނގްލާދޭޝް އިން ގޮވާލާފިއެވެ. ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޙަސަން މަހްމޫދު މިކަމަށް ގޮވާލެއްވީ އދ.ގެ އޮފިޝަލުންނާ އެކު ހުކުރު ދުވަހު ނިއުޔޯކްގައި ބޭއްވެވި ހަތަރު ބައްދަލުވުމެއްގައި ކަމަށް ބަނގްލާދޭޝްގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ބައްދަލުވުންތަކުގައި، އދ.ގެ އެޖެންސީތަކުން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ސަބަބުން، ޚާއްޞަކޮށް... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ''ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ އަގު 50،000ރ އަށް ކުޑަކުރުމަކީ އަމާޒު'' ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން ހައްޖަށް ގެންދާ މީހެއްގެ އަތުން ނަގާ އަގު 50،000 ރުފިޔާއަށް ކުޑަކުރުމަކީ އެ ކުންފުނީގެ އަމާޒުކަމުގައި ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މައްކާގައި ހުންނަވާ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ރާއްޖެއިން މީހުން ހައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާ ލަންކާ އާއި ދެމެދު އެއްބަސްވުމެއް ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާ ލަންކާ އާއި ދެމެދު ޓްރީޓީއެއްގައި ސޮއިކުރަން ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެއްވުމަށް ހުށައެޅުއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާ ލަންކާ އާއި ދެމެދު ސޮއިކުރަން ނިންމާފައިވާ އެއްބަސްވުން (ޓްރީޓީ) އަކީ، “ޓްރީޓީ ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހދ. އަތޮޅު ކައުންސިލުން، ވަޒީރު އަޙްމަދު ޝިޔާމްއާ ބައްދަލުކުރައްވައިފި ހދ. އަތޮޅު ކައުންސިލުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާ ބައްދަލުކުރައްވައިފި އެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު އެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގަ އެވެ. މިބައްދަލުކުރެއްވުމުގައި، މަސްވެރިކަމުގެ ދާއިރާއިން ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވި އެވެ. އެ މިނިސްޓްރީން މަޢުލޫމާާތު ދެއްވިގޮތުގައި، އޭގެ ތެރޭގައި އުތުރުގެ ސަރަހައްދުން ފަސޭހައިން މަސްކިރޭނެ ނިޒާމެއް ޤ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ރާއްޖެ މިޔަރެއް ދިން ހަމަލާއެއްގައި ސިފައިންގެ މީހަކު ނިޔާވެއްޖެ ސިފައިންގެ އޮފިސަރަކަށް މިޔަރެއްގެ ހަމަލާއެއްގައި އަނިޔާވެ، ރ. އުނގޫފާރަށް ނިސްބަތްވާ ލާންސްކޯޕްރަލް މުހައްމަދު ޒައިދާން ނިޔާވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ ނިޔާވީ، ޒައިދާނަށް މިޔަރު ހަމަލާ ދިނީ، ލ. މާވަށް ކައިރީ މޫދުގައި ތަމްރީނުގެ ބައެއް ކުރިއަށްދަނިކޮށް ކަމަށެވެ. އޭނާ ނިޔާވީ، މިޔަރު ހަމަލާއާ ގުޅިގެން އޭނާގެ ހާލު ސީރިއަސްވެ، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިރޭގެ 20:40 ހާއިރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިޔަރު ހަމަލާދީފައިވަނީ އެ ޒުވާނާގެ ފަލަމަސްގަނޑަ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ރާއްޖެ މަސައްކަތް ފުރިހަމަ ކުރުމުން މަރުކޮމިޝަން އުވާލައިފި މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި އުފެއްދި ރިޔާސީ ކޮމިޝަން އުވާލައިފިއެވެ. މަރު ކޮމިޝަން އުވާލާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނެރުއްވި ގަރާރެއް މެދުވެރިކޮށެވެ. މިއަދު ނެރުއްވި އެ ގަރާރުގައި ވަނީ މަރު ކޮމިޝަން އުވާލާފައި ވަނީ އެ ކޮމިޝަނާއި މަތިކޮށްފައިވާ މަސައްކަތްތައް ނިންމަވާފައިވާތީ ކަމަށެވެ. މަރު ކޮމިޝަންގެ ފައިނަލް ރިޕޯޓު ރައީސް އޮފީހާއި މެއި މަސް ނިމުމުގެ ކުރިން ވަނ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލްގެ މުވައްޒަފުންގެ މުސާރަ ހާމަކުރާކަށް ނުޖެހޭނެ: ބީއެމްއެލް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންގެ މުސާރަ ހާމަކުރަން ނުޖެހޭނެ ކަމަށް ބޭންކުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ބީއެމްއެލްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އެ ބޭންކުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި އިސްރާއީލު ޕާސްޕޯޓް މަނާކުރަން ސަރުކާރުން ނިންމައިފި އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ. އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. ކެބިނެޓް ބައްދަލުވުމަށް ފަހު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާން ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މޫސަގެ މަރުގެ ތުހުމަތުވާ މީހާ ބަންދު ނުކުރާތީ ޕީޖީން އަނެއްކާވެސް ސުޕްރީމް ކޯޓަށް މާލޭގައި ޒުވާނަކު މަރާލި މައްސަލާގައި ދައުވާލިބޭ މީހާ ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އަނެއްކާވެސް އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ. އައިޓަމްސް ފިހާރަ ކައިރީގައި 2017 ވަނަ އަހަރު ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަރާލި މައްސަލާގައި އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ދައުވާކުރާ މައްސަލަ ހައި ކޯޓުން ނިމެންދެން ސައްމާހު ބަންދުކުރަން ދައުލަތުން އެދުމުން ހައި ކޯޓުން […] ހުސައިން ހަބީބް · 2 އަހަރު ކުރިން