ބައިނަލްއަގުވާމީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ފާސްކޮށްފިއެވެ. ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށް ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި 177 މެމްބަރުން ގައުމަކުން ބައިވެރިވިއިރު، އޭގެތެރެއިން 101 ގައުމަކުން ވަނީ ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށް ތާއީދު ކޮށްފައެވެ. އޭގެތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ. ޑަބްލިއުއެޗްއޯގައި ފަލަސްތީނަށް އޮބްޒާވަރުގެ ދަރަޖަ ކުރިން ވެސް ދީފައިވާއިރު، އެ ޖަމި... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށް ގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހްކޮށްފި ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެއާކަންޑިޝަން ހަރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ “ކޫލް ސްކޫލް” ޕްރޮޖެކްޓް އިފްތިތާހްކޮށްފިއެވެ. މި ޕްރޮޖެކްޓް އިފްތިތާހް ކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު މާފުށީ ސްކޫލުގައި ބާއްވާފައިވާއިރު، ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހް ކޮށްދެވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. ސަރުކާރުން ނިންމާފައި ވަނީ ދެ އަހަރު ތެރޭ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކޮށް ފިނި މާހައުލެއް ގާއިމް ކުރުމަށެވެ. އެ ރަށްމިއްޔާތުގ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ސެމްސަންގުން ގެލެކްސީ ސްމާޓްވޮޗަށް އޭއައި ސްމާޓްސް ގެނެސްފި ސެމްސަންގުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ފަހުކޮޅު އެ ކުންފުނީގެ ގެލެކްސީ ސްމާޓްވޮޗްގެ ލައިންއަށް އެޑްވާންސް އާޓިފިޝަލް އިންޓެލިޖެންސްގެ ގާބިލްކަން އިންޓަގްރޭޓް ކުރާނެ ކަމަށެވެ. ސެމްސަންގްގެ މޮބައިލް ޑިވައިސްތަކަށް ތައްޔާރުކޮށްފައިވާ ލެންގުއޭޖް މޮޑެލްގެ އެހީގައި އުފައްދާފައިވާ އޭއައި ފީޗާތަކުގެ ސަބަބުން ގެލެކްސީ ވޮޗް މޮޑެލްތަކަށް ގުދުރަތީ ވޮއިސް އިންޓަރެކްޝަންތަކާއި އޮޓޮމެޓިކް އެހީތެރިކަން ލިބިގެންދާނެ ކަމަށް ދެކުނު ކޮރެއާގެ ޓެކް ޖަޔަންޓުން ބުނެއެވެ. ސެމްސަންގް އިލެކްޓްރޯ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފަށައިފިއެވެ. މި މުބާރާތް ހޮނިހިރު ދުވަހުގެ ރޭ ނަރުދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބީސީ އާއި ބީސީ ލަޔަންސްއެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ބީސީ އެވެ. މެޗުގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ ބީސީގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރިޕޯޓް 2024 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު އަސްކަރިއްޔާތައް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހަމަނުޖެހުންތަކާއި، ނުތަނަވަސްކަން އުފެދިފައިވާއިރު، ޤައުމެއްގެ އަސްކަރިއްޔާގެ ބޮޑުމިނާއި ވަރުގަދަކަމަކީ އެ ޤައުމެއްގެ އަސްކަރީ ބާރާއި ޖިއޮޕޮލިޓިކަލް ބާރު ދެނެގަތުމުގެ މުހިންމު މިންގަނޑެކެވެ. ގައުމީ ދިފާއު ފޯރުކޮށްދިނުމަށް ގިނަ ގައުމުތަކުގައި ދާއިމީ އަސްކަރީ ބާރުތައް ހުރި އިރު، ރިޒާވް އާއި ޕެރަމިލިޓަރީ ގްރޫޕްތައް ގުނާއިރު، އެތައް މިލިއަން އެކްޓިވް ސިފައިންގެ އަދަދު މަދު ގައުމެއްގައި އެބަހުއްޓެވެ. އެފްރިކާގެ ފަޅުތަކުން ފެށިގެން އޭޝިއާގެ ކޮންޓިނެންޓަލް ލޭންޑްމާސްއާ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ހަމާސް ހަލާކު ވަންދެން ހަނގުރާމަ ކުރިއަށްދާނެ: ނަތަންޔާހޫ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް މުޅިން ހަލާކު ކުރެވެންދެން އެ ޖަމާއަތާ އެކު ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާނުލާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. ނަތަންޔާހޫ މިފަދަ ހަރުކަށި ސްޓޭންޑެއް ގެންގުޅުއްވީ ޣައްޒާގައި އިސްރާއީލު ސިފައިންނާއި ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހނަގުރާމަ ހުއްޓާލުމާ ބެހޭގޮތުން އެމެރިކާގެ ރައީސް ބައިޑެން މަގުޗާޓެއް ނެރުއްވި ދަނޑިވަޅެއްގައެވެ. ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ނަތަންޔާހޫ ވިދާޅުވީ ހަ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ކުޅިވަރު ރެއާލުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި، ޔޫރަޕްގެ ކިންގަކީ އެއީކަން އަނެއްކާ ވެސް ސާބިތުކޮށްދީފިއެވެ. ޗެމްޕިއަންސް ލީގު ފައިނަލް މެޗު ރޭ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރެއާލް މެޑްރިޑާއި ބްރޫޝިއާ ޑޯޓްމަންޑެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ރެއާލުން މި ވަނީ ޔޫރަޕްގެ ރަސްކަމަށް އަރާފައެވެ. މިއީ ފާއިތުވި 11 އަހަރުތެރޭ ރެއާލުން ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރި ހަވަނަފަހަރެވެ. […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ހާފިޒުން ތަމްރީނު ކުރުމުގެ އުސޫލަށް ބަދަލުތަކެއް، މާލެ ދާންޖެހެނީ އިމްތިހާން ހެދުމަށް އެކަނި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ޤުރުއާން ހިތުދަސްކޮށް، އެ ތަނުން އިމްތިހާން ހަދާ ދަރިވަރުންނަކީ ހާފިޒުން ކަމުގައި ބަލައިގަންނަ ގޮތަށް، ހާފިޒުން ތަމްރީނު ކުރުމުގެ އުސޫލަށް ފަސޭހަ ލުރި ބަދަލުތަކެއް ގެނެސްފިއެވެ. ބަދަލުތަކާއި އެކު “އުސޫލު ނަންބަރު: 21-ޖީ/2024 (ޙާފިޡުން އިމްތިޙާނު ކުރުމުގެ އުސޫލު) މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒޓުގައި އިޢުލާންކޮށްފަ އެވެ. މި އުސޫލު މީގެ ކުރިން އޮންނަ ގޮތުން، ރަށްރަށުގައި ތިބެ، ޤުރުއާން ހިތުދަސް ކުރުމަށް ފަހު، މުރާޖައާކުރުމުގެ އިތުރަށް، އިމްތ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ޚަބަރު ނޮޅިވަރަމް ގައި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފި ހދ. ނޮޅިވަރަމް ގައި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފި އެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި، ހދ.ނޮޅިވަރަމް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ނެވެ. އެ ރަށުން 22 މީހަކު ބައިވެރިވި މި ކުލާހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ. މިއަދު ކުރިއަށްގެންދިޔަ މި ކުލާހުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ޚަބަރު ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް، ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެ: ސްޓެލްކޯ ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް، ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. ސްޓެލްކޯއިން ބުނީ، ކަރަންޓް ބިލްތަކާ ގުޅޭ ޝަކުވާތައް ހުށަހަޅަން ހާއްސަކޮށްފައިވާ ހޮޓްލައިން ނަމްބަރު 7788438 މެދުވެރިކޮށް ވަޓްއެސްއެޕާއި ޓެލެގުރާގްމްގެ އިތުރުން މެއިލް މެދުވެރިކޮށް ވެސް ޝަކުވާ ފޮނުވޭނެ ކަމަށެވެ. އީމެއިލް އަކީ Billing@stelco.com.mv އެވެ. ސްޓެލްކޯއިން މިފަދައިން އެދިފައިވަނީ، އެ ކުންފުނިން އެންމެ ފަހުން ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވި މައްސަލައާއި ގުޅި... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ރާއްޖެ ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި ނިޔާވެއްޖެ އދ. ދަނގެތީ ކައިރީ ފާނަ ބާނަން މޫދަށް ފައިބާ އޮތް މީހެއް ގައިގައި ލޯންޗަކުން ޖެހި، އެމީހާ ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ ދަނގެތީ ކައިރީ ފާނަ މަސްވެރިކަމު އުޅުނު މީހެއްގެ ގައިގާ ލޯންޗަކުން ޖެހިގެން އެކަމުގެ ރިޕޯޓު މިއަދު އެ މުއައްސަސާ އަށް ލިބިފައިވާ ކަމަށެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:55 ހާއިރު އެވެ. ލޯންޗުން ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު މާޓިނޭޒް އިންޓަ މިލާނުގައި މަޑުކުރަން ނިންމައިފި އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ފޯވާޑް ލައުޓާރޯ މާޓިނޭޒްއަށް، އެ ޓީމުން ހުށަހެޅި އެއްބަސްވުން ގަބޫލުކޮށް އެ ޓީމުގައި މަޑުކުރަން ނިންމައިފިއެވެ. އުމުރުން 26 އަހަރުގެ މާޓިނޭޒް މިހާރު އިންޓައާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. އައު ކޮންޓްރެކްޓްގެ ދަށުން އޭނާ އިންޓަ މިލާނުގައި 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަކަށް މަޑުކުރާނެއެވެ. އަލަށް ހަދާ އެއްބަސްވުމުގެ ދަށުން އިންޓައިން ވަނީ މާޓިނޭޒްއަށް އަހަރަކު ނުވަ މިލިއަން ޕައުންޑްގެ ދިނުމަށް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އަފްޣާނިސްތާނުގައި 14.2 މިލިއަނަށް މީހުންނަށް ކާބޯތަކެތީގެ ނުރައްކާ އެބޮތް: އދ އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 14.2 މިލިއަން މީހުންނަށް ކާބޯތަކެތީގެ ނުރައްކާތެރިކަން މިހާރު ކުރިމަތިވެފައިވާ ކަމަށް އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިން ބުނެފިއެވެ. އެފްއޭއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ރިޗަޑް ޓްރެންޗާޑް ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ޖަމިއްޔާއިން އެންމެ ފަހުން އެކުލަވާލި އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) ގެ 2024 ވަނަ އަހަރުގެ މާޗް-އޭޕްރީލް ރިޕޯޓަށް ބަލާއިރު، 14.2 މިލިއަން މީހުން ނުވަތަ އަފްޣާނިސްތާނު... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ކުޅިވަރު ފެނަބާޗޭގެ ކޯޗަކަށް މޮރީނިއޯ ތުރުކީ ލީގުގެ ފެނަބާޗޭގެ ކޯޗުކަމާއި ހަވާލުވާން މޮރީނިއޯ އެއްބަސް ވެއްޖެއެވެ. އުމުރުން 61 އަހަރުގެ މޮރީނިއޯ ފެނަބާޗޭއާއި ހަވާލުވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން އޭނާ 2026 ވަނަ އަހަރުގެ ސީޒަން ނިމެންދެން އެ ޓީމްގައި މަޑުކުރާނެއެވެ. އެއަށްފަހު އިތުރު އަހަރަކަށް އެއްބަސްވުން އިތުރު ކުރެވޭ މާއްދާ އެއްބަސްވުމުގައި ހިމެނާފައިވއެވެ. ތުރުކީ ލީގުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ފެނަބާޗޭ މި ސީޒަން ނިންމާލީ ލީގުގެ ދެވަނާގައި އޮވެއެވެ. އެ ޓީމުން 99 ޕޮއިންޓް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ހޫނުގަދަވެ އިންޑިއާގެ އެކިސަރަޙައްދު ތަކުން 18 މީހުން މަރުވެއްޖެ އިންޑިއާގައި ހޫނުގަދަވުމުގެ ސަބަބުން އެގައުމުގެ އެކި ސިޓީތަކުން 18 މީހަކު މިހާތަނަށް މަރުވެފައިވާއިރު، ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސް (122 ފެރެންހައިޓް) އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ. އިރުމަތީގެ ސްޓޭޓްތައް ކަމަށްވާ އޮޑިޝާ އާއި ބިހާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ 10 މީހުން ވަނީ މަރުވެފަ އެވެ. ވެރިރަށް ނިއު ދިއްލީގައި ވެސް އެކަކު މަރުވެފައިވާއިރު، ހޫނުމިން ގަދަވުމުގެ ސަބަބުން އެ ސިޓީގެ އެއާޕޯޓުގައި ވަނީ ހަމަނުޖެހުން […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން