މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ފުރުސަތު ދިނުމަކީ ލީޑަރެއްގެ ސިފައެއް: އިޙްސާން
މަސައްކަތްކުރާ މާހައުލުގައި އަންހެނުންނަށް ފުރުޞަތު ދިނުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް ބައްޓަން ކުރުމަކީ ލީޑަރެއްގެ ސިފައެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނީއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ‘ވިމެން އިން ޕޮލިސިންގ ޑޭ’ ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަދައްކަވަމުންނެވެ. އެ ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރ...