ކޭއާރުއެޗުގެ ''ހަށިހެޔޮ 2026'' ޕްރޮގްރާމަށް މުހިންމު ބަދަލުތަކެއް، ނަން ނޯޓުކުރުން ކުރިއަށް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ހަށިހެޔޮ 2026” ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. ޖުމްލަ 240 ބައިވެރިންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ އިންތިޒާމުތަކަށް މިއަހަރު ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މި ޕްރޮގްރާމަކީ ކޭއާރުއެޗުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، މޯލްޑިވްސް ޕޮލިސް ސާވިސްގެ ކުޅުދުއްފުށި ސިޓީ ޕޮލިސް އަދި ޒިގްޒ...