އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ޤުރުއާން ހިތުދަސްކޮށް، އެ ތަނުން އިމްތިހާން ހަދާ ދަރިވަރުންނަކީ ހާފިޒުން ކަމުގައި ބަލައިގަންނަ ގޮތަށް، ހާފިޒުން ތަމްރީނު ކުރުމުގެ އުސޫލަށް ފަސޭހަ ލުރި ބަދަލުތަކެއް ގެނެސްފިއެވެ.

ބަދަލުތަކާއި އެކު "އުސޫލު ނަންބަރު: 21-ޖީ/2024 (ޙާފިޡުން އިމްތިޙާނު ކުރުމުގެ އުސޫލު) މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒޓުގައި އިޢުލާންކޮށްފަ އެވެ.

Ad
rt

މި އުސޫލު މީގެ ކުރިން އޮންނަ ގޮތުން، ރަށްރަށުގައި ތިބެ، ޤުރުއާން ހިތުދަސް ކުރުމަށް ފަހު، މުރާޖައާކުރުމުގެ އިތުރަށް، އިމްތިހާން ހެދުމަށް ވެސް މާލެ އަންނަން ޖެހޭނެއެވެ.

އެހެން ނަމަވެސް އެ އުސޫލަށް ގެނައި ބަދަލާއެކު ރަށްރަށުގައި ތިބެ ޤުރުއާން ހިތުދަސްކޮށް، މުރާޖައާ ވެސް ކުރެވޭނެއެވެ. އެ ގޮތުން މާލެ އަންނަންޖެހޭނީ ހަމަ އިމްތިހާން ހެދުމަށެވެ.

މި އުސޫލުގެ ދަށުން ހާފިޒުކަމުގެ އިމްތިހާނަކީ ވަކިން ހަދަންޖެހޭ އެއްޗެކެވެ. އެ ގޮތުން ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުގައި ރެޖިސްޓްރީކޮށްގެން ހިންގާ، ޤުރުއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ހާފިޒުކަމުގެ އިމްތިހާން ކޮށްދިނުމަށް އެދި، ގުރުއާނާބެހޭ މަރުކަޒަށް ހުށަހެޅުމުން އެ ދަރިވަރަކު އިމްތިހާންކޮށްދެއެވެ.

ހާފިޒުން ތަމްރީނު ކުރުމުގެ އުސޫލަށް ގެނައި ބަދަލާ އެކު، އިސްލާމީ ޔުނިވަސިޓީން ޤުރުއާން ދަސްކޮށް، އެ ތަނުން އިމްތިހާން ހަދާ ދަރިވަރުން، އިތުރު އިމްތިހާން ހެދުމަކާނުލައި ހާފިޒުންގެ ގޮތުގައި ބަލައިގަންނަންވަނީ ނިންމާފައެވެ.

ޤުރުއާނާބެހޭ ގައުމީ މަރުކަޒަޒުގައި ރެޖިސްޓްރީކޮށްގެން ހިންގާ، ޤުރުއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ނަމަ، ނުވަތަ އެ މަރުކަޒުގައި ދަފްތަރުކޮށްފައިވާ ހާފިޒެއްގެ ލިޔުމަކާއެކު، ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވާ ފަރާތްތައް އިމްތިހާނު ކުރުމަށް އެއްވެސް ފީއެއް ނުނަގައެވެ.

މި އުސޫލުގެ ދަށުން ދަރިވަރު އިމްތިހާނުކޮށް ނިމުމުން އެ ދަރިވަރަކު ފާސްވެފައިވާ ނަމަ، ލަސްވެގެން 30 ދުވަހުގެ ތެރޭގައި އެ ދަރިވަރެއްގެ ނަން ހާފިޒުންގެ ދަފްތަރުގައި ހިމަނަންޖެހެއެވެ. އަދި އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގާނީ ޤުރުއާނާބެހޭ ގައުމީ މަރުކަޒުންނެވެ.

ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން ޚާއްސަ އިނާޔަތެއް ވެސް ދެއެވެ. އެއީ ކޮންމެ މަހަކު ވެސް ހާފިޒުންނަށް ލިބޭ އިނާޔަތެކެވެ.