މަޖިލިސް ގޯތި ހަވާލުކުރުން ލާޒިމްވާ ބިލް މަޖިލީހުން ބޭރުކޮށްލައިފި ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފިއެވެ. މި ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް 19 ވަނަ މަޖިލިހަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލް ތަސްދީގު ކުރުމަށް ރައީސް އޮފީހަށް ފޮނުވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލިހަށް ފޮނުއްވައިފައެވެ. އެ ބިލްގައިވާ ގޮތުން ބަންޑާރަ ގޯތި ލިބޭ މީހުންގެ ލިސްޓް […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޖޭއެސްސީއަށް އަބްދުއްރަހީމް އާއި ރިޒާ އައްޔަން ކުރައްވައިފި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ މިއަދު އައްޔަން ކުރައްވައިފި އެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރައީސް އޮފީހުގައެވެ. އެދެބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ. އެމަނިކުފާނަށް މަގާމުގެ ލިޔުން އަރުވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަނީ 10 މެންބަރުންގެ... އަލީ އާދިލް · 2 އަހަރު ކުރިން
ވިޔަފާރި އެމްޓީސީސީން ބަހާއި ފެރީތަކުގައި އެމެރިކަން އެކްސްޕްރެސް ކާޑުން ފައިސާ ދެއްކޭ ގޮތް ހަދައިފި އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޕެނީ (އެމްޓީސީސީ) އިން ރައްޔިތުނަށް ފޯރުކޮށްދޭ ބަހުގެ ހިދުމަތާއި ފެރީގެ ދަތުރުތަކަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ. މީގެ ކުރިން އެމްޓީސީސީގެ ބަހާއި ފެރީ ދަތުރުތަކަށް “ޓެޕް އެންޑް ގޯ” ފީޗާ އިން ފައިސާ ދެއްކެނީ ވިސާަ އަދި މާސްޓަ ކާޑުތަކުންނެވެ. ނަމްވެސް އެމެރިކަން އެކްސްޕްރެސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ބަހާއި ފެރީގެ ޓިކެޓަށް މިހާރު ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ކޭޝް […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ފަލަސްޠީންގެ އަޑު އުފުލުމަށް، އަންނަ ހުކުރު ދުވަހު ސައިކަލް ރެލީ އެއް ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި ޔަހޫދީ ޒައިނިސްޓުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށްދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ، މާލެ ސަރަހައްދުގައި ސައިކަލް ރެލީ އެއް ބޭއްވުމަށް ނިންމައިފި އެވެ. އިސްރާ އެސޯސިއޭޝަން އާއި މަދަނީ ޖަމިއްޔާތަކާއި ޖަމާޢަތްތައް ގުޅިގެން ކުރިއަށްގެންދާ މި ސައިކަލު ރެލީ އަކީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ބާއްވާ އެއްބައިވަންތަކަމުގެ ސައިކަލް ރެލީއެއް އެކެވެ. މިސައިކަލް ރެލީ ކުރިއަށް ދާނީ ހުކުރު ދުވަހުގެ ހަވީރު 04:15 ގައި ހުޅުމާލޭގައި ހުޅުމާލޭ ސެ... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ފާޠިމަތު ޙަބީބާ ޢައްޔަން ކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި އެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވީ ދަފްތަރު. ނަންބަރު ރސ 9472، ފާޠިމަތު ޙަބީބާއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. އަދި... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭގެ އިތުރު ބިމެއް އެމްއެމްއޭއިން ގަނެފި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލެއިން އަނެއްކާވެސް އިތުރު ބިމެއް 210 މިލިއަން ރުފިޔާއަށް ގަނެފި އެވެ. މިދިޔަ އަހަރު އެމްއެމްއޭއިން ހުޅުމާލޭގެ 43،400 އަކަފޫޓުގެ ބިމެއް 210 މިލިއަން ރުފިޔާއަށް އެޗްޑީސީ އަތުން ގަތުމަށްފަހު މިފަހަރު ވެސް ގަނެފައިވަނީ އެ ބޮޑުމިނުގެ ބިމެކެވެ. އެ ބިން ވެސް ގަނެފައިވަނީ 210 މިލިއަން ރުފިޔާއަށެވެ. ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ބިމުގެ އަގަށްވާ ފައިސާ މިދިޔަ ޖެނުއަރީ މަހު އެމްއެމްއޭއިން އެޗްޑީސީއަށް ދައްކާފައިވާތީ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ޚަބަރު ރިޔާސަތު ބަލަހައްޓަވާނެ 5 މެމްބަރުން ކަނޑައަޅައި އިއުލާންކޮށްފި ރައްޔިތުންގެ މަޖިލިހުގެ 20 ވަނަ ދައުރުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުން ކަނޑައަޅައި އެކަން މިއަދު އިއުލާންކޮށްފި އެވެ. މަޖިލީހުގެ ގަވައިދުގައި ބުނެފައި ވަނީ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ނެތް ހާލަތެއްގައި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ޖުމްލަ ފަސް މެމްބަރުން ކަމަށެވެ. އަދި އެ މެމްބަރުންގެ ތަރުތީބު ކަނޑައަޅާނީ އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަ... މުޙައްމަދު · 2 އަހަރު ކުރިން
މަޖިލިސް ތުރުކީގެ ސަފީރަކަށް އަބްދުއްރަހީމް، ޕާކިސްތާނަށް ތޯހާ އައްޔަން ކުރަން ކޮމިޓީއަށް ފޮނުވައިފި ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް ހަމަޖެއްސުމަށާއި ޕާކިސްތާންގެ ސަފީރަކަށް މުހައްމަދު ތޯހާ ހަމަޖެއްސުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރަން ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ. ރައީސް ޑރ. މުހައްމަދު […] މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު އިންގްލެންޑުން ބޮސްނިއާ ބަލިކުރިއިރު، ޖަރުމަނު އެއްވަރު މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި އިންގްލެންޑުން ބޮސްނިއާ ބަލިކުރިއިރު، މުބާރާތް ހޮސްޓްކުރާ ޖަރުމަނާއި ޔުކްރެއިން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ އިންގްލެންޑާއި ބޮސްނިއާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އިންގްލެންޑުންނެވެ. މި މެޗުގައި އިންގްލެންޑުން ވަނީ ފުރަތަމަ އެގާރައިން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. އިންގްލެންޑުން ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ ބޮޑުބައިގައި ބޮސްނިއާއިން ވަ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
މަޖިލިސް ކްލެމެންސީ ބޯޑަށް ޝުޖާއު އައްޔަންކުރަން ފާސްކޮށްފި މަަފާޢު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ މަަފާޢު ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ޢައްޔަނުކުރަން މިއަދު ފާސްކޮށްފިއެވެ. މިއަދުގެ ޖަލްސާގައި ކްލެމެންސީ ބޯޑުގައި މަޖިލިސް ތަމްސީލްކުރާ މެންބަރަކަށް ސުޖާޢު ޢައްޔަނު ކުރުމަށް ޝުޖާޢުގެ ނަން ހުށަހެޅީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދ... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ މީހުން އަތުން ފޭރެމުން ދިޔަ ބަޔަކު ހިޔާ ސަރަހައްދުން ހައްޔަރުކޮށްފި އެކި މީހުން އަތުން ފައިސާ ފޭރެމުން ދިޔަ ހަތަރު މީހަކު ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ސަރަހައްދުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެޗް 1 ކައިރިން މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމަށް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރުމުން ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުންގެ ބުނެއެވެ. މި މައްސަލައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިއުރިޔަސްއާއި ލެއިޓް ވުލްފް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ގައި ލެއިޓް ވުލްފާއި ފިއުރިޔަސް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ލެއިޓް ވުލްފާއި ދަ ބެންޗެވެ. މި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކުރީ ލެއިޓް ވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލެއިޓް ވުލްފްގެ ޖޯޒީ ނަމްބަރު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
މަޖިލިސް ކްލެމެންސީ ބޯޑަށް މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ޝުޖާޢު ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ ނަން މިއަދު ހުށަހަޅައިފިއެވެ. މިއަދު ކުރިއަށް ދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި މަަފާޢު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ކްލެމެންސީ ބޯޑަށް މަޖިލީހުގެ މެންބަރަކު ޢައްޔަނުކުރުމުގެ މައްސަލަ ވަނީ މަޖިލ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޕާކިން ޒޯނެއްގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފި މާލޭގެ ޕާކިން ޒޯނެއްގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފިއެވެ. ފުލުހުން ބުނީ، މާލޭގެ މެދުޒިޔާރަތްމަގު، ހޮޓެލް ޖެން ކައިރިން ސައިކަލް ޕާކިން ޒޯނެއްގައި ހުރި ސައިކަލް ތަކެއްގައި އަލިފާން ރޯކޮށްލައިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ރޭ 3:03 ހާއިރު އެވެ. ފުލުހުން ބުނީ، އަލިފާން ރޯކޮށްލުމުގެ ސަބަބުން ޖުމްލަ ހަތް ސައިކަލަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިޔަރު މަސްވެރިކަން ކުރުމަށް ފުރުސަތު ދިނުމަށް މޭޔަރު އާތިފް ގޮވާލައިފި ދިވެހި ކަނޑުފަޅުގެ ފުރިހަމަނަފާ ރައްޔިތުންނަށް ހޯދޭނޭމަގަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވާ، މިޔަރުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ގޮވާލައިފިއެވެ. މޫސުމީ މަސްވެރިކަމެއްގެ ގޮތުގައި ވަކި ސަރަހައްދުތަކެއް ހާއްސަކޮށްގެން ނަމަވެސް މިޔަރު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް އާތިފް ވަނީ ސަރުކާރަށް ގޮވާލާފައެވެ. މޭޔަރ މިއަދު ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2000 ގެ އަހަރުތަކާއި ހަމައަށް ކުޅުދުއްފުށީގެ އިޤްތިޞ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން