ރާއްޖެ ގައުމީ އެއާލައިނުން އަންނަ ޖެނުއަރީގައި ވައިޑް-ބޮޑީ މަތިންދާބޯޓު ދަތުރުތައް ފަށަނީ އަންނަ ޖެނުއަރީގައި މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފެށޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ގެނެސްދިން “ހަފްތާ 52” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ދެއްކެވިވާހަކާގައި ވަޒީރު ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު އަންނަ ޖެނުއަރީމަހު ބޭނުންކުރަން ފަށާނެކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވިގޮތުގައި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ކެޔޮޅުން، މަސްވެރިންނަށް ހުރި ދަތިތައް ރައީސްއާއި ހިއްސާކޮށްފި ބައެއް ކެޔޮޅުން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކޮށް، މަސްވެރިމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތައް ހިއްސާކޮށްފިއެވެ. ބައެއް ކެޔޮޅުންނާއިއެކު ރައީސް ބޭއްވެވި ބައްދަލުވުން އޮތީ މިއަދު މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މި ބައްދަލުވުމާއިގުޅޭގޮތުން ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސް އާއި ޙިއްޞާކުރައްވާފައި ކަމަށެވެ. މިގޮތުން ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ލެވަކޫސަން އިން ބަޔާން ކަޓުވާލައިފި ޖަރުމަނު ކަޕްގެ ގަދަ ސޯޅަ ބުރުގައި ރޭ ބަޔާން ލެވަކޫސަން އަތުން ބަލިވެ ބަޔާން މިއުނިކް ކަޓައިފިއެވެ. ރޭ ލެވަކޫސަން އަތުން ބަޔާން ބަލިވީ 1-0 ގެ ނަތީޖާއިންނެވެ. ޖަރުމަނުގެ ކަޕްގެ އެންމެ ކާމިޔާބު ޓީމްގެ ގޮތުގައި އޮތް ބަޔާނަށް 2020 ވަނަ އަހަރު ފަހުން އެ މުބާރާތް ކާމިޔާބު ކުރެވިފައި ނުވެއެވެ. ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ލެވަކޫސަން އިން ވަނީ އެއްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ކަޕާއި ޖަރުމަނު ލީގު ވެސް […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރިޕޯޓް ދޮންބަންޑާރައިން: ވެރިކަމުގެ އެދުންފުޅުން އެއްކިބާވެ ހަމައެކަނި ޤައުމީ ލޯބީގައި ޖިހާދުކުރެއްވި ބަޠަލެއް! ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ. 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ […] ތިލަދުން · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އެޕަލްގެ މުވައްޒަފަކު އެޕަލްއާ ދެކޮޅަށް ކޯޓަށް އެޕަލްގެ މުވައްޒަފުންގެ އަމިއްލަ ޒާތީ މަޢުލޫމާތު ބެލުމުގެ ތުހުމަތުގައި އެޕަލްގެ މުވައްޒަފަކު އެޕަލްއާ ދެކޮޅަށް ކޯޓަށް މައްސަލަ ވައްދައިފިއެވެ. ޓެކްނޮލޮޖީ ދާއިރާގެ އެންމެބޮޑު އެއް ކުންފުނި އެޕަލްގެ މައްޗަށް އެ ކުންފުނީގެ މުވައްޒަފަކު އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ އެޕަލްއިން އެ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ ވަސީލަތްތަކާއި އައިކްލައުޑް އެކައުންޓްތައް ޤާނޫނާ ޚިލާފަށް މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި މުސާރައާއި މަސައްކަތުގެ މާޙައުލާ ބެހޭގޮތުން މުވައްޒަފުންނަށް ވާހަކަ ދެއްކުން މަނާކޮށްފައ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ކުޅިވަރު ޔަމާލް އެނބުރި އައިސް ބާސާ މޮޅުކޮށްދީފި ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި މަޔޯކާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. މަޔޯކާގެ ދަނޑުގައި ރޭ ބާސާ މޮޅުވެފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. އުމުރުން 17 އަހަރުގެ ޔަމާލްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފާއިތުވި މަސްދުވަހެއްހާ ދުވަހު އޭނާ ހުރީ ކުޅުމާއި ދުރުގައެވެ. އެ މުއްދަތުގައި ބާސާ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމް ވަނީ ދެ މެޗުން ބަލިވެ އެއް މެޗު އެއްވަރުވެ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ފުވައްމުލަކު ގެއެއްގައި ރޯވި ހާދިސާ: ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފި ފުވައްމުލަ ސިޓީ މިސްކިތްކަމަގު ޝިވާ ގޭގައި ރޯވި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތައް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފިއެވެ. ފުވައްމުލަ ސިޓީ މިސްކިތްކަމަގު ޝިވާ ގޭގައި ރޯވި އަލިފާންގަނޑު ރޭ ވަނީ ނިއްވާލާފައިވާއިރު، މިހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެ އޮތޯރިޓީން ބުންޏެވެ. ’’ހާލުގައި ޖެހުނު ފަރާތްތައް ވަނީ ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައި.’’ އެންޑީއެމްއޭއިން ބުނެފަވެއެވެ. މ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗައިނާއިން އެމެރިކާއަށް ކުރާ މުހިންމު އެކްސްޕޯޓްތަކެއް ހުއްޓާލައިފި ޗައިނާއިން އެމެރިކާއަށް ކުރާ މުހިންމު އެކްސްޕޯޓްތަކެއް ހުއްޓާލުމަށް ނިންމައިފިއެވެ. މިއީ އެމެރިކާއިން ޗައިނާގެ ޓެކްނޮލޮޖީއަށް ކުރިން ގެނައި ހަނިކުރުންތަކަށް ޖަވާބުދާރީވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ. ޗައިނާގެ ވިޔަފާރި މިނިސްޓްރީން މިއަދު ބުދަ ދުވަހު ބުނެފައިވަނީ، ގެލިއަމް، ޖަރމޭނިއަމް، އެންޓިމޮނީ އަދި ސުޕަރހާޑް މެޓީރިއަލްސް ފަދަ ޗިޕް އުފެއްދުމަށް ބޭނުންކުރާ މުހިންމު މާއްދާތައް އެމެރިކާއަށް އެކްސްޕޯޓް ކުރުން މަނާކުރާ ކަމަށެވެ. މީގެ އިތުރުން ގްރެފައިޓްގެ ވިއްކުންތައްވެސް ހަނިކުރާނެ ކަމަށް އެ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ނަމީބިއާއަށް ފުރަތަމަ ފަހަރަށް އަންހެން ރައީސެއް ނަމީބިއާގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށްދާއިރު، އެ ޤައުމުގެ ފުރަތަމަ އަންހެން ރައީސް އިންތިޚާބުވާން ކައިރިވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މިހާތަނަށް ގުނިފައިވާ ވޯޓުތަކުން ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް ނެޓުމްބޯ ނަންޑި-ންޑައިޓްވާ ވަނީ ކުރިއަރައިގެން ގޮސްފައެވެ. ނޮވެމްބަރު 27 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުގެ 65.57 އިންސައްތަ ވޯޓު ގުނިފައިވާއިރު، 72 އަހަރުގެ ނަންޑި-ންޑައިޓްވާ ވަނީ 54.82 އިންސައްތަ ވޯޓު ހޯދާފައެވެ. އިންތިޚާބުގެ ނަތީޖާ ނެރުމަށް ލަސްވެފައިވަނީ ބައެއް ވޯޓުލާ މަ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ ބަލިމީހަކަށް ދިން އެހީގެ މައުލޫމާތު އާންމުކުރެވުމުން އެންސްޕާއިން މައާފަށްއެދިއްޖެ ބަލިމީހަކަށް ދިން އެހީގެ މައުލޫމާތު އާންމުކުރެވުމުން ނެޝަނަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މައާފަށްއެދިއްޖެއެވެ. އެ އެޖެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ އެޖެންސީން ބަލިމީހަކަށް އެހީނުދިންކަމަށްބުނެ، މީސްމީޑިއާގައި ދޮގު މައުލޫމާތު ފަތުރައި، އެ އެޖެންސީ ބަދުނާމުކޮށް ފަތުރަމުންދިޔަ ވާހަކަތަކާއި ގުޅިގެން އެކަން ހިނގާފައިވާގޮތުގެ ތަފްސީލް ހާމަކުރުމުގެ ގޮތުން ބަޔާނެއް ނެރުނުކަމަށެވެ. އެ ބަޔާނުގައި ބަލިމީހާގެ އެއްވެސް އައިޑެންޓިޓީއެއް ބަޔާންކޮށްފައި ނެތްނަމަވެސް، އެބަޔާނުގައި ބަލިމީހާ އ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޒަކިއްޔާ މަރާލި ކަމުގެ އެއްވެސް ހެއްކެއް، ގަރީނާއެއް މިހާތަނަކަށް ނެތް: ފުލުހުން ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރާލިކަމުގެ ހެއްކެއް އަދި ގަރީނާއެއް މިހާތަނަށް ތަހްގީގަށް ލިބިފައިނުވާކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ޒަކިއްޔާ އަށް އިންސާފު ހޯދައިދީ، މަރުގެ ހަގީގަތް ހާމަކުރުމަށް ގޮވާލައި ހޮޅުދޫގައި މިދިޔަ ނޮވެމްބަރު 25 ވަނަ ދުވަހު ރައްޔިތުންކަހަލަގޮތަކަށް ނުކުމެ ވަނީ މުޒާހަރާކޮށްފައެވެ. ލުހުން މިއަދު ބުނީ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ތިންވަނަ ބުރުގައި ޔުނައިޓެޑާއި އާސެނަލްގެ ކުރިމަތިލުމެއް އިނގިރޭސި އެފްއޭ ކަޕް ތިންވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ވާދަކުރަން ޖެހިއްޖެއެވެ. އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ދެ ޓީމަކީ ވެސް ޔުނައިޓެޑާއި އާސެނަލްއެވެ. އާސެނަލުން މި މުބާރާތް 14 ފަހަރު ކާމިޔާބު ކޮށްފައިވާއިރު ޔުނައިޓެޑުން ވަނީ 13 ފަހަރު ކާމިޔާބު ކޮށްފައެވެ. ތިންވަނަ ބުރުގައި މެންޗެސްޓަރ ސިޓީ ނުކުންނާނީ ސަލްފޯޑްއާއި ދެކޮޅަށެވެ. ލިވަޕޫލުން ދެވަނަ ޑިވިޝަނުގެ އެކްރިންޓަން ސްޓޭންލީ އާއި ދެކޮޅަށް ނުކުންނައިރު، ޗެލްސީ ބައްދަލުކުރާނީ މޯކެމްބޭ އާއެވެ.... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ޖިހާދުގެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް: ހައިކޯޓް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފި އެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝިއަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރެއްވިއިރު ދައުލަތަށް ފައިދާ ނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބ... ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ މާލޭގެ ގެއެއްތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ މާލޭގެ ގެއެއްތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ، މާލޭގެ ގުލާބީ މަގުގައި ހުރި ގެއެއްގައި މީހަކު ހޭނެތިފައި އޮތް ކަމަށް ރިޕޯޓް ލިބިގެން ފުލުހުން ސީނަށް އެޓެންވެފައިވާ ކަމަށެވެ. އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ އޮތީ ނިޔާވެފައިކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ. ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 53 އަހަރުގެ އަބުދުﷲ ހަސަން، މއ.ހުދުއަކިރި އެވެ. އޭނާގެ ހަށިގަނޑުން އެއްވެސް އަނިޔާއެއް ފެންނަށް ނެތްކަމަށް ވެސްހޮސ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ލޯބިވިޔަސް (22) ކުރީގެ އަދަދާއި ގުޅޭ: ނަމާދުކޮށް އަވަދި ވެގެން ސިޓިންރޫމަށް އަރޫޝާ ނިކުތީ ކޮފީއެއް ބޯށެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފޯނު ހިފައިގެން ސޯފާގައި އިން ނަދީމެވެ. އޭނާ ރަށަށް ނުދިޔައީ ކީއްވެ ބާވައޭ އަރޫޝާގެ ހިތަށް އެރިއެވެ. ނަދީމްއަށް ބަލަހައްޓައިގެން ހުއްޓާ، ކުއްލިއަކަށް ނަދީމް ވެސް އަރޫޝާއަށް ބަލައިލައިފިއެވެ. ހުރި ފިޔަވަޅު މަތީ އިރުކޮޅަކު ހުރުމަށްފަހު އަރޫޝާ ގޮސް އުނދުން ކައިރީ ހުއްޓުނެވެ. ފެންކައްކާ ޖަގު ޖައްސާލުމަށްފަހު އޭނާ މަޑުކޮށްގެން ހުރީ ނަދީމްއަށް ފުރަގަސްދީގެންނެވެ. […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން