ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރާލިކަމުގެ ހެއްކެއް އަދި ގަރީނާއެއް މިހާތަނަށް ތަހްގީގަށް ލިބިފައިނުވާކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ޒަކިއްޔާ އަށް އިންސާފު ހޯދައިދީ، މަރުގެ ހަގީގަތް ހާމަކުރުމަށް ގޮވާލައި ހޮޅުދޫގައި މިދިޔަ ނޮވެމްބަރު 25 ވަނަ ދުވަހު ރައްޔިތުންކަހަލަގޮތަކަށް ނުކުމެ ވަނީ މުޒާހަރާކޮށްފައެވެ.

Ad
rt

ލުހުން މިއަދު ބުނީ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނެވެ.

ޒަކިއްޔާގެ މަރާއިގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަހުގީގަށް މިހާތަނަށް ހޯދުނު މައުލޫމާތު ފުލުހުން ވަނީ ހިއްސާކޮށްފައެވެ.

މިގޮތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ވިދާޅުވިގޮތުގައި ޒަކިއްޔާގެ މަރަކީ، އެއްވެސް ފަރާތެއްގެ އަމަލަކުން ހިނގި ކަމެއް ކަމުގެ ހެއްކެއް، ގަރީނާއެއް މިހާތަނަކަށް ''އަދި މިވަގުތާ ހަމައަށް ނެތް'' ކަމަށެވެ.

ޒަކިއްޔާ މަރާލި ކަމަށް ތުހުމަތު ކުރިޔަސް ސުވާލު އުފެދޭ ކަމެއް ތަހުގީގުގެ މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ޒަކިއްޔާއަށް ލިބިފައިވާ އަނިޔާގެ ޒަޚަމްތަކަކީ ނުވަތަ ޒަކިއްޔާ މަރުވެފައިވަނީ އިތުރު އެއްވެސް ފަރާތެއްގެ އަމަލެއްގެ ސަބަބުން ދޭހަކޮށްދޭނެ އެއްވެސް ހެއްކެއް ފެންނަން ނެތުމާއެކު އެ މައްސަލާގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަން އަޅުގަނޑު ފާހަގަކޮށްލަން،" ސާމިހު ވިދާޅުވިއެވެ.

ޒަކިއްޔާގެ ކަރުން ޒަޚަމްތަކެއް ފެނިފައިވާއިރު، އޭނާގެ ކައިރި ވަޅިއެއް ވެސް އޮތްކަމަށް ވަނީ މައުލޫމާތު ފެތުރިފައެވެ.

ނިޔާވިއިރު، ޒަކިއްޔާގެ ފިރިއަކާއި ދެ ފިރިހެން ކުދިން ތިިބެއެވެ. ދެކުދިން ކުރެ ދޮށީ ފިރިހެން ދަރިފުޅު ދިރިއުޅުނީ ޒަކިއްޔާއާއި އެކުގައެވެ.